ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެއެވެ.

މަސްއޫދު ނިޔާވެފައި ވަނީ މިއަދުގެ ވަގުތެއްގައި އިންޑިއާގައެވެ.

އޭނާ ނިޔާވިކަން ހާމަކޮށް، މަޝްހޫރު އެކްޓަރ އަހްމަދު ނިމާލް ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ މަޝްހޫރު އެތައް ރާގުތަކެއް އުފައްދާފައިވާ، އަދި ރީތި ގިނަ ލަވަތަކެއް ކިޔާދީފައިވާ އޭނާގެ ދޮން ބައްޕަ މީގެ އިރުކޮޅެއް ކުރިން އިންޑިއާގައި ނިޔާވެފައިވާ ކަމަށެވެ.

އޭނާ ނިޔާވީ ކިހިނެއް ވެގެން ކަން ސާފެއް ނުވެއެވެ.


މަސްއޫދުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ދީފާ ހިތާމޭ އާދޭސް ކުރީމޭ ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު