މިހާރު އެންމެ މަޝްހޫރުވެގެން އުޅޭ ކުޑަކުދިންގެ ލަވަތަކުގެ ތެރޭގައި "ބޭބި ޝާކް" ލަވަ ހިމެނެއެވެ. އެ ލަވަ ކުޑަކުދިން އިންތިހާއަށް ބަލާއިރު، ބޮޑެތި މީހުންގެ މެދުގައިވެސް މިހާރު އެ ލަވައަކީ މަޝްހޫރު ލަވައެކެވެ.

އެ ލަވައަކީ ކޮރެއާ ބައެއް ހިންގާ ޗެނަލްއެއް ކަމުގައިވާ ޕިންގޕޮންގ އިން ހަދާފައިވާ ވީޑިޔޯއެކެވެ. އެ މީހުންނަކީ ކުޑަކުދިންގެ ލަވަތައް ހެދުމާއި، ނެށުންތަކުގެ ވިޑިޔޯތައް ޔޫޓިއުބްގައިވެސް ހިއްސާ ކުރާ ބައެކެވެ.

ބޭބީ ޝާކް ލަވައަކީ 2015 ވަނަ އަހަރު ނެރުނު ލަވައެކެވެ. އޭރުވެސް އެ ލަވަ ސައުތް އޭޝިއާ ސަރަހައްދުގައި ބޮޑު މަޝްހޫރުކަމެއް ހޯދިއިރު، އެ މީހާރު މުޅި މީސް މީޑިއާ ފަތަހަ ކުރަން ފަށާފައި ވަނީ މި އަހަރު ތެރޭގައެވެ. ޔޫޓިއުބްގައި އެކަނިވެސް އެ ވީޑިޔޯ 1.2 ބިލިއަން މީހުން ބަލައިފިއެވެ.

އަދި ޔޫޓިއުބްގައި އެ ލަވަ މިހާރު ވެފައި ވަނީ 40 ވަނައަށް އެންމެ ގިނަ މީހުން ބެލި ވީޑިޔޯ އަށެވެ.

މިހާރު އެ ލަވައިގެ އަސްލު ލަވައަށް ވުރެ އެ ލަވައިގެ ރާގާއި، އެ ލަވައިގެ ގޮތްގަނޑު ބޭނުންކޮށްގެން ތަފާތު އެކި ވީޑިޔޯތައް މީސް މީޑިއާގައި ދައުރުވަމުންދެއެވެ. ޗެލެންޖެއް ގޮތުގައި ބައެއް މީހުން ކުރަަމުން އަންނަ މި މަސައްކަތަށް ހާއްސަކޮށް ހެޝްޓެގްއެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބައެއް މީހުން އަމިއްލައަށް ކުޅެފައިވާ ވީޑިޔޯތަކަށް ބަލާ މާހިރުން ވަނީ އެ ޗެލެންޖަކީ ނުރައްކާތެރިވެދާނެ ކަމެއް ކަަމަށް ބުނެފައެވެ.

ސަަބަބެއްކަމަށް އޭނާ ބުނެފައި ވަނީ، ދުއްވަމުން ދާ ކާރެއް ކައިރީގައި ނެށުމުގެ ހުނަރުތައް ދައްކާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަނަރީމާ

    މަގޭ ދަރި ތި ލަވަގެ އެކި އެއްޗެހި ބަލާނެ. ބޮލަށް ވަދެފަ އިންނާނީ. ޑައްޑާ ޑައްޑާ ޝަރަރްރާ ޝަރަރްރާ. ???

  2. ?

    ?ސޯ ސުވީޓް ދޯ..