ޔޫޓިއުބަރަކު ފުލް ފަންކްޝަނަލް ބޮޑު އައިފޯނެއް އުފައްދާ ވީޑިއޯއެއް ޕޯސްޓްކޮށްފިއެވެ.

އެ އައިފޯންއަކީ އެޕަލްގެ އެންމެ ބޮޑު ފޯނު ކަމަށްވާ އައިފޯން 14 ޕްރޯ މެކްސް އެކެވެ. އޭނާގެ އައިފޯންގެ ބޮޑު މިނުގައި 8 ފޫޓު ހުއްޓެވެ.

ޔޫޓިއުބާ މެތިއު ބީމް ކާޓެއްގައި ފޯނު ހިފައިގެން ނިއުޔޯކްގެ މަގުތަކަށް ދިޔައިރު، އޭނާ ވަނީ އޭގެ ފީޗާތައް އާއްމުންނަށް ދައްކާލައިފައެވެ.

މި ޑިވައިސްގެ ޑިސްޕްލޭ ހަދާފައި ވަނީ މެކް މިނީއަކާ ގުޅިފައިވާ ޓީވީތަކުގެ ޓަޗް އެނަބަލް ސްކްރީންތައް ބޭނުންކޮށްގެންނެވެ. ބީމް ވަނީ އޭނާގެ ހައިރާންކުރުވަނިވި އުފެއްދުމަށް ވޮލިއުމް ބަޓަނަކާއި މިއުޒިކަށް ބަޓަނެއް ވެސް ހިމަނައިފައެވެ.

އޭނާގެ ޗެނަލްގައި އާންމުކޮށްފައިވާ ޔޫޓިއުބް ވީޑިއޯގައި ބީމް ވަނީ މިހާ ބޮޑު އައިފޯނެއް އުފެއްދުމުގެ މަސައްކަތް ހިއްސާކޮށްފައެވެ.

އޭނާ ފަށައިގަތީ އެ ބޮޑު ޑިވައިސްގެ ބިންގަލެއްގެ ގޮތުގައި ހިމެނޭ މެޓަލް ފްރޭމްގެ މަސައްކަތެވެ.

އެއަށްފަހު އައިފޯންގެ ޑިޒައިން ނަކަލުކޮށް, ފަންކްޝަނަލް ބަޓަންތައް ހިމަނާފައިވެއެވެ.

މެކް މިނީގެ ސަބަބުން އައިފޯނުތަކުގައި އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތައް ވެސް މި ޑިވައިސްގައި ބޭނުން ކުރެވޭނެއެވެ. އަދި ސައިޒް ބޮޑުކޮށް އޮތަސް، ރަނގަޅު އެކްސްޕީރިއަންސެއް ވެސް ލިބެއެވެ.

މި ބޮޑު ފޯނުގައި ސެލްފީ ނެގުމަށް ކުރިމަތީގައި ކެމެރާތައް ވެސް ހިމަނާފައި ވެއެވެ. ނަމަވެސް އޭނާގެ ޑިވައިސްގައި ސެލްފީއެއް ނެގުމަކީ އުނދަގޫ ކަމެއްކަން ބީމް ދައްކުވައިދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު