އަގުބޮޑު ކާރުތައް ވަގަށް ނަގާ ވިއްކަމުން ދިޔަ ގޭންގެއް އިންޑިއާގެ ދިއްލީ ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، އަގުބޮޑު ވެހިކަލްތައް ވިއްކާތަންތަނުން މި ގޭންގުގެ މީހުން ކާރު ގަންނަން އޯޑަރު ކުރާކަމަށެވެ. އަދި އެ ކާރު އެ މީހުންނާއި ހަމައަށް ގެނައުމުން އެ ކާރު ހިފައިގެން ފިލަނީ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މިގޮތަށް ފިލުމަށްފަހު ކާރުގެ ނަމްބަރު ޕްލެޓް އެއްޗެހިވެސް ބަދަލުކުރާކަމަށް ވެއެވެ. އަދި އެ ކާރު މޮޑިފައި ކުރުމަށްފަހު ވިއްކާލަނީ އެހެން ބަޔަކަށެވެ.

އަދި މީގެ އިތުރުން ބައެއް އާއްމުންގެ ކާރުތައްވެސް މި ގޭންގުގެ މީހުން ވަގަށް ނަގާ ކަމަށް ވެއެވެ. މި މީހުން އާއްމުންގެ ކާރުތައް ވަގަށް ނަގަނީ މޮޅެތި ވާހަކަަތައް ދައްކައިގެންނެވެ. އެގޮތުން ކާރު ގެންގުޅޭ މީހެއް ކައިރިން އޭނާ ގެންގުޅޭ ވައްތަރުގެ އާ ކާރެއް ގަނެދޭނެ ކަމަށް ބުނާއިރު، އޭނާ ގެންގުޅޭ ކާރު ވިއްކާލުމަށް އެދެއެވެ. އަދި މިގޮތަށް ވާހަކަދައްކައި އެ މިހާ ހެއްދުމަށްފަހު ކާރު ވަގަށް ނަގާ ކަމަށް ވެެއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ، ކާރު ވަގަށް ނަގާ މައްސަލަަ ވަރަށް ބޮޑަށް ފެންމަތިވެފައިވަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ގޭންގުގެ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މި މީހުން ހައްޔަރުކޮށްފައި ވަނީ، އެ ގޭންގުގެ ލީޑަރާއެކު ބަސް ޓާމިނަލްއެއް ކައިރިއަށްދާ އުޅޭކަން ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ރެއިޑް ޖަހައިގެން ތިއްބާ އެ ހިސާބުގައި މަޑުކޮށްގެން ތިބި ކާރުގައި ތިބި މީހުންގެ ފަރާތުން ޝައްކުކުރެވޭ ކަންތައްތައް ހުރުމުން، ފުލުހުން އެ މީހުން ކައިރިއަށް ދާން ހެދުމުން ފިލަން އުޅުނު ތަނުންނެވެ.

ފުލުހުން ވަނީ އެ މީހުން ވަގަށް ނެގި 35 ވެހިކަލެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޜެއިޑް ޖަހައިގެންނޭ...