މޭގަން މާކެލް އާއި ޕްރިންސް ހެރީ އަކީ މިހާރު "އެންމެ ލޯބި" ދެމަފިރިންނަށް ވެއްޖެއެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް "ކަޕަލްސް ގޯލްސް" އަށް ވެސް ވެއްޖެއެވެ. އެތައް ބަޔަކު އެދެމަފިރިންގެ ހުރިހާ ހަރަކާތެއް ބަލައެވެ.

ލޯބިވެރިން ނުވަތަ ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ތަފާތު ނަންނަމުން ގޮވުމަކީ އާންމު ކަމެކެވެ. އިއްޔެ ލަންޑަނުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މޭގަން އަށް ގަސްދަކާއި ނުލާ އޭނާ ލޯބިން ޕްރިންސް ހެރީ އަކީ ކިޔާ ނަން ހާމަ ކުރެވިއްޖެއެވެ. އެނަމަކީ ލޯބި ނުވަތަ ލަވް އެވެ. އާނ އެކެވެ. މޭގަން ޕްރިންސް ހެރީ އަށް ގޮވަނީ ލަވް އޭ ކިޔާ ފައެވެ.

ކުރިން ހާމަވެފައިވާ ގޮތުގައި މޭގަން ޕްރިންސް ހެރީ އަށް "ހަޒް" އޭ ކިޔާފަވެސް ގޮވައެވެ. ޕްރިންސް ހެރީ މޭގަން އަށް ގޮވަނީ "މެގް" އޭ ކިޔާފައެވެ.

ޝާހީ އާއިލާ މެންބަރުންގެ މެދުގައި އެކަކު އަނެކަކަށް ނަން ކިޔާ ގޮތް ހާމަކުރަމުން ދާދިފަހުން ޕްރިންސް ހެރީ ބުނެފައި ވަނީ އޭނާގެ ފަހަރި ކޭޓް އަށް އޭނާ ކިޔަނީ ކެތު އެވެ. އެއީ ޕްރިންސް ހެރީ އާއި ކޭޓް ފުރަތަމަ ބައްދަލުވި އިރު ތަޢާރަފްވެފައި އޮތީ ކެތުގެ ނަމުން ކަމަށް ވާތީ އެވެ. ޕްރިންސް ޖޯޖް ރާނީ އެލިޒަބަތު އަށް ކިޔަނީ "ގަން-ގަން" އެވެ. އެއީ ގްރޭންމާ ކިޔަން އުޅެނިކޮށް ކިޔުނު ގޮތް ކަމަށް ވެއެވެ. މިހާރު ވަނީ އެނަން ހަރުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރީފާ

    ޢަހަރެމެން ގޭދޮށު ކުއްޖަކުވެސް އެއީ މީގެ 60 އަހަރު ކުރި ދޮންތަ ކިޔަން އުޅެނިކޮއް ކިޔުނީ ދާތުން އެނަން އޭނަ މަރުވަންދެންވެސް ބޭނުން ކުރީ

  2. ހުސޭނުބޭ

    މާމާއޭ ކިޔާފައި