ފިނި ފެނުން ފެންވެރުމަކީ ގިނަ ބަޔަކަށް އުނދަގޫ ކަމެއް ނަމަވެސް ދުވަސް ފެށުމުގެ ކުރިންނާއި ނިދުމުގެ ކުރިން ފިނި ފެނުން ފެންވެރުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ފައިދާތައް އެނގޭ ހެއްޔެވެ؟

    1. ބަރުދަން ލުއިވުމަށް މަގުފަހިވުން : ފިނިފެނުން މީހާ ފެންވެރުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ "ބްރައުން ފެޓްސް" ތައް ރަނގަޅަށް މަސައްކަތް ކުރަން ފަށައި ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް އަންދާލުމުގައި ބޮޑު ދައުރެއް އަދާ ކުރެއެވެ. މިކަމުގެ ސަބަބުން މީހާގެ ބަރުދަން ލުއިވުމަށް މަގުފަހިވެއެވެ.
    2. ދިފާއީ ނިޒާމް ވަރުގަދަވުން : ގަވާއިދުން ކޮންމެ ދުވަހަކު ފިނިފެނުން ފެންވަރާ ކަމުގައި ވަނީވަމަ، މީހާގެ މެޓަބޮލިޒަމް ރޭޓާއި ހަށިގަނޑުގައި ހުންނަ ވައިޓް ބްލަޑް ސެލްތައް އިތުރުވެގެންދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ އެކިއެކި ބަލިތަކުން ދިފާއުވުމަށް ހަށިގަނޑު ބޮޑަށް ހުށިޔާރުވެ، ދިފާއީ ނިޒާމު ވަރުގަދަވެއެވެ.
    3. ސްޓްރެސް ދަށް ކުރުމަށް އެހީވުން : ސްޓްރެސް ނުވަތަ އެކިކަންކަމާއި ފިކުރުބޮޑުވެ ހާސްވުމަކީ ކޮންމެ މީހަކާއިވެސް ކުރިމަތިވާ ކަމެއް ކަމުގައި ވާއިރު، ފިނިފެނުން ކޮންމެ ދުވަހަކު ދެ އިރު ފެންވެރަން އާދަ ކުރުމުން މީހާގެ ސިކުނޑިއަށް އޭގެން ސީދާ އަސަރުތަކެއް ކޮށް، ސްޓްރެސްވެފައި މީހާ ހުންނަ ވަގުތު ރަނގަޅު ގޮތެއްގައި ކަންތައް ކުރުމަށް މަގުފަހިވެ، ސްޓްރެސް ދަށް ވުމަށް އެހީ އަކަށް ވެގެންދެއެވެ.
    4. ހަންގަނޑާއި އިސްތަށިގަނޑު ރީތިވެ، ވަރުގަދަވުން : ގަވާއިދުން ފިނިފެނުން ފެންވެރުމުގެ ސަބަބުން މީހާގެ ހަންގަނޑު އުޖާލާވެ، ހަންގަނޑާއި އިސްތަށީގައި ހުންނަ ގުދުރަތީ ތެޔޮތައް ފޭބުން މަދުވެ، މީހާގެ ބުރުސޫރަ ރީތިކޮށްދީ އިސްތަށިގަނޑުވެސް ވަރުގަދަ ކޮށްދެއެވެ.
    5. ނުނިދިގެން އުޅޭ މީހުންނަށް ހައްލެއް : ގިނަ ބަޔަކު ރޭގަނޑު ނުނިދިގެން ކުރާނެ ކަމެއް ނޭނގިގެން އުޅޭއިރު ފިނިފެނުން 10 މިނެޓު ވަންދެން ފެންވަރާލުމުން ވަރަށް ފަސޭހައިން ނިދުމަށް އެހީވެގެން ދާނެއެވެ. ދެން ރެއަކުން ނުނިދިގެން އުޅޭނަމަ މިކަން ތަޖުރިބާ ކޮށްލާށެވެ.

މިއީ ފިނިފެނުން ފެންވެރުމުން ލިބޭ މަދު ފައިދާތަކަކަށް ވާއިރު މީގެ ސަބަބުން ހަށިގަނޑަށް އިތުރު އެތަކެއް ފައިދާތަކެއް ލިއްބައިދެއެވެ. އެހެންކަމުން ވޯޓާ ހީޓަރެއް ހޯދުމަށް ފަހު ހޫނު ފެނުން ފެންވެރުމުގެ ބަދަލުގައި ފިނިފެނުން ފެންވަރަން އާދަ ކުރާށެވެ. އޭގެ މަންފާތައް ފެނިގެންދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ފިނިފެނަކީ އާންމުގޮތެއްގައި ބޭހުގެ ގޮތުގައި ބޭނުންކުޜާއެއްޗެއް. ތިޔަވަރަށް ފެންވަރަން ހާދަބައިވަރު ފިނިފެނެއް ބޭނުންވާނޭ. އަނެއްކާ އެހާ ޚަރަދުވެސް ބޮޑުވާނެ. މިހާރު ފިނިފެން ފުޅިއެއް ލިބެނީ ތިރީހަކަށް ރުފިޔާއަށް. އޭގެ ފުޅިއަކުން ތުއްތުކުއްޖަކުވެސް ފެން ނުވެރުވޭނެ. ދެން އައިސް ކޮށްފައި ހުންނަ ފިނިކުރި ފެން ލިބިދާނެ. އެވެސް ވަރަށް ބޮޑު ޚަރަކަށް ވާނީ . ފާޚާނާ ތަކުގައި އައިސްފެން ލިބޭގޮތަށް އަދި ހުންނަނީ ވަރަށް މުއްސަނދި މީހުންގެ ގޭގޭގައި ކަންނޭގެ. ނޭގޭތީވެ ހަމަ ނޭގެ އޭ މިބުނީ. ފިނިފެނާއި، ފިނިކުރި ފެނަކީ ތަފާތު ދޭއްޗެއް. ފިނިފެން މިކިޔަނީ ރޯޒްވޯޓަރ އަށް. އޭގައި ދުވާނީ ފިނިފެންމަލުގެވަސް.