ހުސްގޮނޑި ގުނައިގެން މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ ކަމަށާއި، ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް އަރައިގެންފައި ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނުމުގައި އަމަލު ކުރާ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަަހެޅުމުން އެ ގަވައިދަށް އަމަލު ކުރުން މަޑުޖައްސާލުމަށް ނެރުނު ވަގުތީ އަމުރަށް ބަހުސްކުރަމުން ބޮންޑޭ ވިދާޅުވީ، އެއީ މީގެެ ކުރިން ސުޕްރީމް ކޯޓުން ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ހުކުމެއް ކަމަށާއި، އެއް ރޮއްޖަކަށް ފޫގަޅައިގެން މަޖިލިސް ކުރިއަށްގެންދާ ކަމަށެވެ.

"މަޖިލީހަކީ ރައްޔިތުން، ރައްޔިތުންގެ މައްޗަށް މިއޮތީ އަމުރެއް ނެރެފަ، މިމަޖިލިސް ކުރިއަށް ގެންގޮސްގެން ނުވާނޭ ކަލޭމެން އޮތީ ގަވައިދެއް ހަދާފައޭ، އެގަވައިދުގަ އެބުނާ ހުސްގޮނޑިތައް ނެތޭ، އެހެންވީމަ ހުސްގޮނޑިތައް ގުނައިގެންނެއް. އިއްޒަތްތެރި ރައީސް، ހާލަތެއް އެބައާދޭ ގައުމަށް، މިހާރު ކިހިނެއްތޯ ވެގެން މިއުޅެނީ"

ބޮންޑޭ ވިދާޅުވީ، ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިޚާބު ކުރި ބަޔަކު ކުއްލިއަކަށް ވަޒީރުކަން ފެނިގެން، ވަޒީރުކަން ލިބުނީމަ މަޖިލިސް ދޫކޮށްދާ ކަމަށެެވެ.

"އެ މެންބަރުން ތިބީ މާތްﷲ ގަންދީ ހުވާކޮށްގެން، ފުރަތަމަ އެކަން ނޫންތޯ ރަނގަޅުކުރަންޖެހޭނީ. ދެންތިބި 14 މެންބަރުން ގަނެލައިފިޔޭ އެބަކިޔާ. ރިޝްވަތުދީގެން. އެންމެ ފުރަތަމަ ސުޕްރީމް ކޯޓުން ނަގަހައްޓަންޖެހޭނީ ރައްޔިތުންގެ ހައްގު. ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައެއް ނުގަނެވޭނެ ސަރުކާރުން"

ބޮންޑޭ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރަކަށް ސަރުކާރުން އަރައިނުގަނެވޭނެ ކަމަށާއި، އެކަންކަން ކުރީ ކޮވިޑްގެ ހާލަތުވެސް އިސްތިސްނާކޮށްގެން ކަމަށެވެ. އަދި ބަންޑާރަނައިބަކީ މަޖިލީހުގައި ދާދިފދަހަކާ ޖެހެންދެންވެސް އިންނެވި ބޭފުޅެއް ކަމަށާއި، އެބޭފުޅާވެސް ހުރީ ދައުރު ނިމެންދެން މަޖިލީހުގައި އިންނަން މާތްﷲ ގަންދީ ހުވާކޮށްގެން ކަމަށެވެ.

"ފުރަތަމަ ސުޕްރީމް ކޯޓުން އެެކަމެއް ނޫންތޯ ބަލަންޖެހޭނީ، ރައްޔިތުންގެ މަޖިލީހުގަ ތަޅުއަޅުވާކަށްނޫން ޖެހޭނީކީ އިއްޒަތްތެރި ރައީސް. އަދި ރުހުންވެސް ނުދޭ މީހެއް. ރުހުންވެސް ނުދޭ މީހެއްގޮސް ބަންޑާރަ ނައިބޭ ދައުލަތޭ އެބަކިޔާ. ދައުލަތް އެބަ ދައްކާ ރައްޔިތުންނަށް އެކި ސިފަސިފައިގަ. އާޒިމާ ޝަކޫރުވެސް ދައުލަތެއްގެ ސިފައިގަ ދެއްކި." ބޮންޑޭ ވިދަޅުވިއެވެ.

މަޖިލީހުގެ ކަނަތްއަތްއް ސިމްޕަލް މެޖޯރިޓީގައިވެސް ކުރަންޖެހޭ ކަމަށާއި، ރައިސުލްޖުމްހޫރިއްޔާ އަޒުލުކުރެވެންޏާ އަޒުލުވެސް ކުރެވެނެޖެހޭ ކަމަށާއި، އެބާރުތައްވެސް ދެވިފައިވާ ކަމަށް ބޮންޑޭ ވިދަޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުނާ2024

    އެމްޑީޕީ އެންނު ވެރިކަން ގެއްލިޖެތަ
    މުޅި ގައުމު ފަސާދަ ކުރަނެ 100% ގެރޭ

    23
    1
  2. އިބުން ރަޝީދު

    ބުއްދި ހަމަނުވާ މީހުންނަކަށް ޤާނޫނެއް ޤަވާޢިދެއް ނޭގެއެވެ.ކިޔެވި ތަނެއް ނެތެވެ.ދެންއެގޭނީ ކޮން ޤާނޫނެއް ކޮންޤަވާޢިދެއް ހެއްޔެވެ؟ މާތްﷲ ގެ ވާގިފުޅާއި އެކު ތިއެދޭކަމެއް ނުވާނެއެވެ.ވެރިކަމުގައި ހުރީ ތަންދޮރު އެގޭ ބޭފުޅެއް.ރޯނު އެނދުރެއްނޫނެވެ.

    20
    1
  3. ރަޝީދު

    ބުއްދި ހަމަނުވާ މީހުންނަކަށް ޤާނޫނެއް ޤަވާޢިދެއް ނޭގެއެވެ.ކިޔެވި ތަނެއް ނެތެވެ.ދެންއެގޭނީ ކޮން ޤާނޫނެއް ކޮންޤަވާޢިދެއް ހެއްޔެވެ؟ މާތްﷲ ގެ ވާގިފުޅާއި އެކު ތިއެދޭކަމެއް ނުވާނެއެވެ.ވެރިކަމުގައި ހުރީ ތަންދޮރު އެގޭ ބޭފުޅެއް.ރޯނު އެނދުރެއްނޫނެވެ.

    13
    1
  4. ޔަޤީން

    ޤާނޫން މާނަ އެގޭބަޔަކު ގޮތެއްނިންމީމާ ދެން އެއަށް ބަސްކިޔަން ނޫޅޭށެވެ.ތިމާމެންގެ ފެންވަރާއި މެދު ވިސްނުން މާއައުލާކަންބޮޑެވެ.ތަންދޮރު އެނގޭ މީހުންނާއި ކުޅެން ނޫޅޭށެވެ.

    16
    1
  5. އަބްދޫ

    މަޖިލީހުގެ އެމްޑީޕީ މެމްބަރުންވަނީ ގާނޫނުއަސަސީގއ 71 ވަނަ މާއްދާ އަށް. ހުރަސްއަލާފަ.މަޖިލީހުގެ މެމްބަރަކު ގެ ގޮނޑި ހުސްވާ ކޮންމެ ފަހަރަކު މަޖިލީހުގެ ގަވާއިދަށް ބަދަލުގެނެސް މެމްބަރުންގެ އަދަދު ކަނޑައަލަންޖެހޭ ވާހަކަ އެއް ގާނޫނުއަސަސީ އަކުނެތް. ގާނޫނުއަސާސީގަ ވަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 5000 އަކަށް މެމްބަރެއް .އެގޮތުން 2019 ވަނަ މަޖިލިސް އިންތިހާބަށް އިލެކްސަނުން ބެއިލއިރު މެމްބަރުންގެ އަދަދކީ 87 ވީމާ މިހާރު މަޖިލީހުގެ މެމްބަރުންގެއދަދަކީ 87 މެމްބަރުންގެ އަދަދުކަމަށް ގާނޫނުއަސަސީގަ އޮތީ މީހާއަށް ނިސްބަތް ކޮށްފައެއްނޫން . މަޖިލީހުގަ ތިއްބަވަންޖެހޭ މެމްބަރުންގެ އަދަދަށް ނިސްބަތް ކުރައވާފަ.ގާނޫނުއަސާސީގައިވާގޮތުން މަޖިލީހުގެ ގަވާއިދު ފާސްކުރެވޭނީ ވެސް ގާނޫނުއަސަސީއާއެއްގޮތަށް ތައާރަޒް ނުވާނޭގޮތަށް.ގާނޫނުއަސަސީއާއި ހިލާފުވާގޮތަށް މަޖިލީހުން ފާސްކުރެވޭ ކޮންމެ ފާސްކުރުމެއް ބާތިލް ކަން ގާނޫނުއަސަސީންއެގޭ. އަދި ގާނޫނުއަސަސީގެ 144 ވަނަ މާއްދާގަ ބުނާގޮތުން ގާނޫނުއަސަސިއާއި ތައާރަޒްވާގޮތަށް ހެދޭ ހުރިހާ ގަވާއިދެއް ބާތިލް ކުރުމުގެ ބާރު ކޯޓްތަކަށް ލިބިގެންވޭ، މަޖިލީހުގެ ގަވާއި މިމާއްދާއިން އިސްތިސްނާވާކަމަކަށް ގާނޫނުއަސަސީގެ އެއްވެސް މާއްދާއަކު ލިޔެވިފައި ނުވޭ.

    16
    1
  6. ޕޮގުބާ

    ރިޔާސީ އިންތިހާބަށްފަހު ސުޕަމެޖޯރެޓީއެއް ނޯންނާނެ ރަށްޔިތުންނޫނެނޭބުމީ އެމްޑީޕީއަށާ އިބޫސޯލިހުއަށާ ސުޕަމެޖޯރެޓީއަށް ރަށްޔިތުންގެ ތާއިދު ގެއްލުނީމަ މަޖިލީހުގެ ބޭނުމެއްނެތް މިހާރ ވެރިކަންކުރަނީ ޕީއެމްސީ

    11
    1
  7. ޖާނޭ

    ކަލޭނިކަން އެކަން ކޮށްބަލަ މިހިރަ ގަމާރު ބޮންޑާ. ލާހިކު ކުޅަދާނައެއްނޫން. ކަލޭމެންނެއްނޫންތަ ގަނެލައިގެން ފައިސާކޮޅުހިފައިގެން އަންބޮނޑިއަށްލައިގެން ތިތެޅޭނީ. އިންޑިއާއިން ލައްކަ ޑޮލަރު ނަގައިގެން. ކަލޭހީނުކުރާތި ބާރުހުރީ ތިމަންނަގެއެޭ

    8
    2
  8. އަހަ

    އަހަރެމެން ދާއިރާއަކު މެންބަރެއް ނެއް. އެހެން ވިޔަސް އެގޮނޑިވެސް ލާން ޖެހޭނީ. އިން ބާރުކޮޅުވެސް ކަޓުވާލަން ތިއުޅެނީ.

  9. ހުސެން

    ތިޔަ މަޖިލީހަކުންވެސް ވަނީ ރައްޔިތުންގެ ކަރާމަތަށް އަރާގަނެފަ

    11
    1
  10. Anonymous

    ލިބުނު އެތިކޮޅު ގެއްލިގެންނާއި ނުޙައްޤުން ހޯދި މަންފާތައް ބަލާނފިޔަވަޅު އަޅާނެތީ ރޯމަހެއްހެން ތެޅި ބާލަނީ

  11. Anonymous

    ޤަވާއިދު އެގޮތަށް ހެދުމުން 35000 ރައްޔިތުންގެ ޙައްޤަށް އަރާގަނެވުނުއިރުވެސް މަޖިލީހުގެ ރައީސްއަށް ނޭނގުނު.
    މަޖިލީހުގެ މެމްބަރުން ހޮވަން އެބަޖެހޭ 3 މަސް ދުވަހަށްވުރެ ދިގުމުއްދަތެއް އޮތްނަމަ. އެހެންނޫނީ ތަަންދޮރު ނުދަންނަ ބައެއްގެ އަތަށް ބާރެއް ލިބޭއިރަށް މިއީ އިންޑިއާގެ އަވަށެއްކަމަށްވެސް ކަނޑައަޅާފާނެ.

  12. Anonymous

    ހިތަށްއެރިހާ ގޮތަކަށް ކުރަން އޮންނަ ކަމެއް ނޫން. ކަލޭގެ އަމިއްލަ ކުންފުނި ހިންގާހެން އޮތްކަމެއް ނޫންވީމާ ޤާނޫނު އަސާސީގައި އެކަން ކުރެވޭނެ ގޮތް ބަޔާންކޮށްފަވަނީ.

  13. ސަރަފަކައްދަ

    މެމްބަރުންގެ ގޮތުގައި ތިބި މީހުން ވަޒީރުކަން ލިބުމުން ގޮނޑި ދޫކޮއް ދިއުމަކީ އެވެރިން ކޮއްފައިވާ ޙުވަ އާއި ޙިލާފު ކަމެއް. ފުރަތަމަ މިކަން ސްޕްރިމް ކޯޓުން ބަލަންޖެހޭ ކަމަށް ދެކެން ރައްޔިތުން ނަށް ދޯކާ ދީފައި ދިޔައީ! 5 އަހަރުގެ ޙުވައެއް ކޮއްގެން ތިބެ ރައްޔިތުން ނަށް މަކަރާއި އޮލުވާލުން އޮލުވާލީ! މިކަން ބެލެން ޖެހޭނެ ކަމަށް ދެކެން.

  14. އުސްމާން

    މޮޔަނުގޮވާ. މަޖްލީހުގަ ކަލޭމެން އުޅުނީ ރައްޔިތުންގެ ސުޕަމެޖޯރިޓީއިން ހޮވި ރައީސްވައްޓާލާ ރައްޔިތުންގެ ހައްގަށް އަރައިގަންނަނ