ކާރާއި ޕިކަޕްފަދަ ބަރު އުޅަނދުތައް ދުއްވާ އެތަކެއް މީހުންނެއް މިދުނިޔޭގައި އުޅެއެވެ. ބައެއް މީހުންނަކީ އާމުދަނީ ހޯދުމުގެ ގޮތުން އެ އުނޅަދުތަކުގެ ބޭނުން ކުރާ މީހުންނެވެ. މިފަދަ މީހުން އެ ފަދަ އުނޅަދުތަކުގައި ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ.

ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި މާގިނައިން ކާރުފަދަ އުނޅަދުތަކުގައި ތިބުމަކީ އެކަމުން އެތަކެއް ސިއްހީ މައްސަލައެއް ކުރިމަތިވާ ކަމެކެވެ.

އެގޮތުން ލޭގެ ތަފާތު މައްސަލަތަށް ކުރިމަތިވާ ކަމަށް ސައިންވެރިން ބުނެއެވެ. އެއީ ކާރުފަދަ އުޅަނދަކީ އެއަރކަންޑިޝަން (އޭސީ) ހަރުކޮށްފައިވާ އުޅަނދުތަކަށް ވުމުން ގިނަ އިރު ފިނީގައި ތިބެން ޖެހޭތީއެވެ. އެކަމުގެ ސަބަބުން ލޭ ގަނޑުވުމާއި ހަށިގަނޑުގެ އެކި ތަންތަން، ހާއްސަކޮށް އަތާއި ފައި އައްސިވުންފަދަ ކަންކަން ކުރިމަތިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އަދި ކާރުފަދަ އުނޅަދުތަކުގައި މާގިން ވަގުތު ހޭދަކުރުމަކީ ނޭވާލާ ނިޒާމަށްވެސް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެއް ކަމުގައި ސައިންސްވެރިން ބުނެއެވެ. އަދި އެފަދަ މީހުންނަށް ހަމުގެ ތަފާތު ބަލިތަށް ޖެހުމަށް މަގުފަހިވާ ކަމަށް ސައިންސްވެރިން ބުނެއެވެ. މިގޮތުން ހަންގަނޑު ކުރަކިވުމާއި ހަންގަނޑު ފަޅައިގެން ދިޔުމާއި ހަންގަނޑު ހިރުވުން ފަދަ މައްސަލަތައް މިކަމުގެ ސަބަބުން ފެންމަތިވެއެވެ.

އެހެންކަމުން މާގިނަ ވަގުތު ކާރު ފަދަ ތަކެތީގައި ވަގުތު ހޭދަނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެެހެއެވެ.