އިންޑިޔާއަކީ ކުށުގެ ވެށީގެ ހާއްޔެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. އާބާދީ ބޮޑު އިންޑިޔާގައި ތާ އަބަދު ކޮންމެވެސް އެއް ހަދިސާއެއް ނުހިނގާ ދުވަހެއް ނުދެއެވެ.

މިއަދު އިންޑިޔާގެ ފަލަ ސުރުހީތަކަށް އަރާފައިވަނީ އެ ޤައުމުގެ ބިހާރު ސަރަހައްދުގައި ހިނގި އަމަލެއްގެ ވާހަކައެވެ.

އެންޑީޓީވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރެއާ ޕަންޗާޔަތް ވިދްޔާލޭގެ ދަރިވަރުން ކުރިމަތީގައި އެ ސްކޫލުގެ ޓީޗަރުން ވަނީ ހެޑްމިސްޓްރެސް (ސްކޫލުގެ އެންމެ އިސްވެރިޔާ) ގައިގައި ޖަހާފައިއެވެ. އެންމެ ފުރަތަމަ އެކަން ކުރަން ފެށީ ކްލާސް ރޫމް ތެރޭގައި ކަމަށް އެންޑީޓީވީ އިން ރިޕޯޓްކުރެއެވެ. އެއަށްފަހު، 2 އަންހެން ޓީޗަރުން ވަނީ ސްކޫލުގެ ބޭރުގައިވެސް ހެޑްމިސްޓްރެސްއަށް އަނިޔާކޮށްފައެވެ.

ހެޑްމިސްޓްރެސްއަށް އަނިޔާކޮށްފައިވަނީ 2 ޓީޗަރުންނެވެ. މި އަމަލު ދައްކުވައިދޭ ވައިރަލް ވި ވީޑިއޯ އިން ފެނިގެންދަނީ މި 3 އަންހެނުންގެ ތެރެއިން ކޮންމެވެސް އެކަކު ކުޑަދޮރު ބަންދު ކުރަން ބުނުމުން ދެވަނަ މީހާ އެކަމާއި އިންކާރުކުރުމުގެ ސަބަބުން ބޮޑު ތަޅާފޮޅުމެއް އުފެދިގެންދާ ތަނެވެ.

ހެޑްމިސްޓްރެސް ކްލާސް ރޫމުން ބޭރަށް ހިނގާގަތް ތަނާ، ކުއްލިއަކަށް އޭނާގެ ފަހަތުން ފައިވާން ކިބައެއް ހިފައިގެން ޓީޗަރަކު ގޮސް އެ ފައިވާން ކިބަ ބޭނުންކޮށްގެން ހެޑްމިސްޓްރެސް ގައިގައި ޖަހާތަން ފެނިގެން ދެއެވެ. އެއަށްފަހު، ދެވަނަ ޓީޗަރަކުވެސް އޭނާއާއި ބައިވެގެން ހެޑްމިސްޓްރެސްއަށް އަނިޔާ ކުރިއެވެ. އެހެން ނަމަވެސް، އޭނާ ބޭނުންކޮށްފައިވަނީ ތަޅާފޮޅުން ފެށި ފުރަތަމަ ޓީޗަރާއި ޚިލާފަށް ދަނޑިބުރިއެކެވެ.

އިތުރު ވީޑިއޯއަކުން ފެނިގެންދަނީ ފިރިހެނުންތަކެއް އެތަނަށް ގޮސްފައި މި އަންހެނުންގެ ތަޅާފޮޅުން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރެވެ.

މިކަމާއި ގުޅޭގޮތުން ބްލޮކް އެޑިއުކޭޝަން އޮފިސަރ ނަރޭޝް ބުނީ މި ހާދިސާއަކީ އެމީހުންގެ މެދުގައި ޖެހުނު ޒާތީ މައްސަލައެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށެވެ. ނަރޭޝް ބުނީ ކަމާއި ގުޅުންހުރި އިދާރާތަކަށް މި މައްސަލަ ހުށަހަޅާގެން ބަލަމުން ދާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު