ޗައިނާގެ ބުފޭއަކުން ވަގަށް ކާއެއްޗެހި ނެގި މީހަކު އަތުން 98،000 ރުފިޔާ ހޯދައިފިއެވެ. އެއީ 45،000 ޔުއާންއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ހުޅަނގު ދެކުނުގެ ގުއިޒޯ ޕްރޮވިންސްގެ ރެސްޓޯރެންޓުގެ ބުފޭއަށް ގޮސް އެތަނުން ކައިހަދައިގެން އިތުރަށް ކާއެއްޗެހި ވަގަށް ނަގައި އަތްދަބަހަށް ލައިގެން ދާން އުޅުނު އަންހެނަކު ބޭޒާރުވެއްޖެއެވެ. އަންހެންމީހާ މާ ގިނައިން ރެސްޓޯރެންޓަށް އައިސް ގޮސް އުޅޭތީ އެތާނގެ މުވައްޒަފުންނަށް ޝައްކުވެގެން ކެމެރާ ބެހެއްޓިއެވެ.

ބުފޭއިން ކައިގެން މިއަންހެންމީހާ ދަނީ ވަގަށް ކާއެއްޗެހި އަތްދަބަހަށް އަޅައިގެންނެވެ.

ރެސްޓޯރެންޓުގެ މެނޭޖަރާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދެ ހަފްތާގެ ތެރޭގައި ފަސް ފަހަރު އެ އަންހެންމީހާ ބުފޭއަށް ގޮސް ކައިގެން ވައްކަން ކޮށްފައިވެއެވެ. މެނޭޖަރު ބުނާގޮތުން ކޮންމެ ފަހަރަކު ވެސް ކާނާ ނަގައިގެން އަދި ޕްލާސްޓިކް ކޮތަޅަށް އަޅައިގެން ދަބަހަށް ލައިގެން ގެންދެއެވެ.

އެހެންކަމުން އެ އަންހެންމީހާއަށް ފާރަލައިގެން ކެމެރާކޮށްގެން އޭނާ ވަނީ ބޭޒާރުކޮށްފައެވެ. އަދި އެހުރިހައި ދުވަހަކަށް ވާވަރަށް، 45،000 ޔުއާން (98 ހާސް ރުފިޔާ) އޭނާއަތުން ވަނީ ހޯދާފައެވެ.

އަންހެން މީހާ އެފައިސާ ރެސްޓޯރެންޓަށް ދައްކާފައި ވަނީ މައްސަލަ ފުލުހަށާއި ކޯޓަށް ފޮނުވާނެކަމަށް އިންޒާރު ދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު