އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އަރަމުން އަންނަ ބަތަލާ ސަނީ ލިއޯން ރާއްޖެ އަތުވެއްޖެއެވެ.
ސަނީ ލިއޯން ރާއްޖެ އައިއިރު، އޭނާއާއެކު ޓިކްޓޮކް ތަރިއެއް ކަމަށްވާ ފާތުން ޝަފީގް އާއެކު ނަގާފައިވާ ފޮޓޯއެއް މިހާރު ވަނީ ވައިރަލް ވެފައެވެ. ފާތުން އަކީ މޯލްޑިވިއަންގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ.
މީގެ ކުރިންވެސް ރާއްޖެ އަށް އެތައް ފަހަރަކު އައި ސަނީ ލިއޯން މިފަހަރުވެސް ރާއްޖެ އައިސްފައި ވަނީ އާއިލާއާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އުމުރުން 42 އަހަރުގެ ސަނީ ލިއޯން ކައިވެނިކޮށްގެން އުޅެނީ ޑޭނިއަލް ވެބާ އެވެ. 2011 ވަނަ އަހަރު އެ ކައިވެނި ކުރެވުނުއިރު، މި ދެމަފިރިންގެ ތިން ދަރިން ތިބެއެވެ.
ސަނީ ލިއޯންގެ ބައެެއް މަޝްހޫރު ފިލްމްތަކަށް ބަލާއިރު، 2012ގައި ނުކުތް ޖިސްމް 2، 2016ގައި ނުކުތް ވަން ނައިޓް ސްޓޭންޑް، 2014 ގައި ނުކުތް ރަގްނީ އެމްއެމްއެސް2، ފާހަގަކޮށްލެވެއެވެ.
ސަނީ ލިއޯންގެ އެންމެ ފަހުގެ ފިލްމުތަކުގެ ތެރޭގައި ގިނާ ބާއީ، ގިނާ އަދި ޗެމްޕިއަން ހިމެނެއެވެ.
މަވެސް އޮރިޔާން ފިލްމު ކުޅެންފަށަންވީ ސަނީ ކާރިން ދަސްކޮށްގެން
އަމަލްގިރީގެ ތަރި އޮއްސުނީމާ ސަނީ ލިއޯންގެ ތަރި އެރީތަ
އަލަމްގިރި ތަރި ނުއޮއްސޭ ހުރިހާ ފިރިހެނުންގެ ބޮލުގައި އަބަދުވެސް އިންނަނީ އަލަމްގިރި
ދޮގު ނުހަދާ މަގެ ބޮލަކު ނީނދޭ
ޕޯން ކުޅުނު މީހަކާއެކު ފޮޓޯނެގުނީމަ އުފާވެފަތަ އެހެރީ.
ލޯބި އަޅެ.
މިނޫސްވެރިންގެ ކަމަކަށް އޮންނަނީ މިފާޑުގެ ޕޯރން ސްޓާރުން އިޝްތިހާރުކުރުން ސަނީލިއޯން ކުޅުނު ޕޯރން ފިލްމުތައްވެސް ނުލިޔުނީމާ ދެރައީ
އާދެ، މިއީ އަޅުގަޑު އެންމެ ދެެކެން ބޭނުންވި ދުވަސް.
އަޅުގަޑުގެ ދުޢާ އަކީ އަޅުގަޑުގެ ދަރިފުޅު ސަނީގެ ކައިރިން ރަގަޅު ފިލާވަޅު ދަސްކުރުން