އެމެރިކާގެ އަންހެނެއްގެ ނަސީބު އަތުގައި ހިފާ ކުއްލިއަކަށް އެއްލައްކަ އެމެރިކާ ޑޮލަރު (ފަނަރަ ލައްކަ ރުފިޔާ) ލިބުނީ އޮޅުމަކުން ލިބުނު ލޮޓަރީ ޓިކެޓްތަކެއްގެ ސަބަބުންނެވެ.

އޮގަސްޓް 08 ވަނަ ދުވަހު އެނާ ގަތީ އެންމެ ލޮޓަރީ ޓިކެޓެކެވެ. ނަމަވެސް އޮޅިގެން އޭގެތެރެއަށް އިތުރު ޓިކެޓްތަަކެއް ހުރީ ލެވިފައެވެ.

އުމުރުން 64 އަހަރުގެ ލިންޑާ ބުނީ އޭނާ އަށް އޮޅިގެން ލިބުނު ޓިކެޓްތަކުގެ ސަބަބުން އޭނާ މަހުޖަނަކަށްވީ ނޭނގި ހުއްޓާ ކަމަށެވެ.

"އަހަރެންގެ ޓިކެޓްގެ ނަމްބަރު ދިމާވި ކަން ވެސް ކުރިއަކުން އަހަރެންނަކަށް ނޭނގޭ. އަހަރެން ފަހުން އަހަރެންގެ ލޮޓަރީ އެކައުންޓް ބަލާލިއިރު މިވަނީ އެއްލައްކަ އެމެރިކާ ޑޮލަރު ޖަމާވެފައި." ލިންޑާ ބުންޏެވެ.

ލިންޑާ މިހާރު ތައްޔާރުވަމުން ދަނީ އޭނާ އަށް ލިބުނު ފައިސާތައް ބޭނުން ކޮށްގެން އުފާވެރި ޗުއްޓީ ދަތުރެއް ހޭދަކުރާށެވެ. އަދި ލިބުނު ފައިސާ އިން ކޮންމެވެސް ބައެއް މާމަ ދަރިންނަށްޓަކައި އިންވެސްޓް ކޮށްދޭން ވެސް އޭނާ ހުރީ ނިންމައިގެންނެވެ.

"އަހަރެން މިހިރީ މިހާރު އުމުރުން ދުވަސްވެ މުސްކުޅިވެފައި. ކުރާނެ މާގިނަ ކަންކަމެއް ނެތް. އަހަރެން ގަސްދު ކުރަނީ ޗުއްޓީ ހޭދަކޮށްލުމަށް ފަހު ފައިސާ އިން ބައެއް ދަރިންގެ މުސްތަގުބަލަަށްޓަކައި އިންވެސްޓް ކުރަން." ލިންޑާ ބުންޏެވެ.

ލިންޑާ އަށް ލިބުނު ފައިސާތަކުގެ ސަބަބުން އާއިލާ އަށް ވެސް ވަނީ ބޮޑު އުފާވެރިކަމެއް މިހާރު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ލާދީނީ މާމަގަނޑު!

  2. އައިޝާ

    މީ ޖުވާ ކުޅުމެއް ނޫން ތަ.މިކަހަލަ ވާހަކަނިޔުސް ގަ ޖެހީމަ ނުބައި ކަންތަކަށް ހިއްވަރު ދެވެނީ އެއް ނޫންތަ.