ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތެއް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ނޭނގޭނެ ކަމަށާއި އެ ބާރު އެކޯޓަށް ލިބިގެންނުވާ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން، ކޯޓުން ނިންމާފައިވާ ނިންމުމާއި ބެހޭ ގޮތުން މެމްބަރުންނަށް ބަހުސް ކުރައްވަން ހުޅުވާލަމުގެ ކުރިންނެވެ.

މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި، އެވަގުތު މަޖިލީހުގައި ދެމިތިބި ޖުމްލަ މެމްްބަރުންގެ އަދަދަށް ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ. އަދި މި އިސްލާހު ގެނައި ގޮތަށް މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގައި ބޭއްވި ޖަލްސާގަ އެވެ.

އެކަމަކު އެ އިސްލާހުގައި މަޖިލީހުގެ ޖުމްލަ މެންބަރުން މި ލަފުޒަށް ދީފައިވާ މާނަކުރުމަކީ ގާނޫނުއަސާސިއާ ހިލާފު ނިންމުމެއް ކަމަށާއި އެ އިސްލާހު ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހުގެ މައްޗަށް ދައުލަތުގެ ބަންޑާރަނައިބު ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ ގަވާއިދު ނަންބަރު 49 ވަނަ މާއްދާއަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށުން ފަސްކުރުމަށް ސުޕްރީމްކޯޓުން މި މަހުގެ އަށް ވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.

މިކަމާ ގުޅިގެން އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރެއް، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުއްވާފައިވާއިރު، މިއީ މައްސަލަ ބެއްލެވުމެއް ނެތި އަދި އެއީ ގާނޫނުއަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ނެރެފައިވާ ކޯޓު އަމުރެއް ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން މި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިދެއްވުމަށް އަޅުގަނޑު އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ހުޅުވާލަން." އޭނާ ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ކޯޓުގެ އަމުރަށް އަމަލު ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންދެން، މަތީ ކޯޓުގެ އަމުރަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު ކޯޓު އަމުރާ އެއްގޮތަށް ޖުމުލަ އަދަދު ކަނޑައެޅުމަށް ނިންމި ނަމަވެސް ކުރިއަށްދާނީ މަޖިލީހުން ނިންމާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން އެއްވެސް މުއައްސަސާއަކުން، އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލީސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ނިންމަވާ ގޮތެއްގެ މަތިން،" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން ގާނޫނުއަސާސީގައި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ގާނޫނުއަސާސީގައި އޮތީ ޖުމްލަ މެމްބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެމްބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުއިއްޒު ސަރުކާރަށް ވަޑައިގަތުމަށް ހަތް މެމްބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސްފައިވެއެވެ. މަޖިލިހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައެވެ. އެއީ 80 މެމްބަރުންގެ ގޮތުގައި ވަނީ ގަވައިދުގައި ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މަޖުލިސް ހިންގާނީ މަޖުލިސް ހިންގާ ޤަވާޢިދާ އެއްގޮތަށް! އެގޮތަށް ތޯ މަޖުލިސް ހިނގަނީ؟ ސްޕްރީމްކޯޓުން މަޖުލިސް ހިންގަންވީގޮތެއް ނޫން ބުނީކީ! ސްޕްރީމްކޯޓުން ބުނީ ތިޔަ ހާވާއެތި ނުހާވާ ތިބޭށޭ! އެއީ ދުސްތޫރާ ޚިލާފް ހޭވުމެކޭ! ސާފްވެއްޖެކަމަށް ހީކުރަން

    79
    5
  2. ކާޅު ބާޒު

    މަޖިލިސް އެބަ ހިންގޭތަ... ތިޔައީ ޓެރަރިސްޓް ޖަމާއަތެއް...

    73
    4
  3. ހެހެ

    އެހެންވިއްޔާ 19 ވަނަ މަޖިލިސް މެމްބަރުން 2023 ގައި ރައްޔިތުން ހޮވި ރައީސްގެ ނިންމުންތަކަށް އަމުރެއް ނުކުރެވޭނެ ! އަދި ރައީސް އައްޔަންކުރާ ވަޒީރުން ވަކިވެސް ނުކުރެވޭނެ

    69
    4
  4. އަސްލަމް އިސްތިއުފާ

    ރައީސްކަމަށް ހުންނަންވީ ކާކުކަން މަޖިލީހަކަށް ނޭނގޭނެ، އެކަން ނިންމާފަ އެއޮތީ ރައްޔިތުންގެ ވޯޓުން. ބާގީ އަސްލަމް ސައިޒް އޮޅިގެން ނޫޅޭ

    77
    4
  5. ގާނޫނު

    ޤާނޫނު މާނަކޮށްފައި ގަވާއިދު ހެދުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއް ނޫން. ގާނޫނު މާނަކުރާނީ ކޯޓުން. ކޯޓުން ގާނޫނު މާނަކޮށްފައި އަންގަންދެން ކެތްކުރޭ. މިހާރު ތިއުޅެނީ ޗާޓުން ބޭރުގައި. ޗާޓުން އެތެރެއަށް ވަދެ ގާނޫނުއަސާސީގައި އޮތްގޮތަށް މަޖިލިސް ހިންގުމަކަށް ހުރަހެއް ނެތް.

    65
    1
  6. ހުވަދު

    ސަރުކާރުން ކަންތައް ކުރަންވީގޮތެއް މަޖްލީހަކަށްވެސް ނޭންގޭނެ.

    65
    1
  7. އަމުރު

    ރައްޔިތުންގެ މުޅި މަޖިލީހަށް ވިޔަސް، އަދި ވަކި މެންބަރަކަށްވިޔަސް ޝަރުޢީ ކޯޓުތަކުގެ ހުކުމްތަކާއި އަމުރުތަކަށް ތަބާވާންޖެހޭނެ. އަމުރަށް ތަބާނުވާނަމަ ދެން އޮންނާނީ ޝަރުޢީ ޙުކުމް ތަންފީޒުކުރަން ޝަރީއަތުން އަމުރުކުރާ ގޮތަަކަށް އެކަން ތަންފީޒުކުރުން. ދުސްތޫރީ ކޯޓަކުން ޝަރުޢީ އަމުރެއް ނެރެފިނަމަ އެ އަމުރު ތަންފީޒުކުރާނެ ބާރުތައް މިގައުމުގައި ގާއިމުވެފައި އޮންނާނެ. އެކަމަކަށް އެބާރުތައް ޖެހިލުމެއް ނުވާނެ. މެންބަރުން އިހަށް ހަމައިގައި ތިބެން ދަސްކޮށްގެން ހަމައިގައިތިބޭތި.

    51
    2
  8. އަޙުމަދު

    ސްޕްރީމް ކޯޓުން އެ އޮތީ ޢަމުރު ކޮށްފައި، ތި ވިދާޅުވާ ގާނޫނީ ބާރު މަޖިލިހަށް ލިބިގެންވާނަމަ، ނިކަން މަޖިލިހަށް ފެންނަ ގޮތައް ހިންގާލަން ވީ ނޫންތޯ؟

    46
    1
  9. ޢަހު

    ސްޕްރީމް ކޯޓޫން ވަކިގޮތެއް ކަނޑަ އަޅަން ދެން އެ ގަވައިދަށް ޢަމަލު ކުރުން ފަސ ކުރަން އަމުރެއް ނެރުނީއެހެންީ ތިތެޅި ބާލަނީވެސް ގަވައިދާ ޚިލާފަށް ސްޕްރީމް ކޯޓަކީ އެންމެ ފަހުބަސް އިއްވާ ކޯޓް

    47
    1
  10. ކަޅު ހުއްތު

    ތިގޮތައް ގޮއްމުށުބާރު ދައްކާފައޭ ފްލެޓްތައްވެސް ނުދޭށޭ އޭސީސީން އަންގާފައޮއްވަ މަވަރުބައެއް ނެތިގެން ގެދޮރު ފަޒުނާގެ ލިސްޓައް ފްލެޓްތައްވެސް ބަހާލީ. އޭރު ތިފްލެޓްތަކުގެ ދަޅައިގަޖެހިގެން އޭރުގެސަރުކާރައް ވޯޓުދިން މީހުން މިހާރުއެއުޅެނީ ހަމަނިދި ނުނިދާ ނުވިތާކައް އެއްޗެއްނުކެވެ، ނުބޮވެ. ނިދީގަވެސް ގޮވެނީ ފްލެޓްގެ ވާހަކަ. މާކްސް ހޯދިގޮތް ސިއްރު.

    29
  11. ޖޫނީ

    ތިޔަކުރަނީ ސްޕްރީމް ކޯޓަށް މަލާމާތެވެ.ޖެއްސުމެވެ ކަށީގައި ހިފާފައި ހުރިކަމެއް ރަނގަޅެއް ނުވާނެތާއެވެ.

    37
  12. ކިޔު

    ސްޕްރީމް ކޯޓަށް ގޮންޖަހަން ދިމާކުރާ ހިސާބުން އެ ގޯސްވީ. ކޯޓަށް އިހްތިރާމްކުރަން އެނގެންވާނެ.

    35
  13. ހުސެން

    ތިހެން ގަދަފައި ވިއްދަނިކޮށް ކޯޓުން މަޖިލިސް އުވާލާފާނެ ބޭބީސް

    34
  14. ޔަޤީން

    ލާދީނީ މީހުން މސަރުކާރުން ދީނީ ކަންކަމަށް ސަމާލުކަން ދޭތީ ލާދީނީ މީހުންގެ ހިތަށް ތަދުވާނެ.ޢިލްމެއްނެތުމުން ޖާހިލުވާނެއެވެ.މިސަރުކާރުދާނީ ބާރަށް ކުރިޔަށެވެ!

    33
  15. އަސްލަމޫ

    ތިހެން ތިކަންވާނަމަ ވަޒީރުންނަށް ރުހުންނުދީ ސަރުކާރާ ވެސް ނުކުޅެެ ތިބެބަލަ.

    29
  16. ހަސަންޓޭ

    ތިޔައުޅެނީ މާމައްޗައް އަރަންވެގެން ކަލޭމެންނަކައް ކޯޓުގެއަމުރައް ގޮންނުޖެހޭނެ އެންމެފަހުބަސް ބުނާނީ ކޯޓުން ކޯޓުގެ އަމުރައްޖެހޭނީ ކިޔަމަންވާން މައިތިރިވޭ

    33
  17. އަހަ

    އެހެންވީމަ މަޖިލީހައްވެސް ނުބުނެވޭނެ ސަރުކާރު ހިންގާނެ ގޮތެއް. ސަރުކާރަށް ނަގާނެ ބަޔަކާ ވެރިޔާ އަޒުލް ކުރުން ވެސް.

    22
  18. އަބްދޫ

    ގާނޫނުއަސާސީގަ މެމްބަރުންގެ އަދަދު ކަނޑައަޅާފަ ވަނީ މީހާއަކަށް ނޫން . ގާނޫނުއަސަސީ ލިއުނު އިރު މެމްބަރުންގެގޮތުގަ އެކަކުވެސް ނެތް 87 އިލެކްސަނުންކަނޑައެޅި އިރަކު އެއްވެސް މީހަކު ނެތް 87 މެމްބަރުން ކަނޑައރެޅުމަށް ފަހު 87 މީހަކު އިލެކްސަނުން އިންތިހާބު ކުރަނީ ވީމާ މެމްބަރު ކިޔަނި މީހާއަކަށް ނޫން މަގާމަށް. ގާނޫނުއަސަސީގަ މެމްބަރު ބަޔާންކޮށްފަ ވަނީ މަގާމަށް . ގާނޫނުއަސަސީގެ 71 ވަނަމާއްދާގަ ބުނަނީ ކޮންމެ 5000 އަކަށް މެމްބަރެއް.އޭގެ މާނަޔަކީ ކޮންމެ 5000 އާބާދީއަކަށް މީހަކު އިންތިހާބު ކުރުމަށް މަގާމެއް ހެދިފަ އޮންނާނެ ކަމަށް. މަޖިލީހުންފާސްކުރާ ގާނޫނުތަކާއި ގަވާއިދު ތަކާއި ސަރުކާރުގެ އޮފީސްތަކުން އާންމުކުރާ ގަވާއިދުތައްވެސް ބަލާ ގާނޫނުއަސާސީއާ ހިލާފު ވާނަމަ ބާތިލް ކުރުމުގެ އިހްތިޔާ ރާއްޖޭ ކޯޓްތަކަށް ގާނޫނުއަސަސީން ލިބިދީފައިވޭ. ގާނޫނުއަސަސީ ބުނާގޮތުން ބަޔަކު ހުށަނޭޅިޔަސް ސްޕްރިމްކޯޓާއި ހައިކޯޓުން އަމިއްލަ އަށް ބަލާ ސަރީއަތް ހިންގާ ބާތިލްކުރެވޭނެ. ގާނޫނުއަސަސީގަ ބުނާ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ ބޭނުމަކީ ރައޔިތުންނަށް އިންސާފު ހޯދުމަށް ސަރީއަޔތް ހިންގައި ނިޔާކުރުމާއި މަޖިލީހުންފާސްކުރާ ކުރުންތައް ގާނޫނުއަސަސީއާއި ހިލާފުވޭތޯ ބެލުމާއި ހިލާފުވާނަމަ އެކަންކަންރަނގަޅުކުރުމާއި ވެރިކަންހިންގާފަރާތުން ނެރެއަމުރުތަކާއި އޮފީސްތަކުން ހިންގާކަންކަން ބަލާ އަޅްންޖެހޭފިޔަވަޅިއެޅުމާއި ބާތިލްކުރަންޖެހޭކަންކަން ބާތިލްކުރުމާއި މިހުރިހާކަމަކީ އިސްތިއުނާފީ ކޯޓްތަކަށް ލިބިފައިވާ ގާނޫނީ ހައްގެއް.މިހުރިހާކަމެއް އަމިއްލަ އިހްތިޔާރުގަ ސްޕްރީމްކޯޓުންހިނަގާބެލޭނެ. ސްޕްރީމްކޯޓަށް ބަޔަކު ހުށަނާޅަނީސް އެއްވެސްކަމެެއް ނުބެލޭގޮތަށް މަޖިލީހަށް ކުރީސަރުކާރުން ހުށަހެޅައި ފާސްކޮށްފައިވާ ގާނޫނު ން ވަނީ ގައުމުގެ ފަނޑިޔާރުންގެ ވާޖިބަށް ހުރަސްއަޅާއަޅާފައި ކަމަށް ބެލެވިދާނެ.

    17
    2
  19. ޜައްޔިތުމީހާ

    އަސްލަމައް ސުވާލެއް. އަވައްޓެރިގައުމަކުން އަންގާހާގޮތަކައް މަޖުލިސްހިންގޭތޯ

    27
  20. Anonymous

    ޤާނޫނު އަސާސީއާ ޚިލާފަށް ހަދާ ކޮންމެ ޤާނޫނު ނުވަތަ ޤަވާއިދެއް ބާޠިލުކުރުން އަދި ދުސްތޫރު މާނަ ކުރުމުގެ އަޞްލީ އިޚްތިޞާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް.
    އެފަދަ ހުށަހެޅުމެއް ހުށަހަޅާފިނަަމަ އެކަން އެގޮތަށް ބެލުމަށްފަހު ޤާނޫނު އަސާސީއާ ޚިލާފުނަމަ އެކަމަށް ގޮތެއް ކަނޑައެޅުމުގެ ބާރު ސ.ކޯޓަށް އެބައޮތް.
    ކޯޓުގެ ޙުކުމަށް އަދި އަމުރަށް ތަބަޢަނުވާނެކަމަށް މަޖިލީހުގެ ރައީސް ބުނި ނަމަވެސް އެވާނެ ކޯޓު ޙުރްމަތް ކެނޑުންކަމަށް. އެކަމަށް ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓަށް ގޮވާލަން

    26
  21. Anonymous

    މަޖިލީހުގެ ރައީސްކަމަށް ކުފޫ ހަމަނުވާކަން އެނގެނީ. ޤާނޫނު އަސާސީއާ ޚިލާފަށް ކަމެއް ކުރުމުގެ ބާރުވެސް މަޖިލީހަށް . ލިބިގެންނުވެ

    22
  22. ބަދަވި

    1.ގައުމު ހިންގަންވީގޮތެއް މަޖިލީހަކަށް ނޭންގޭނެ
    2.މުއިއްޒު ވެރިކަން ކުރަންވީ ގޮތެއް މަޖިލީހަކަށް އަދި އެމްޑީޕީ އަކަށްވެސް ނޭންގޭނެ
    3.މުއިއްޒު ވަޒީރުންނަށް އައްޔަން ކުރަންވީ ބަޔަކުވެސް މަޖިލީހަކަށް އަދި އެމްޑީޕީ އަކަށްވެސް ނޭންގޭނެ

    32
    0
  23. ޒަމާން

    ކަލޯ މިދިޔަ 5 އަހަރު ހަދާން ނެތިފަ ހުރި ހާދަ ކަމެއް އެބަ ނިންމައޭ ރައްޔަތުންނަށް ވަނީ ކޮން ފައިދާ އެއް.

  24. އަބްދޫ

    ގާނޫނުއަސާސީން ބާރު ބަހާފަ ހުރިގޮތް އެކި ކުށްތައް ތަހުގިގުކޮށް ޕީޖިއަށް ހުށަހެޅުމުން ސަރީއަތަށް ހުށަހަޅައިގެންނާއި އމިއްލަފަރާތްތަކުން ކޯޓްަށް ހުށަހަޅާ މައްސަލަތައް ދަށުކޯޓުން ނިމުނު ގޮތް ނިމުނުގޮތް ހިތްހަމަ ނުޖެހޭނަމަ ހައިހޯޓޮ ގައާއި ސްޕްރީމްކޯޓްގަ އިސްތިްުނާފަ ކުރުން .ވަޒީފާގެ މައްސަލަތައް ޓްރއިބިއުނަލުން ނިންމުމުން ހިތްހަމަނުޖެހޭނަމ ހައިކޯޓޤގައާއި ސްޕްރީމްކޯޓްގަ އިސްތިއުނާފް ކުރުން . އެކިއެކި މިނިވަން މުވައްސަސާތަކުން ނިންމާނިމްނުންތަކުން ރައްޔަތަކަށް ހައްގުގެއްލިފައިވާކަމަށް ފެންނަހިނދު އިސްތިއުނާފީ ކޯޓްތަކަށް ހުށަހެޅުން ރައޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ގަވާއިދުތައް ގާނޫނުއަސަސީއާއި ހިލާފުވާނަމަ ނުވަތަ ގާނޫނާއި ހިލާފު ވާނަމަ އެ ހިލާފުވާ މިންވަރެއް ސްޕްރީމްކޯޓުގެ އަމިއްލަ އިހްތިޔާރުގަ ބަލާ ތައާރަޒްވާމިންވަރެއްބާތިލްކުރުމާއި އަމުރުނެރުން. ރައީސުލް ޖުމްހޫރިއްޔާ ނެރުއްވާ އަމުރު ނުވަތަ ސަރުކާރުގެ އޮފީހަކުންނެރޭ އަމުރެއް ގާނޫނުއަސަސީއާ ހިލާފުވާނަމަ އެކަން ހައލުކުރުމާއި އަމިއްލަ ފަރާތެއްގެ ހައްގު ގެއްލޭކަމަށް ފެންނަހިނދު އެފަރާތަކުން ކޯޓް ތަކަށް ހުށަހެޅުމާއި މިހުރިހާކަންތައްތައްބަލާ ހިންގުމު އިހްތިޔާރު އެކޯޓަކަށް އިހްތިޔާރު ލިބިފައިވާ މިންވަރަކަށް ކުރިޔަށް ގެންދިއުން ކޯޓްތަކަށް ލިބިގެންވޭ.

  25. ވިސްނާ

    ތިޔަ މަޖިލީހުގައި ތިބީ ފާޅުގައި ރައްޔިތުން ނޫނެކޭ ބުނި ރައީސަށް ތާއީދުކޮށް ކެމްޕޭންކުރިމީހުން. މިހާރު ތިޔަ މަޖިލީހުގެ ލެޖިޓިމަސީއެއް ނެތް މިހާރުގެ ރައީސް ވަކިކުރުމުގެ. ތެޅިތެޅި ތިބެންޖެހޭނީ. ރ ބޭނުމިއްޔާ ތިޔަ މަޖިލިސް އުވައިވެސް ލެވިދާނެ. ހަޑިކޮށް ކަންކުރަންޏާ ތާހިރުކޮށް ނުތިބެވޭނެކަން ދަންނާތި.

  26. ކާސިންބެ

    ރަނގަޅު ވާހަކައެއް