ބަތް ތައްޔާރުކޮށްލަން ބޭނުންވާތަކެތި:

2/3 ޖޯޑު ޒީބާ ޕްރީމިއަމް ބާސްމަތީ ހަނޑޫ

1/3 1 ޖޯޑު ފެން

3 އިންޗީގެ ފޮނިތޮށި

3 ކާފޫރުތޮޅި

1 ބޭ ލީފް

½ ސައިސަމުސާ ލޮނު

މަސާލާ ރެޑީކޮށްލަން ބޭނުންވާ ތަކެތި:

250 ގްރާމް ގެރިމަސް

1 ބޮޑު ފިޔާ

1 މެދު ސައިޒުގެ ޓޮމާޓޯ

3 ތޮޅި މިރުސް

3 މޭޒުމަތީ ސަމުސާ ގިތެޔޮ

2 މޭޒުމަތީ ސަމުސާ ރޯ ކެޝޫ ނަޓް

1 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް

1 ބޭ ލީފް

2 މޭޒުމަތީ ސަމުސާ ހިކި މޭބިސްކަދުރު

125 މިލިލީޓަރު ޔޯގަޓް

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

½ ސައިސަމުސާ ތެޅި މިރުސް

1 ސައިސަމުސާ މުގުރި ދިރި

½ ސައިސަމުސާ މުގުރި ކޮތަނބިރި

¼ ސައިސަމުސާ ރީނދޫ

2/3 ސައިސަމުސާ ލޮނު

2 ސައިސަމުސާ ކޮށާފައި ހުރި ކޮރިއެންޑަރ ފަތް

ތައްޔާރުކޮށްލާނެ ގޮތް:

1. ޒީބާ ޕްރީމިއަމް ބާސްމަތީ ހަނޑޫ، ފެން، ފޮނިތޮށި، ކާފޫރުތޮޅި، ބޭ ލީފް އަދި ލޮނު ތެއްޔަކަށް އަޅައި ގަދަ ގިނީގައި 8 މިނިޓު ވަންދެން ތެލީގެ މަތި ނުޖަހާ ކައްކާށެވެ. ދެން ތެލީގެ މަތި ޖަހާފައި ގިނި މަޑުކޮށްފައި 5 މިނިޓު ކައްކާލާށެވެ. ދެން ބަތްކޮޅު ތަށްޓަކަށް ނަގާށެވެ. ފޮނިތޮށްޓާއި ބޭ ލީފް ނަގާ އެއްލާލާށެވެ. ގެރިމަސްކޮޅު 1 އިންޗީގެ ގޮޅިތަކަށް ކޮށާށެވެ. ފިޔާ އަދި ޓޮމާޓޯ ތުނިކޮށް ކޮށާށެވެ. އަދި ތޮޅި މިރުސް މެދުން ދިގަށް ފަޅާލާށެވެ. ގިތެޔޮ ތެއްޔަށް އަޅާ ހޫނު ކޮށްފައި އޭގެ ތެރެއަށް ފިޔާކޮޅު އަޅައި ގަދަ ގިނީގައި 3 މިނިޓު ނޫނީ ފިޔާތައް ރަތްވާން ފަށަންދެން ކައްކާށެވެ. ދެން ކެޝޫ ނަޓްކޮޅު އަޅާފައި އަދި 2 މިނިޓު ވަންދެން ނޫނީ އެއަށް ރަންކުލަ އަރަންދެން ކައްކާށެވެ. ދެން ޖިންޖަރ ގާލިކް ޕޭސްޓް، ތޮޅި މިރުސް، ބޭ ލީފް، ހިކި މޭބިސް ކަދުރު އަޅާ އެއްކޮށްލާށެވެ. ދެން ގެރިމަސްކޮޅު އަޅާ އެއްކޮށްލާފައި މެދު ގިނީގައި ހުއްޓާނުލާ ތެލީ ތެރޭގައި ހުރި ސާމާނު އެއްކުރަމުން 5 މިނިޓު ކައްކާލާށެވެ. ޔޯގަޓް، ޓޮމާޓޯ ޕޭސްޓް، ތެޅި މިރުސް، ދިރި، ކޮތަނބިރި، ރީނދޫ އަދި ލޮނު ތެއްޔަށް އަޅާފައި ތެލީގެ ތެރޭގައި ހުރި ސާމާނު އެއްކުރަމުން 3 މިނިޓު ކައްކާށެވެ. ދެން ގިނި މަޑު ކޮށްފައި ބަތްކޮޅު ތެލީގައި ހުރި ރިހައިގެ މައްޗަށް އަޅާ ފަތުރާލާށެވެ. ދެން ބަތްކޮޅު މަތީގައި ޓޮމާޓޯ ކޮޅު އަތުރާލާފައި އޭގެ މަތީގައި ކޮރިއެންޑަރ ފަތްކޮޅު ފަތުރާލާށެވެ. ދެން ތެލީގެ މަތި ޖަހާފައި ވަރަށް މަޑު ގިނީގައި 10 މިނިޓު ކައްކާލީމައި އެނިމުނީއެވެ.

ކިޔުންތެރިންގެ ހިޔާލު