އަދިވެސް "ޓަޗް"ހުރިތޯ ބަލަން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އޭނާގެ ފޭސްބުކް ޕޭޖަށް ދޫކޮށްލި މަދަހައަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

އޭނާގެ އަމިއްލަ މަދަހައެއް ކަމަށްވާ "ތިޔައޭ ރަސޫލަކީ" މަދަހައިގެ ތަންކޮޅެއް ޓްރެކާއި ނުލާ އޭނާ ހިއްސާ ކޮށްފައި ވަނީ އިއްޔެއެވެ. އެ މަދަހަ ހިއްސާ ކުރަމުން އަލީ ރަމީޒު ބުނެފައި "އަދިވެސް ޓަޗް ހުރިތޯ ބަލާލީ" ކަމަށެވެ.

ރާއްޖޭގައި އަބަދުވެސް އެންމެ ގިނަބަޔަކަށް ކަމުދާ އަޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަލީ ލަވަކިޔުން ހުުއްޓާލިތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާގެ ލަވަތަކަށް ބޮޑު ސަމާލުކަމެއް އެއިރުވެސް އަދި މިހާރުވެސް ލިބިފައިވާއިރު، ފަހުން އޭނާ ކިޔާފައި ވަނީ މަދަހަ އެކަންޏެވެ.

އަދި ދީނީ ބައެއް ކަންކަމުގައިވެސް އޭނާ ހަރަކާތްތެރިވަމުން ގޮސްފައި ވެއެވެ.

އަލީ އިއްޔެ ހިއްސާ ކުރި އެ މަދަހައިގެ 28 ސިކުންތުގެ އެ ވީޑިއޯއަށް 24 ގަޑިިއިރު ނުވަނީސް 152 ލައްކަ ވިއުސް ލިބިފައި ވެއެވެ. އަދި 14،000 އަށްވުރެ ގިނަ ކޮމެންޓްސް ލިބިފައިވާއިރު، 3،000 އާ ގާތް ކުރާ އަދަދަކަށް ޝެއާ ލިބިފައި ވެއެވެ.


އެ ވީޑިއޯއަށް ކޮމެންޓް ކުރި އެކަކު ބުނެފައިވާގޮތުގައި "ކުރިންވެސް މިހާރުވެސް ތިވަރުގެ ރަން އަޑެއް، އަދި މި ރާއްޖޭގައި އުފެދިފައި ނެތް. ރާއްޖޭގެ ރަންއަޑުގެ ވެރިޔާ".

އިތުރު މީހަކުވެސް ވަނީ އަދިވެސް އެބަ ހުރި ކަމަށް ބުނެފައެވެ. އަދި އުޚުތުންނަށް ހާއްސަ އުޚުތުން "މޯޓިވޭޓް" ވާހަކަަ މަދަހަ ކޮޅެއް އަލުން ކިޔާދިނުމަށް އެދިފައި ވެއެވެ.

އެ ޕޯސްޓަށް ކޮމެންޓް ކުރި ގިނަބަޔަކު ވަނީ "މާޝަﷲ ވަރަށް ފުރިހަމަ" ކަމަށް ލިޔެފައި ވެއެވެ.

އެ ޕޯަސްޓަށް ފަހު އަލީ ރަމީޒު ފަހުން ކުރި ޕޯސްޓެއްގައި ވަނީ ހުރިހާ އެންމެންނަށް ޝުކުރު އަދާ ކޮށްފައެވެ.

"ވަރަށް ގިނަ ބޭފުޅުން މި މަދަހައިގެ ފުލް ވާޝަންއަކަށް ރިކުއެސްޓް ކުރައްވާފައި ވަނީ، އެހެންވީމަ އޭގެ ފުލް ސްޓޫޑިއޯ ވާޝަން ރެކޯޑް ކޮށްފައި ތިބޭފުޅުންނަށް ހަދިޔާ ކުރަނަން.". އޭނާ ބުނެފައި ވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޙެހެހ

    ޢެބައިން އިތުރު ނޯޓެއް ، އެކަމަކު ރަނގަޅު ، އަދިވެސް ތިފަދަ ހިކުމަތްތެރި ، ނަޞޭހަތްތެރި މަދަހަތަކަކަށް އުއްމީދުކުރަން

    35
    2
  2. ފެންސިރު

    މާ ޝާ ﷲ، ފުރިހަމަ، ތަފާތެއް ނެތް.

    44
    2
  3. ޙޔަގ

    ماشاءالله
    ތިބާއަށް ﷲސބހނހވތޢލ ތިބާއަށް ތެދުމަގު
    ދެއްކެވީތީ ވަރަށް ﷲހމދ ކުރަން އަދިތިބާ ތެދުމަގުގައި ފﷲޯ

    ﷲދުޢާކުރާތިސާބިތުވެހުރެވޭތ

    41
    0
  4. ތިޔައޭ

    ތިޔައޭ ރީތިއަޑުގެ ވެރިއަކީ ތިޔައޭ ހިތްތަކުގެ ވެރިޔަކީ

    22
    7
  5. އަޅި އަލީ

    ޓަޗް ހުރިތޯ ބަލަން 'ފިނިފެންމަލެކޭ" ލަވަ ޖައްސާލަބަލަ! ތެންސް އިން އެޑްވާންސް

    7
    52
    • އާދަމް

      ތިޔަ ވިދާޅުވާ ޒާތުގެ ފިނިފެންމަލާއޮ އަންހެންކުދިންގެ ސިފަތައް ބަޔާންކުރާ އެމީހުންގެ ތުންފަތުގާ ހުރި ކުލަތަކާއި، ލޮލުގެ އެސްފިޔައިގެ އިސްތައްޓާއި އެމީހުންގެ ސިފަތައް ބަޔާންކުރާ، ޝަހުވަތް ހަރަކާތްކުރާ ޒާތުގެ ޅެން ފަރިއްސާއި ލަވަޔާ މިއުޒިކަކީ ޤުރުއާނާއި ސުންނަތުގައި ކަނޑައެޅިގެން ހަރާމް އެއްޗެހި. އެ ބަލާ ހޯދި މީހަކަށް ވިއްޔާ އެނގޭނެ. ނުދަނެ ހުރެ ދަލީލެއް އެވިޑެންސެއް ނެތި ދުލުން ބަސްބޭރުކުރާ އަޅިއަލީމެން ކަހަލަ ރޯނުއެދުރުންނަކީ މޮޔަ ޖާހިލުންކަން އަހުރެމެން ދަންނަން.
      އަލީ ރަމީޒު ލަވަޔާ މިއުޒިކުގެ ޙަޤީޤަތް އެނގިގެން.
      މިއަދު އެއަށް ވުރެ އުފާވެރި، މިޒާޖުގައި އެކުވެރި ބަނިޔާދަން މީހަކު ފެނުމަކީ ނާދިރުކަމެއް. މާޝާﷲ.

      18
      3
  6. ޔ

    ވަރަށްރީތި.

    32
    2
  7. ކޯޔަލް

    ކޮބާތޯ މިޔުޒިކަކީ! ކޮބާތޯ ލަވައަކީ! ލަވައާއި މިޔުޒިކު އެއީ ވަކި ނުކުރެވޭ ދޭތި. މިޔުޒިކުގެ މާނައަކީ ހަމައެކަނީ ރިދަމް ނުވަތަ ބީޓެއްވެސް ނޫން. އަޑުތަކުގެ ވައްޓަފާޅި އަކީވެސް މިޔުޒިކް. އަޑުން އުފައްދާ ވައިބްރޭޝަން ނުވަތަ ރޭންޖްތައް އެއީވެސް އޭގެ ޒާތުގައި ބީޓް. މިހެނީ ބެރުގެ ހަމައަށް ކިޔައިގެން ނޫނީ އެއްވެސް ރާގެއް ފުރިހަމައެއް ނުވޭ. އެއީ ބެރާއި ނުލާ ކީ ކަމުގައި ވިޔަސްވެސްމެ. ބެރެއްގެ އެހީއާ ނުލާވެސް އެއާއި އެއްފަދަ އަޑު އުފެއްދޭނެ. ސަމުސަލާއި ބިއްލޫރި ތަށި. ރާޅުބާނީގެ އަޑު. ކޮވެލީގެ ނުވަތަ ބައެއް ސޫފީގެ އަޑު. ހަމަހިމޭން އަޑުތައް. އެއިން އަސަރު ކުރުވާފަދަ. އެހެނެއް ނޫން. ރޮކް މިޔުޒިކް އެއީ ހިތުގެ ވިންދު އަވަސްކުރުވާ މީހާގެ ހޭބުއްދި ފިލުވާ އެއްޗެއް.

    5
    17
    • ކޯޔަލްއަށް

      ތިޔަ ވިދާޅުވާ ގޮތުންނަމަ ޤުރުއާނަކީވެސް މިއުޒިކު. އެވެސް ރާގަކަށް ކިޔަވާ އެއްޗެއް. ކައްލާ.ހަމަ ހިލާ އެހެންނެއް ނޫން. ބަންގިވެސް މިއުޒިކު. ރާގަކަށް ގޮވަނީ. މިއުޒިކަކަށް ނުވާ އެއްޗެއް ނެތް.
      އެންމެ ފުރަތަމަ ލަވަޔާ މިއުޒިކުގެ ހަޤީޤަތް ދަސްކުރޭ. ނުދަނެ ހުރެ ނޭނގޭ ވާހަކަ ނުދެއްކުމަށް ޤުރުއާނުގާ ﷲ އަންގަވާފައިވަނީ. ކަންފަތާ، ލޮލާ ހިތާ މިއިން ކޮންމެ އެއްޗަކީވެސް އެޔާ މެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެ އެއްޗެހި. ރޯނުއެދުރުވެގެން ވާހަކަނުދައްކަންވީ.
      އަބަދުވެސް ދީން ބާއްވަންޖެހޭނީ(ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅު) ތިމާގެ ސިކުނޑީގެ މަތީގައި. އޭގެ މައްޗަށް ތިމާގެ ސިކުނޑި ބާރުފޯރުވައިފިނަމަ ޤުރުއާނާއި ހަދީސްވެސް މާނަކުރެވޭނީ ކޯޔަލްގެ ސިކުނޑިއަށް ފެންނަ ގޮތައް. އެހިސާބުން މީހާ މަގުފުރެދި ވާވަދެ އަވަދިވީ. އެހެންވީމާ މިއަދުން ފެށިގެން ސުމަކުން ފައްޓަވައިގެން ކޯޔަލްކުރަންވީ ކަމަކީ ދީން ދަސްކުރަންވީ. ރޯނުއެދުރުންނާއި ތިމާގެ ސިކުނޑިއަށް ފެންނަ ގޮތަކަށް ނޫން. ޢިލްމުވެރިންގެ ފަރާތުން. އެއީ ނަބިއްޔުންގެ ވާރުތަވެރިންނަކީ.
      އަލީ ރަމީޒުގެ މަދަހަ ވަރަށް ރީތި. މާޝާ ﷲ

      22
      5
  8. ގުދުގުދާބެއްޔާ

    މަދަހަޔަކީ ވެސް ހަމަލަވަ! އެ ލަވަޔައް ނުވާނެ އެއްވެސް ގޮތައް ނެތް!

    2
    5
    • ހަސަން

      ބެއްޔާ ނަމަނަމަ ނުކިޔަވާ ''ފަތުވާ'' ނުދޭތި!

      2
      4
  9. ަައަޚުމަދު

    ރީތި

  10. ަައަޚުމަދު6

    8ރީތި

    1
    1
  11. ަައަޚުމަދު6

    ރީތި

    1
    1
  12. ހަސަން

    އަލީރަމީޒުއަކީ ނަމޫނާއަކަށް ބަލައިގެން މިއުޒިކާ ގާތް ޒުވާނުންވެސް ބަދަލުވާންވީ! ފޫހިވެ އަބަދު އާލަވައަކަށް އިންތިޒާރުނުކޮށް ޤުރުއާނުން ޝިފާ ލިބިގަންނަށްވީ! ޤުރުއާން ''ވިލް ނެވާ ލެޓް ޔޫ ޑައުން''!

    4
    2
  13. އަހުމަދު

    މިއުޒިކާއިލަވަ ހަރާމީ އެދޭތިން ﷲގެ މަތިން ހަދާންނައްތާލާތީ! ދެންވާނެގޮތަކީ ޝައިތާނާގެ ޝިކާރައަކަށްވާނީ! އެހެން ގޯސްކަންތައްވެސް ކުރެވެން ފައްޓާނީ!

    4
    3
  14. ރާވެރި ކަނބުލޮ

    މާޝާﷲ. ވަރަށްވެސް ފުރިހަމަ.ތިކަހަލަ އިތުރު މަދަހަތަކަކަށް އުއްމީދުކުރަން