ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބެލުމަށް ސުޕްރީމް ކޯޓުން ނެރުުނު އަމުރަށް ތަބާނުވާން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ގެނެސްފައިވާ ތިން އިސްލާހު ވެސް ބާތިލު ކޮށްދިނުމަށް އެދި މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގަ އެވެ. ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން އިސްލާހުތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށެވެ. އެކަމާއި ގުޅިގެން މިއަދު މަޖިލީހުގައި ވަނީ އެއަމުރަށް އަމަލު ކުރާނެތޯ ނުވަތަ ނޫންތޯ ބަހުސް ކޮށްފައެވެ.

މި ބަހުސްގައި ބައިވެރި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެއަމުރަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މައްސަލައިގެ ބަހުސް ނިންމައި ވޯޓަށް އެހުމުން 45 މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށް ވޯޓު ދެއްވާފައެވެ. އެ މެމްބަރުން ވިދާޅުވީ، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 މެމްބަރުން ކަމަށެވެ. އަދި ހުސްގޮނޑި އެއްވެސް ގޮތަކަށް ގުނައިގެން ނުވާނެ ކަމަށް ވިދާޅުވެ "އިއްޒަތްތެރި ހުސްގޮނޑި" އަށް ނިސްބަތްކޮށް ވާހަކަ ނުދެއްކޭނެ ކަމަށް ގިނަ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވެސް މިއަދު ބަހުސްގެ ކުރިން ވަނީ މަޖިލީހުން އަމަލު ކުރަން ޖެހޭ ގޮތް ސުޕްރީމް ކޯޓަށް ނޭނގޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"އެހެން އެއްވެސް މުއައްސަސާއަކުން، އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލީސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ނިންމަވާ ގޮތެއްގެ މަތިން،" އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ނާފިޒު

    އަމިލަސަރުކާރެއްދޯތިތަނަކީ

  2. ފާލުން

    ހުދުމުހުތާރު ތިވެވެނީ އެއް މުއައްސަސާއައް ދީފަ އޮންނަބާރު ތި ނުގުޅައިގަތީ ވެރިކަމާހެދި މޮޔަވެގެން އިންތިހާބުން ބަލިވީމަ މަޖިލީހުގެ ބާރު ބޭނުން ކޮއްގެން އަދި އެއީ ވެސް މުއްދަތު ހަމަވާން ކައރިވެފައިވާ މަޖިކީހެއް. މިހާރު މަޖިލިސްވަނީ ފާލުންނެއްޓިފައި

  3. ހނހ

    އަހަރެން ހީކުރީ ޔާމީނު ކަމައް އެންމެ ބޮޑައް ވެރިކަން ބޭނުން ވެގެން އުޅުނީ 2018 ވެރިކަން ގެއްލުނީމަ

  4. ސަރަފަކައްދަ

    މިހާރު އެބަ ސައި ބޯލާ ވަރުވޭ!

  5. ޢަބްދުﷲ

    ދެން ފާސްކޮށްބަލަ މަޖިލީސް އުވާ ނުލެވޭނެ ކަމަށް، އެއްވެސް ބާރަކުން.. އަދި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކުރުމުގެ ބާރު މަޖިލިހަށް ދީބަލަ... އޭރުން ތިކިޔާ އަޒުލު ކުރުން ކުރިއަށް ގެންދެވޭނީ.... މި ކިޔާ އެއްޗެއް އެބަ އެނގޭތަ؟؟؟

  6. ސ

    ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށާއި ސުޕުރީމް ކޯޓުގެ އަމުރައް ރައްޔިތުންގެ މަޖިލިސް މިވަނީ ގޮންޖައްސަވައި ގާނޫނަ ހިލާފުވެފައި. މިހާލަތުގައި ގާނޫނޫ އަސާސީއާއި ސުޕުރީމް ކޯޓުގެ ދިފާއުގައި ރައްޔިތުންގެ މަޖިލިސް އުވާލެވިދާނެ. މީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއް.....

  7. މަތަރަސް

    ބަލަ ވެރިކަމާހެދިވެސް އަސްލަމު ދަނަފުކެއްބޮޑުވަރު ރޭގަޑު ހޭލާފައި ދުވާލުނިދީމާވެރިކަން ކުރެވޭނެތަ؟؟ ބަލަ މިއުޅެނީ ވެރިކަންލިބުނުފަހުން ތިންމަސްނުވޭ ވެރިކަމުގެދަހިވެތިކަމުގާ ގައުމުވިއްކާލާ އިންޑިޔާގެ ސިފައިންގުޅާގެން މިގައުމުމަސްވެރިންނައްދުއްޕާންކޮއްހަދާއިރުވެސް ހަމަ ގޮއްރީދޫ ދަޑި ފައިސާކޮލަކައްވިކިފައިބާއޭހިތައްއަރާ އަބަދުވެސް ފައިސާގިނައިން ބޭނުންވާ ބައެއް މެނަބަރުންއެބަތިބި ބުރޯ އަތުންވެސްނެގިކަމައްލިއުންތަކުންދަކާކަމައް ކެރީނަޝީދުވެސްބުނިތަ؟؟އަސްލަމު ނިދިންހޭލާވެރިކަންކުރަން؟

  8. ހަމަ

    ޕަކާސްސްސްސްސްސްސްސްސް..... ކަލޯމެން ހަމައިގަތަ ތި ތިބެނީ. ފެއްސިގެން ދާން އުޅޭ މިތަނުން. ނޮހޮރައްޕާނަކަށް ވެއްޖެ މި މީހުންގެ ކަންތައްގަނޑު.

  9. ސްޕްރީމް

    މަޖިލީހުން ދި ކުޅެނީ ރީތި ކުޅިވަރެއް ނޫން، މަޖިލިހުން ސްޕްރީމް ކޯޓު އަމުރަށް އަމަލު ނުކޮށް، ނިކަމެތި ރައްޔިތުން އަމަލު ކުރާކަށް ނުޖެހޭނެ، މަޖިލީހުން ކަން ކުރާނެ ގޮތް އެނގެނީ މަޖިލިހަށް ކަމަށް ވަންޏާ، ރައީސް ކަންކުރާނެ ގޮތް އެނގޭނެ ރައީސަށް މަޖިލީހަކަށް ނޭނގޭނެ، މަޖިލިސް ގެއަށް ނައްޓާލާ، ގައުމުގެ ހަލާކަކީ އެމް.ޑީ.ޕީ.

  10. އިންސާފު

    ރަޔިތުންގެ މަޖިލީހުގައި ތިބި ހައްދުފަހައެޅި މެންބަރުން
    މަގާމުން ވަކިކުރުމަށް ގޮވާލަމެވެ!

  11. ކޮޔާ

    ކިތަންމެ ވައްތަރެއް ޖެއސިޔަސް ސްޕްރީމް ކޯޓަކާ ނުކުޅެވޭނެ

  12. ހުސެންބެ

    އަސްލަމް އިއްޒައްތެރިމެންބަރު ގަބޫކުފުޅު ކުރަންވަންތޮ އެންމެފަހުބަސްބުނާ ތަނަކީ ގާނޫނީގޮތުންސުޕުރިންކޯޓުކަމައް

  13. ހަސަން ފުތާ

    އަޅެ ދެން އަސްލަމް ދައްރިގާ ކަލޭބޭނުންގޮތެށް ހަދާބަލަ ނިކަން އަހަރުމެން ރައްޔަތުން ބޭނުންވާގޮތަށް ދެން ގެން ދާނަން! ބަލަ ތިގޭތެރޭގަ ތިމަކުނު ގެންގުޅެ ގެންގުޅެ ތިއްބާއޭ އަހަރުމެން ދިވެހިންގެ ރައީސަކު ހޮވީ. ކަލޭކާރިން ޖެއްސުން ކުރުވާކައްނޫން

  14. އާދަނާ

    ރައްޔިތުންނިކުމެ މަޖިލީހުގެ ތިބި އިންޑިޔާ ޕަޕެޓުން ބޭރުކުރަން ގޮވާލަން! މިގައުމަށް ގައްދާރުވާ މެންބަރުން މައިތިރިކުރަން ރައްޔިތުން ނިކުންނަންވީވަގުތުމީ، ވަކިކުލައަކަށް ނުބަލާ ގައުމުގެ ހައްގުގައި ނިކުންނަންގޮވާލަން!

  15. ކިޔު

    ރާއްޖޭގެ އެންމެ މަތީ ކޯޓުގެއަމުރަށް ތަބާނުވާން ނިންމުމަކީ ދައުލަަތުގެ ނިޒާމް ފުނޑުކޮށްލުން. ކޯޓުގެ ހުރުމަތް ކަނޑާލުން.

  16. އަޙުމަދު

    ސްޕްރީމް ކޯޓުގެ އަމުރަކާއި ޚިލާފުވިކަން ނުވަތަ އެ އަމުރަށް ތަބާ ނުވާނެ ކަމަށް އެބުނީ ރައްޔިތުންގެ މަޖިލިހުގެ ތަޅަމުގައި، ސުވާލަކީ މިހާލަތުގައި ސްޕްރީމް ކޯޓުގެ ޢަމުރަކާއި ޚިލާފުވި ފަރާތްތަކުގެ މައްޗަށް ފިޔަވަޅު ނާޅާ ދޫކޮށްލާނެހޭ، ހަމަ އެކަނި ޢާންމު މީހަކު ނުވަތަ ވަކި ފަރުދަކު ޚިލާފު ވީމާތޯ ފިޔަވަޅު އެޅޭނީ؟

  17. އަލީހަނީފް

    ކޯޓަަކުން ނާންގަ މަޖްލިސް ހިންގަންޖެހޭނީ މިގޮތަށޭ ކޯޓުން އެންގީ މެމްބަރުންގެ އަދަދުކަނޑައެޅުން ފަސްކުރަން ޤާނޫނުހަދާމަޖްލިހުގެރައީސް އަސްލަމް މިހާރު ތިޔަހުރީ ކޯޓްގެ ހުރުމަތް ކަޑާލާފަ އެހެންކަމުން މިހާރު ތިޔަހުރީ ކޯޓުގެ ހުރުމަތްކަނޑާމީހާއައް އޮންނަ އަދަބާ ކުރިމަތިލާންޖެހިފަ ކޯޓުގެހުރުމަތްކަނޑާ މީހުންނައް އޮންނައަދަބު މީނައައްވެސް ދިނުނައްގޮވާލަން

  18. މީހާ

    ލަދެއްނެތް އެއްޗިހިތަކެއް. މީ އެންމެ މަތީގަ އުޅޭ ބަޔަކީތަ. ގަދަފަދަކަން ދައްކައިގެން މިއުޅެނީ.

  19. ބުޅާގޯނި

    ދެން އާންމު ރަތްއިތު މީހާ ކީވެތޯ ކޯޓު އަމުރަށް ތަބާވަން ޖެހެނީ މިފަދަ ނާގާބިލު މަޖިލީހެއް ބޭނުމެއްނޫން މަޖިލިސް ސަސް÷ޕެންޓް ކުރޭ

  20. ބުޅާގޯނި މަޖިލިސް

    ދެން އާންމު ރަތްއިތު މީހާ ކީވެތޯ ކޯޓު އަމުރަށް ތަބާވަން ޖެހެނީ މިފަދަ ނާގާބިލު މަޖިލީހެއް ބޭނުމެއްނޫން މަޖިލިސް ސަސް÷ޕެންޓް ކުރޭ

  21. ރައްޔިތުން

    އެމްޑީޕީ ޑިމޮރަސީ ކޮބައިތޯ؟

  22. ހަސަން

    އޯއްނޯ! ޑިމޮކްރެސީގައި ދާޚިލީހަނގުރާމަވެސް ކުރެވޭދޯ! ބާރުތައް މާބޮޑަށް ތިވަކިވީ!

  23. އަހުމަދުު

    ބައްލަވާ ހުސްގޮޑި ނިސްބަތް ވަނީވެސް އެތައް ރައްޔިތުންނެއް އުޅޭ ހަމަ ދިވެހިރާއްޖޭގެ ބަޔަކަށް!

  24. އަބްދޫ

    މިހާރު އެމްޑީޕީ ގައިރުގާނޫނީ ވެއްޖެ .ވީމާ އެމްޑީޕީ އުވާލުމުގެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ފެނޭ، ޕާޓީތަކުގެ ގާނޫނުގަ ބުނާގޮތުން ގައިރުގާނޫނީ ކަންކަން ޕާޓީއަކުން ކުރަންފަށައިފަިނަމަ އެ ޕާޓީ އުވާލުމުމަށް އަމުރުކުރުމުގެ ބާރު ގާނޫނާއި ގާނޫނުއަސާސީންހައިކޯޓަށް ލިބިދީފައިވޭ

  25. Anonymous

    ސުޕްރީމް ކޯޓުން ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމެއް މީ.

  26. ކޮރަކަލި

    ރައީސްގެ ގަރާރަކުން ތިޔަ މަޖިލިސް ވަގުތުން އުވާލާ އޭރުން ތިބޭނެ މާކަނާވަސް ކެވިފަ ހެހެހެ ބުއްދިހަމަނުޖެހޭ ޗޯރުންގެ ވަފުދު.

  27. އަބްދޫ

    އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގަ ހިންގަމުންދާ ގަާނޫނުއަސަސީއާއި ހިލާފު ކަނަކަމުގެތެރޭ 1-ޕަނޑިޔާރުންގެ ބާރު ކަނޑުވައިލިމާއި ފަނޑިޔާރުންގެ މައްޗަށް ނުފޫޒުހިންގުމަށް ފަނޑިޔާރުންނަށް ބިރުދެއްކުމަށް ޖޭއެސްސީ ބޭނުންކުރުމާއި.2 އެއްވެސް ފަރާތަކުން މައްސަލަ ހުށަހެޅުމުގެ ކުރިން ސްޕްރީމްކޯޓުންއަމިއްލަޔަށް އެއްވެސް ކަމެއް ނުބެލޭގޮތަށް ގާނޫނެއް ފާސްކޮށް ގާނޫނުއަސަސީން ސްޕްރީމްކޯޓަށް ދީފައިވާ ބާރާއި ކޯޓްގެ އިހްތިސާސަށް ގެއްލުންލިބޭގޮތަށް ފަނޑިޔާރުން ގެ މަސައްކަތަށް ހުރަސްއެޅުމާއި ،3 މަޖިލީހުގެ ރައީސާއި ނާއިބުރައީސަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްއްޓޭ ހާލަތުގަ ރިޔާސަތު ބެލެހެއްޓުން ގާނޫނުއަސަސީއާހިލާފަށް ވަކި މީހެއްގެ މުށަށްލެވޭގޮތަށް ގަވާއިދު ބަދަލުކުރުމާއި،4 ސްޕްރީމްކޯޓްއަމުރަށް ގޮންޖެހާ އެމްޑީޕީ މެމްބަރުން މަޖިލީހުގެ ތަޅުމު ފާސްކުރުނ.ް މިކަމާހެދި އެމްޑީޕީ އަކީ ގައިރުގާނޫނީ ޖަމާއަތެއްކަމަށް މިހާރު ސްޕްރީމްކޯޓުން ކަނޑައެޅުއްވިދާނެ.

  28. އެސޮރު

    ބުނަން އޮތް އެތި ބޮޑުކަމުން މިވަގުތައް ހިންދާލީ މި.

  29. ޑައެލޯގް

    މަޖިލީހުގައި މިހާރު ނުތިބޭނެ ރައްޔިތުންގެ މެންބަރެއް، ނިކަން ކުރިމަތިލާބަލަ އިންތިހާބަށް %80 މީހުން ނުހޮވޭނެއެވެ. ވީމާ ތިޔައީ ރައްޔިތުންގެ މަޖިލިހެއްނޫނެވެ. ތިޔައީ ފައިސާއަށް ނީލަންކިޔާ ކުންފުންޏެކެވެ.

  30. ޢަލިބިޔާއްކަލޯ

    ޑރ:މުއިއްޒުއަށް ތިމައްސަލަހައްލުކުރަން ވަރައްފަސޭހަވާނެ ބަކަރިކޮޟި ރިޖެކުޓުކޮއްފަ ބަކަރިތަށް ރަޟުތެރެއަށް ދޫކޮއްލީމަ

  31. ާދާމޫ

    ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވާން ނުޖެހޭނީ ގެރިބަކަރިންނަށް އެޤައުމެއްގަ އުޅޭ އިންސީން ޖެހޭނީ އެ އަމުރައް ތަބާވާން!

  32. މޫސް

    ރައީސް ޑރ މުއިއްޒުއަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން، ރައްޔިތުންގެ ބަކަރިކޮށި އުވާލުމަށް، ދައުރުހަމަވީމަވެސް ބަގުޑިބައްދައިގެން ދޫނުކުރަންތިބޭ،

  33. އަހްމަދު

    މަޖިލީހުގެ އަމުރައް ދެންއޮތްދެބާރުން ތަބާނުވީމަހުރިހާކަމެއްނިމުނީނު މަޖިލިސްދައުރު 20 އަހަރަށް ދަންމާލީމަ އެންމެރަނގަޅުވާނީ އަސްލަމުގެ އެކަހަލަ ވިސްނުމެއްނެތްތޯ

    1
    1
  34. ކޮވިޑް

    އެހެން ވިއްޔާ ރައީސް ވެރިކަމުން މަޖިލީހުން ވަކިކުރަން ނިއްމިޔަސް އެކަން ޤަބޫލް ކުރާކަށް ނުޖެހޭނެތާ؟ ވަރައްސަޅި.

  35. އެދުރު

    އެއްވެސް އާއްމު ރައްޔިތަކު ތިޔަ މަޖްލީސް އިންތިހާބުގައި ވޯޓު ނުލާންވީ.. ތިޔައީ ހޮވަން ކަމުދާ އެއްޗިއްސެއް ނޫން... ތޔައްވުރެ ހުސް ފުޅިޔާއި ދަޅު ހޮވުންވެސް މާ ފައިދާ ބޮޑު ވާނެ.. އަމިއްލަޔަށް ގާނޫނު ހަދާފަ އެ ގާނޫނު ތިމަންނާމެންގެ މައްޗަށް ނުނހިގާނެޔޭ ބުނީމަ އެދެން ބޮޑުވަރު ދޯ.. ގަބުރުގެ ތެރެޔަށް ދާހިނދު ނަކީރު މުންކަރު ސުވާލު ހުށައޅުމުން ބުނެވޭނެ ބާ ތިމަންނަ މީ މަޖްލީސް މެންބަރުކަން ކޮއްފަ ހުރި މީހެކޭ، ތިޔަ ސުވާލުތައް ތިމަންނައާ ނުކުރެވޭނެޔޭ..

  36. މަޖިލިސްމީހާ

    ކިތައްމެ މަދު ދުވަސްކޮޅަކަށްނަމަވެސްް މިރާއްޖޭގެެ ރައީސުލްޖުމްހޫރިއްޔާގެ عزة ތެރި ގޮނޑިކޮޅުގައި އިނދެވުނަސްް عزة ތެރި މަޖިލީހުގެ عزة ތެރި رئيس ގެ އެދުން حاصل ވީއެވެ. �

  37. އިންޑިޔާއައުޓް

    ފެންނެތް ތަނެއްގައި ތެޅެންވެއްޖެނަމަ ހުނބުޅު ދާނީ

  38. ކަދުރޭ

    ސްޕްރީމު ކޯޓެެއް އޮންނަން ވާނެ ކަމައް ނިއްމީ އިއްޒަތް ތެރި މަޖުލިހުން. ރައިއްޔަތުންގެ ބާރު ވެރިކަން ދައްކުވާ ދޭތަނަކީ އިއްޒަތް ތެރި މަޖުލިސް. ސްޕްރީމް ކޯޓުގެ ބާރު ވެރިކަން އޮންނަން ވާނެ ހުދޫދު ކަޑަ އަޅަނީ އިއްޒަތް ތެރި މަޖުލިހުން.

  39. ޔ

    ހެހެހެހެހެހެ ހުސްބުޅީގަ ކޭމަ ތިހެން އުޅޭނެ ކަޑަވާނެ

  40. ޔާޔާ

    އިއްޒަތްތެރި ގަޅިން އެއްލައްކަ މަހަކު ކާލައިގެން ހެހެހެހހެހެހހެހެ

  41. އަލިބެ

    ސްޕްރީމް ކޯޓްގެ އަމުރަށް ތަބާނުވުމަޢި އަމަން އަމާން ކަން ގެއްލިދާ ނިންމުން ނިންމާފައިވާތީ ތިޔަ ވޯޓް ދެއްވި މެމްބަރުންގެ ގޮނޑި ގެއްލިޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އަދި އިތުރު 1 އަހަރު ގެ ޖަލު ހުކުމް ދީފި ނަމަ މެމްބަރުކަމާއި ކުރިއަށް އިންތިޚާބް ގައި ބައިވެރި ވުމުގެ ފުރުސަތުވެސް ގެއްލިދާނެ ތޯ؟ މަމީ ސްޕްރީކޯޓް ނަމަ މިހާރު ޙުކުމް ކުރީމު.

  42. 111

    މަޖިލިހަކި ބަޔަކު ބެނުންހަ ގޮތަކަސް ގިންގަން އޮތް ތަނެއް ނުން.
    ހައްދުން ނައްތަންނަ ސައިޒުކުރެވެނެ ގޮތް ހުންނަން ޖެހެ. ސުޕްރިމް ކ އެ ހުރި އެ ބެނުމައް.
    ސައިޒު އޮލިގެން އުލުމަވައްތަރި

  43. ފޭރޭ

    ކޯޓުން ކަންކަން ނިމާއިރު ޒިންމާދާރު ކަމާއެކު ކުރާނަމަ މިއަދު މިޔަހެނެ ނުވާނެ
    ނެތް އެއްޗެއް ހުރިކަމަށް ބަލާނެ ގޮތެއް ނޭގޭ

  44. އަބްދޫ

    ރައޔިތުންގެ މަޖިޅިހުގެ އެމްޑީޕީ މެމްބަރުން ސްޕްރީމްކޯޓްގެ ހުރުމަތް ކަނޑާލުމުގެ ސަބަބުން އަލަންޖެހޭ ފިޔަވަޅެއްގެގޮތުން ވޯޓްދެއްވި ހުރިހާ މެމްބަރުން 1 އަހަރާ 6 މަހަށް ޖަލުގަ ހައްޔަރުކުރުމަށް ހުކުމް ކުރުމުގެ ބާރު މިހާރު ސްޕްރީމްކޯޓަށް ލިބިގެންވޭ. މަޖިލީހުގެ ރައީސް 5 އހަރަށް ޖަލަށް ލުމަށް ވެސް.

  45. ރީން

    03 ބާރުން ކުރެ ކޮންމެ ބާރަކުންވެސް މަަސައްކަތް ކުރަންވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީޢާއި ޤާނޫނުތަކާއި ޚިލާފު ނުވާނޭ ގޮތުގެ މަތީންކަން އެއީ ކޮންމެރައްޔިތަކަށް އެނގޭ ޙަޤީޤަތެއް.
    މިޤައުމަކީ ޖަންގަލީގެ އުޞޫލަށް ޢަމަލު ކުރާ ޤައުމަކަށް ވެއްޖެނަމަ މިޤައުމުގެ މިނިވަންކަމަށް ބުރޫޫ އަރައިދާތަން އައުމަކީވެސް އެކަށީގެންވާކަމެއް. ވީމާ....މިކަންކަމަށް ރައްޔިތުން ހޭއަރާތިބުން ވަރަށް މުހިންމު