އިނގިރޭސި ވިލާތުގެ އަންހެނަކު އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާ އަށް ބަނޑުބޮޑުވެ ދަރިއަކު ލިބުނު ކަމަށް ބުނެ، ފައިސާ ހޯދުމުގެ ގޮތުން އޭނާ ބްލެކްމެއިލް ކުރުމުން ޖަލަށް ލައިފިއެވެ.

އުމުރުން 26 އަހަރުގެ ޗެލްސީ ރޮބާޓްސް އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި އެތައް ފަހަރެއްގެ މަތިން ރުޅިވެފައި އަލުން ގުޅިފައި ވާއިރު މިހާރު އޭނާ އުޅެނީ އެހެން އަންހެނަކާއި އެކުއެވެ. މިކަމާއި ޗެލްސީ ޖެލަސް ވެގެން ބަދަލު ހިފުމުގެ ގޮތުން ބުނެފައި ވަނީ އޭނާގެ ދަރިއަކަށް ބަލިވެ އިނދެ ވިހައިފި ކަމަށާއި އަދި ދަރިއަށް ފައިސާ ނުދޭނަމަ މިހާރު ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ މައިންބަފައިން ގާތު އޭނާ ދަރިއެއް ހުންނަ ވާހަކަ ބުނާނޭ ކަމަށެވެ.

ޗެލްސީ އާއި ދެކޮޅަށް ދައުވާ ކުރީ ބްލެކްމެއިލް ކުރުމުން. މިއީ ޗެލްސީ ދިރިއުޅޭ ސަރަހައްދު

ޗެލްސީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަތުން އެކި ފަހަރުމަތިން ޖުމްލަ 30،000 ޕައުންޑު (569،388 ރުފިޔާ) ނަގާފައި ވާއިރު އޭނާ ދަރިފުޅު ބަލަން ބޭނުން ވެގެން އެވާހަކަ ދެއްކުމުން ޗެލްސީ ބުނެފައި ވަނީ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް އެ ކުއްޖާ މަރުވީ ކަމަށެވެ. ނަމަވެސް، އޭގެ ފަހުންވެސް، އެކި ގޮތްގޮތުން އޭނާ އަށް ބިރުދައްކައިގެން ޗެލްސީ ވަނީ ފައިސާ ހޯދާފައެވެ.

އެކި ތަންތަނުން ލޯނުތައް ނަގައިގެން ޗެލްސީ އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ފައިސާ ފޮނުވި ނަމަވެސް، އެންމެ ފަހުން މިކަންތައް ފަޅާ އެރުމުން އޭނާ ވަނީ ފުލުހުންނަށް މައްސަލަ ޖައްސާފައެވެ. އެ ގައުމުގެ ފުލުހުން ޗެލްސީ އާއި ދެކޮޅަށް ދައުވާ ކުރުމުން 4 މަހަށް ޖަލަށް ލާފައި ވާއިރު، އޭނާގެ ދިފާއުގައި ވާހަކަ ދެއްކި ލޯޔަރު ބުނެފައި ވަނީ ޗެލްސީ އަކީ ކުޑަކޮށް ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ. ނަމަވެސް، މިއީ ބޮޑު ހުކުމަކުން އޭނާ ސަލާމަތްވުމަށް އޭނާ ދައްކާ އުޒުރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.