އައްޑޫ ފިހާރަ ތަކުން ވައްކަން ކުރާ "ބޮޑު ވަގު" ހޯދަން މީސް މީޑިއާގައި ވީޑިއޯއެއް އާއްމުކޮށްފިއެވެ.

އާންމު ކޮށްފައިވާ ވީޑިއޯއިން ފެނިގެން ދަނީ ހިތަދޫގައި ހުންނަ ލިބޭ ފިހާރައިން އެމީހާ ވައްކަން ކުރާ މަންޒަރެވެ. އެގޮތުން ފިހާރަ ތެރެއަށް ކޮތަޅެއް ހިފައިގެން ވަދެ، ކޮތަޅު ތެރެއަށް ފިހާރައިގެ ހުރި ބައެއް ތަކެތި އަޅައިގެންދާ މަންޒަރު ފެނެއެވެ.

ފިހާރައިގެ މުވައްޒަފަކު ބުނީ، އެކި ދުވަސް މަތިން އޭނާ އެކަން ކޮށްފައިވާ ކަމަށާއި، އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ތަކެތި ފިހާރައިން ވަގަށް ނަގާފައިވާ ކަމަށެވެ.

އެގޮތުން 2 މަސްތެރޭ ނެސްކެފޭ ކޮފީގެ 59 ދަޅު އޭނާ ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 200 ގްރާމްގެ 5 ފުޅި، 50 ގްރާމްގެ 1 ފުޅި، 500 ގްރާމްގެ 14 ދަޅު، 200 ގްރާމްގެ 8 ދަޅު، 100 ގްރާމްގެ 4 ފުޅި، 50 ގްރާމްގެ 7 ފުޅި،50 ގްރާމްގެ 2 ދަޅު، 500 ގްރާމްގެ 4 ޕެކެޓް ހިމެނެއެވެ.

ކޮފީގެ އިތުރުން ވެސް އެހެން ތަކެތި ވެސް އޭނާ ވަގަށް ނަގާފައިވާކަން އެފިހާރައިން ވަނީ ފާހަގަ ކޮށްފައެވެ.

ފިހާރަތަކުން ވައްކަން ކުރާ މައްސަލަ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ފެންމަތިވެއެވެ. މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ވެސް އެފަދަ ފަރާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ތިކުއްޖާ ވަރަށް ބަނޑުފައިވެފަތިހިރީ! ކެމެރާތައްވެސް ހުންނާނެކަން ހަނދާނެއްނެތް!

    21
    2
    • ސަޓޯ

      ކެމެރާހުރީމަ ވަނީ ކޮންކަމެތް އެއީ ބާގަރީނާ

    • ހާވާނު

      ތީ ބަޑުހާވެގެން ނެއްނޫން ވިއްކައިގެން ލާރިކޮޅެއްހޯދާފަ ހަކުރުބޯން ކުރާކަމެއް

  2. Anonymous

    މީގައި ބޮޑަށް މުހިންމީ ކެމެރާތަކަށް ވަކި މީހަކު. ކޮންމެ ކަމަކަށް ކޮންމެވެސް އެކަކު ބެހެއްޓުން. ޚާއްސަކޮށް ބޮޑެތި ފިހާރަތަކުން. ނޫނީ މިކަން ކާމިޔާބުވާކަށް ނެތް.