އަވަށްޓެރި އިންޑިޔާގައި އަންހެނަކު އޭނަގެ މަންމަ މަރާލުމަށްފަހު ހަށިގަނޑު ފޮށްޓަކަށް އަޅައިގެންގޮސް ފުލުހުންނާއި ހަވާލުކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި އުމުރުން 39 އަހަރުގެ ފިޒިއޮތެރަޕިސްޓަކު މަންމަ މަރާލީ އޭނާގެ މަންމަ އާއި ދެމެދު ހިނގި ޒުވާބުގެ ތެރެއިންނެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނާގޮތުން އެ އަންހެންމީހާ އާއި އޭނަގެ މަންމަގެ ދެމެދު ހިނގާދިޔަ ދެބަސްވުމުގެ ތެރެއިން އޭނަގެ މަންމަ މަރާލި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި މަންމަގެ ހަށިގަނޑު މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ބެންގަލޫރުގައި ފްލެޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ ސެނާލީ ސެން ނަމަކަށް ކިޔާ އަންހެންމީހާ ވަނީ ކަންހިނގާދިޔަ ގޮތް ފުލުހުންނަށް ކިޔައިދިނުމަށްފަހު އޭނަގެ ކުށަށް އިއުތިރާފްވެފައެވެ.

އެގޮތުން ފިރިމީހާ ގޭގައި ނެތް ވަގުތެއްގައި މަންމަ އާއި އޭނަ އާއި ދެމެދު ދެބަސްވުމެއް ހިނގި ކަމަށާއި އޭނަގެ އަތުން މަންމަ މަރާލީ ގަސްތުގައި ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. މަންމަ މަރާލުމަށްފަހު ހަށިގަނޑު ފޮށްޓަކަށް ލައިގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ސެނާލީ ސެން އަމިއްލައަށެވެ. އެހެންނަމަވެސް މީހަކު މަރާލުމުގެ ކުށުގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އަންހެން މީހާ އިނދެގެން އުޅޭ މީހާގެ މަންމަވެސް ދިރިއުޅެނީ އެމީހުންނާ އެކު ނަމަވެސް އޭނާއަށް އެކަން ހިނައިދިޔަކަމެއް އެނގިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އިންޑިޔާގައި މީހުން މެރުން މިއަހަރުތެރޭ ވަނީ ގިނަވެފައެވެ. އިންޑިޔާ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ގިނަ ހާދިސާތަކުގައި މަރުވެފައިވަނީ އަންހެނުންނެވެ. މީހުން މެރުމުގެ ގިނަ މައްސަލަތައް ފުލުހުން އަންނަނީ ތަހުޤީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗަކޮއި

    “ދަ އިންކްރެޑިބަލް އިންޑިއާ” ލޮލް.

  2. އަޒީޒް

    ފޮއްޓަކަށް ''އަޅައިގެން'' ތަ؟

  3. ޝާހިދު

    މި ދިވެހި ސަރުކާރުގެ ރައްޓެހި އަވަށްޓެރި އިންޑިޔާ! ލަޑަޔާއި ވާނީ ލަޑަޔާއޭ ބުނޭ!