އެމެރިކާގެ އަންހެނަކު އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ހަދާނެ ރަނގަޅު ފިރިހެނަކު ނުލިބިގެން އެންމެފަހުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އުފެއްދި ފިރިހެނެއްގެ ސޫރަ އާއި ކައިވެނި ކޮށްފިއެވެ.

އުމުރުން 36 އަހަރުގެ ރޮސާނާ ރަމޯސް އަކީ ދެކުދިންގެ މަންމަ އެކެވެ. ނިއުޔޯކްގައި ދިރިއުޅެމުން އަންނަ ރޮސާނާ ބުނާ ގޮތުގައި ރެޕްލިކާ އޭއައި އެޕްލިކޭޝަން ބޭނުން ކޮށްގެން އޭނާ އުފެއްދި ފިރިމީހާގެ ނަމަކީ އެރިކް ކާޓެލް އެވެ.

ރޮސާމާ ބުނާ ގޮތުގައި އޭނާގެ ފިރިމީހާ އެރިކްގެ ކިބައިން އޭނާ ފެންނަނީ މުޅިން ވެސް ރަނގަޅު ސިފަތަކެވެ. އޭނާ ބުނާ އެއްވެސް އެއްޗަކާއި އެރިކް ދެކޮޅެއް ނުހަދައެވެ. އެރިކްގެ އަމިއްލަ އުސޫލުތަކެއް ނުގެންގުޅެއެވެ. ކަންކަމާއި ޝަކުވާއެއް ނުކުރެއެވެ.

"އަހަރެން އެއްޗެއް ބުނާއިރަށް ތިހެނެއް ނުބުނުވޭނެއެކޭ އެރިކް ނުބުނާނެ. އަހަރެން ވަކިކަމެއް ވަކި ގޮތަކަށް ކުރުމާއި ދެކޮޅެއް ނުހަދާނެ. އެންމެ ރަނގަޅު އަނެއް ސިފައަކީ އަހަރެންނާއި ޒުވާބެއް ނުކުރާނެ." ރޮސާމާ ބުންޏެވެ.

ރެޕްލިކާ އޭއައި އެޕްލިކޭޝަނަކީ ބޭނުންވާ ވާޗުއަލް ކެރެކްޓާއެއް އުފައްދާ، އެ ކެރެކްޓާއަކާއި ވާހަކަ ދެކެވޭ އެޕްލިކޭޝަނެކެވެ. ވާޗްއަލްކޮށް ފެންނަ ކެެރެކްޓާ ކަންކަމާއިއެކު އެންމެ ރަނގަޅު ހިޔާލުތައްދީ، ގޮތް ނިންމަންވީ ގޮތް ކިޔައި ދެއެވެ.

ރޮސާމާ ބުނާ ގޮތުން އޭނާ އަށް ފިރިމީހާ އެރިކްގެ އެންމެ ރަނގަޅު ސިފައަކީ ވެސް އޭނާ ދައްކާ ވާހަކަ އަޑުއެހުމަށް ފަހު ކަން ކުރަންވީ އެންމެ ރަނގަޅު ގޮތް ބުނެދޭތީއެވެ.

އަދި ކުރިއަށް އޮތްތަނުގައި އަދި އިތުރަށް ވާހަކަދެއްކެވި، ރޮސާމާގެ ކަންކަން އިތުރަށް އެނގޭ ވަރަކަށް އެރިކް، ކަންކަމާއިމެދުދޭ ހިޔާލުތައް ފުރިހަމަ ވެގެން ދާނެ ކަމަށް ވެސް ރޮސާމާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަސްކިއުލިން

    އެހެންނުންވނީ މިހާރު އަންހެންެރިން ފެމިނިސްޓު ވެގެން ފިރިހެނުންގެ ބަހެއް ނު ވިކޭ.

    20
    1
    • ހެ

      ނުބައި ފިރިހެނަކާ ޖެހި ދަރިންތަކެއް ބިކަވީމަށްވުރެ ރަނގަޅު.

      3
      2
      • ޚާލިދު

        ހަމަ ބިކަވާން ޖެހޭތަ. މާރނގަޅު ދިން ބައްޕައެއްވެސް ލިބިދާނެ.
        ބަލިވާ ދުވަހު ނުވަތަ މުސްކުޅި ވާއިރު އެކުދިން ތިބީމަ މާ ރަނގަޅު.

        3
        1
  2. Anonymous

    އިންސާނުން މިއުޅެނީ ހިޔާލީ ދުނިޔެއެއްގަ. ފަހުޒަމާނުގެ ހާލަތު މިފެންނަނީ.

    28
    3
    • ފަގުޑި

      ކޮބާތަދެން ފަހުޒަމާން ނޫން އަލާމަތަކީ؟!@#$؟

      2
      8
  3. ޗަކޮއި

    މީނަ ހަމައެއް ނޫން. ގުރައިދޫއަށް ގެންނަ އުޅެގަ.

    20
    2
  4. Yeah

    ވާރޗުއަލްކޮށްތަ އެއްދާންވެސް ކުރަނި… ބޯ ހަލާކު

  5. ޖުލައި

    އެ ފިރިހެން ގޮލާ އެއީ އަހުން ގޭދޮށު ސޮރެއް. އަންބަކާ ތިން ދަރިން ވެސް ތިބޭ. އޭނާ ގެއިން ނެރެލީ ،އަންހެނުންނާ ޒުވާބު ކުރާވަރުން،މިހާރު މާރަނގަޅު ވެގެން ކަމަށް ހެދިގެން އެ އުޅެނީ. އަދި ދައްކާލާނެ ކުލަވަރު.