އިނގިރޭސި ވިލާތުގައި އެންމެ ފުރަތަމަ ޖެހިޖެހިގެން 10 ފިރިހެން ދަރިން ހޯދި އަންހެނާގެ ޝަރަފު ލިބުނު އެލެކްސިސް ބްރެޓް އަށް އެންމެފަހުން އަންހެން ދަރިއަކު ލިބިއްޖެއެވެ.

ބްރެޓް އާއި އޭނާގެ ފިރިމީހާ ޑެން ޑޭވިޑް އަށް 15 އަހަރަށް ފަހު އަންހެން ކުއްޖަކު ލިބުމުން އެމީހުން މިހާރު ތިބީ ވަރަށް އުފާވެފައެވެ. އޭނާގެ ފިރިހެން 10 ދަރިންގެ އުމުރު 2-17 އާއި ދޭތެރޭ އުޅޭއިރު، އެ ހުރިހާ ކުދިންވެސް ތިބީ އަންހެން ކޮއްކޮއެއް ލިބުމުން އޭނާ އަށް ހުރިހާ ކަމެއްވެސް ކޮށްދޭން ތައްޔާރަށެވެ.

މި ދެފަރިން ތިބީ އެންމެ ފަހުން އަންހެން ކުއްޖަކު ލިބުމުން އެކަމާއި މެދު ވަރަށް އުފާވެފައި

މިގޮތުން، އެ ކުއްޖާ އުފަންވި ފަހުން ހުރިހާ ފިރިހެން ކުދިންވެސް ގޭތެރޭގައި ބަސް އަހައި، އަޑުގަދަ ނުކޮށް އުޅޭއިރު، އެ ކުއްޖާ ނިންދެވުމާއި އެނޫންވެސް ކުދިކުދި ކަންކަމުގައި އެހީވަމުން އަންނަކަމަށް ބްރެޓް އާއި ޑޭވިޑް މައުލޫމާތުދެއެވެ.

"އަހަރެމެންނަށް ކުރެވެނީ ހަނދަށް ދެވުނު ކަމުގެ އިހްސާސް. އެހައިވެސް އުފާވެރި. ބްރެޓް މާބަނޑުކަން އެނގުމުން އަހަރެމެން ހީކުރީ ދެންވެސް ލިބޭނީ ފިރިހެން ކުއްޖެއް ކަމަށް. އެކަމަކު މިހާރު މި އާއިލާ މިވަނީ ފުރިހަމަ ވެފައި" އެ ކުދިންގެ ބައްޕަ ބްރެޓް އިނގިރޭސި ވިލާތުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ބްރެޓް އޭނާގެ ހަމައެކަނި އަންހެން ދަރިފުޅާއި އެކު

އަންހެން ދަރިފުޅާއި އެކު އިތުރު ދަރިއެއް ނުހޯދަން މި ދެފަރިން ނިންމާފައި ވާއިރު، އެތައް ހާސް ބަޔަކު އަންނަނީ އެމީހުންނަށް އެންމެ ފަހުން އަންހެން ދަރިއަކު ލިބުމުން އެކަމަށް މަރުޙަބާ ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.