އިންޑިއާ އައުޓްގެ ވާހަކަ ދެއްކުމާއި ބެހޭ ގޮތުން އަނގަތައް ފަހާލާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އާ ޕާޓީ ޕީޕަލްސް ނޭޝަންސް ފްރޮންޓް (ޕީއެންއެފް) އިން މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގެ ޕޯޑިއަމަށް އެރި ބައެއް ބޭފުޅުންނާއި ވާހަކަ ދައްކަވައި ކުރެއްވި ސުވާލެއްގެ ތެރެއިން ޔާމީން ވިދާޅުވީ އިންޑިއާ އައުޓްގެ ވާހަކަ ދެއްކުމާއި ބެހޭ ގޮތުން އަނގަތައް ފަހާލާފައިވާ ކަމަށެވެ. އަދި ހުރިހާ ހަރަކާތެއް ހުއްޓުވާލާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މަދަނީ ކޯޓުގައި މީގެ މައްސަލައެއް އެބަ ހިނގާ، އެހެން ނަމަވެސް މި ސަރުކާރުން މަދަނީ ކޯޓުގައި އޮތް މައްސަލަ އަވަސް ކުރަން އެއްވެސް ކަމެއް ނުކުރައްވާ. ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ނުނެރޭނެ ގަރާރެއް ބާތިލް ކުރައްވާކަށްވެސް މަސަައްކަތް ނުކުރައްވާ، އެކަމާ ގުޅޭގޮތުން ސުވާލު ކުރީމަ އެއީ ގައުމީ ސަލާމަތާއި ގުޅޭ މުހިންމު ކަމަކަށް ވާތީ އެކަމާއި ބެހޭ މައުލޫމާތެެއްވެސް ދެއްވާކަަށް ބޭނުމެއް ނުވޭ،".

އޭޕްރީލް 21 ވަނަ ދުވަހު ސޯލިހް ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.

ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާތީ ޤަރާރެއް ނެރުއްވީ ކަމަށް ރައީސްގެ ޤަރާރުގައި ވެއެވެ.

ޔާމީން މިރޭ ވިދާޅުވީ، ގައުމީ ބޮޑު ކަމެއް ކުރަނަމަ ނޫނީ ގައުމަށް ދިމާވެފައި އޮތް ބޮޑު ކަމެއް ރައްޔިތުުން އެދޭ ގޮތަށް ފުއްދަން ބޭނުން ކަމުގައިވާނަމަ އެޅޭ ފިޔަވަޅުތައް ދާންވާނީ އެއް މިސްރާބަކަށް ކަަމަށެވެ. މިހެން ވިދާޅުވި އެމަނިކުފާާނު ފާހަގަކުރެއްވީ އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައިގެ ވާހަކައެވެ.

"އިންޑިއާ ސިފައިން ބޭރު ކުރާ ވާހަކަ، އަޅުގަނޑުމެންނަށް އަޑު އިވިގެން ދިޔައީ ވަރަށް އަވަސް މުއްދަތެއް ދެއްވާފައި، މިހިސާބުން އިންޑިއާ ސިފައިން ފައިބަން އެއްބަސްވެއްޖެޔޭ، ދެން އިވުނީ އިންޑިއާ ފަރާތުން ތިކަހަލަ ވާހަކައެއް ނުދެއްކޭ،".

އަދި އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މި ސަރުކާރުން ވިދާޅުވާ ކަމަށްވެސް ޔާމީން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން މިހާރު އިވެނީ އިންޑިއާ ސިފައިން ބާލާ ވާހަކަ ދެއްކުމަށް އަނެއްކާވެސް ދާ ވާހަކަ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގައި އޮތް އަސްކަރީ ހެލިކަޕްޓަރުތައް ރައްޔިތުންގެ ހިދުމަތުގައި އާއި ސިއްހީ ދާއިރާއެއްގެ ހިދުމަތުގައި މަދަނީ ހެދުމުގައި ތިބެގެން ދުއްވަން މިހާރު ކަމުގޮސްފައިވާ ކަަމަށެވެ.

"ޝަމީމްގެ ވިސްނުންފުޅުގައި ގަބޫލުފުޅު ކުރެއްވޭތޯ އަސްކަރިއްޔާގެ އުޅަނދު ފަހަރު ގެނެސް ލާފާނެ ކަމަށް ގަަބޫލު ކުރެވޭތޯ، އަޅުގަނޑަށް ގަބޫލު ކުރެވިގެން މި އުޅެނީ މިކަން މިހެނެް ނުުވާނެއޭ، އަސްކަރީ މީހުންނޭ، އަސްކަރީ މީހުން ޕްލޭން ކްލޯތުގައި އުޅެފާނެ. އެގޮތަށް މި ދަނީ.".

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، މި މަސައްކަތަށް "ހައި ލެވެލް ކޮމިޓީ" އެއް އުފައްދަވާ ދެ ބައްދަލުވުމެއް މިހާރު ވަނީ ބާއްވާފައެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، ސަރުކާރުން ވަރަށް ފަހުން ބުނި ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން އެބަތިބިއެވެ.

ރައިސް މިކަމާއި ގުޅޭގޮތުން އެންމެ ފަހުން ވިދާޅުވީ، އެެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަކީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަން ޔަގީން ކުރުން ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް އެމަނިކުފާނު ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހު ރަސްމީކޮށް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހނހ

    ތިހެން ކިޔާ މީހުނައް އެއްކަމެއް ވެސް ނުކުރެވުނު ވެރިކަމުގަ. އަދި އެއްވެސް ވެރިކަމެއްގަ ނުވީވަރެއް ހަމަގައިމުވެސް މުއީޒުކޮއްފި އެއީ އިންޑިޔާ އެއްބަސް ކުރުވައިފި ސިފައިން ފޮނުވާލާ ސިވިލް މީހުން ގެންނަން. އެމްޑީޕީން އުޅެނީ މިތާ ސިފައިން ގަދަކަމުން ބެހެއްޓޭތޯ އެކަމު ޔާމީނު އުޅުނީ ގަދަކަމުން ފޮނުވާލެވޭތޯ މުއީޒު އުޅެނީ ޑިޕްލޮމެޓިކްކޮއް ރީތި ގޮތުގަ ވޭތޯ

    38
    8
    • ހުވަދޫ އަލިބެއްޔާ

      ރާއްޖޭގައި އެ ދުއްވަން އެނގޭ މީހަކު ނެތީތަ؟

      15
    • ޝާހް

      ޑިޕްލޮމެޓިކުކޮއް މުއިއްޒުނޫޅޭ.. އެކަމަކު މިހާރު ކަން ނުކުރެވުނީމަ ފިނޑިވެ އެކަން ފޮރުވަން ސިވިލިއަން މީހުންނޭ ތިބޭނީ ކިޔައިގެން އުޅެނީ.

      4
      8
  2. ހަންޑިކުޑަ

    މަނިކުފާނޫ! އިންޑިއާ ސިފައިން މުޢީޒަކަށްވެސް ނުބޭލޭނެ! ހުސް އަނގަ ތަލާނީ! ރައްޔިތުންނަށް ދޯކާ ދެނީ! އިންޑިއާ އައުޓު! އިންޑިއާ އައުޓު! އިންޑިއާ އައުޓު! އަޑު އިވޭބާ!

    8
    14
  3. ބޮޑުރަސްގެފާނު

    ބޭލީމާ ،، އެނގޭނީ ބޭލީކަން ބާލަބަލަ ،،

  4. ބާސިތު

    އިންޑިޔާ އައުޓް

    10
  5. އަލްޖިބްރާ

    ސިފައިން ފޮނުވާލާފަ ސިވިލް މީހުން ގެންނަން ނިންމީމަ ތިޖެހުނީ ކޮންތާކު ؟ ހަމައެކަނި ނަން ބަދަލު ކުރުމަކުން ނުފުދޭނެ !

    9
    6
  6. އަލްޖިބްރާ

    ތިޔަހެން ތިޔަ ގޮވާމީހާއަށްވެސް ތިކަމުގައި ކުރެވުނު އެއްކަމެއްވެސް ބުނެދީބަލަ ؟ ކަލެއަށްވެސް އެގެނީ ހަމައެކަނި އެހެން މީހުންގެ ބޮލަށް ކަޑާލަން ! އަގައެއް އޮތީމަ ކޮންމެ އެއްޗެކޭވެސް ގޮވިދާނެ !

    20
    2
  7. މަތަރަސް

    ބަލަ ރައީސް ޔާމީނުވެސް ވެރިކަމުގެ ދަހިވެތިކަން މާބޮޑު މުއިއްޒު ހޮވުނުތާ ހަފުތާއެއްނުވެ ކޯޅުމަކައް؟ ޖަމީލުމެން މަލީހުމެން ރައީސްޔާމީނަކައް ހެވެއްނޭދޭނެ އަދިވެސް ޕީޕީއެމް ޕީއެންސީޔާމީނައްވަފާތެރިވާނެ މިހާރުވެސް ޖަމީލުމެން މަލީހުމެން ހުސެން ވަހިދުމެން ހޮދު ރައީސްޔާމީނުވެސް ނުސީދާގޮތުންވެސް މިސަރުކާރައް ކުރާފުރައްސާރަފާހަގަކޮއްލަން ތަން ފުކެއްބޮޑުވަރު ބަލަ ރާއްޖެތެރެސޮރެއްވީމާ ހަޖަމެއްނުކުރެވޭނެ؟ މިހާރު ތިޔަޔާމީނުގެ ކުލަފަޑުވަނީ؟؟

    14
    4
  8. ހަނީފް

    މިޤައުމު ހަމަމަގަށް ނޭޅުވިގެން މިއުޅެނީ ރައީސް ޔާމީން ގެ އަމިއްލަ އެދުން ބޮޑުކަމުން. މުޢުއްޒަށް ވެރިކަން ލިބުމުން ވީ ޙަސަދަ. ސަލާމަތް ކުރަންދެން މަޑުން އިންނަން ނޭނގިގެން މުޢިއްޒު ރަނގަޅު ވެރިކަމެއް ކޮށްފާނެތީ އަމިއްލަ ޕާޓީއެއް ހަދައިގެން ނޮހޮރުއްޕާންކުރާތީ ކަންކަން ނުވެގެން މިއުޅެނީ. ދެންވެސް މަޑުމައިތިރިވެގެން މުޢިއްޒާ އެއްކޮށް މަސައްކަތް ފަށްޓާ. އޭރުން ވެރިކަމަށް ދެންވެސް އާދެވޭނީ. ނޫނީ އަހަރެމެންވެސް ދެކޮޅު.

    10
    3
  9. މުޙައްމަދު

    އިންޑިޔާ އައުޓް ރީތި ގޮތުގަ ވެއްޖެ. އިންޑިޔާއިން ސިފައިން ގެންދަން އެއްބަސްވެއްޖެ. ދެން މަގުމައްޗަށް ނިކުމެ ކޮން ހަޑިއެއް ހާވާކަށް. ޔާމިން ތިއުޅެނީ މިތަން ފަސާދަ ނުވެގެން. ތީ މިގައުމަށް ޖެހުނު ބަލާއެއް. މިނިވަން ނުވެ ހުރިއިރު ތިހާވަރުން ދަންޏާ މިނިވަންވީމަ ކިހާވަރަކުން ދާނެބާ. ޑރ. މުއިއްޒުއަށް ވެރިކަން ކުރަން އުދަގުވާނީ މޑޕ އާއި ހެދިއެއްނޫން. ކިބުރުވެރި ބޮޑާ ޔާމިންއާއިހެދި

    10
    4
  10. ހުސައިން803

    ޔާމީންވެސް ބޭނުންވަނީ ރައްޔިތުން ކަންބޮޑުވާ މިފަދަ ކަންކަމުގައި ކޮންމެވެސް ވާހަކައެއް ދައްކައިގެން ރައްޔިތުންގެ ފަރާތުން ޕްރެސަރ މުއިޒުގެ ސަރުކާރަށްކުރުމެވެ. ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިޔާސިފައިންގެ ބޭލުމުގެ ކަަންކަން މިސަރުކާރުން އެދަނީ ކުރަމުންނެވެ. އަދި ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެމަތިން ތާރީހްތަކެއް އެހުރީ ކަނޑައެޅިފައެވެ. ޔާމީންގެ ސަރުކާރުގެ 5 އަހަރުގެ ނިމުނުއިރު މިއިންޑިޔާކަންތައް ސާފްކޮށްނުލެވުނީ ކީއްވެހެއްޔެވެ. ޔާމީންނާއި އިންޑިޔާއާއި ދެމެދު އޮތްޒާތީ މައްސަލައަކީ ވަކިމައްސަލައެކެވެ.

  11. މަތަރަސް

    މިހާރު ޔާމީނަކީ ގައިދީއެއް ޔާމީނައް ބޭނުންގޮތަކައްސިޔާސީ ފޯރަމުތަކުގައި ބައިވެރިވެވޭ ނިކަމެތިމީހާ ގޮޅީގާ މި ޔާމީނު ގައުމުގާ ފިތުނައުފައްދަން ގިނަމަސައްކަތްކުރާކަންއެންމެދަންނަކަމެއް މިހާރުން މިހާރައް ޔާމީނުގެ މައްސަލަބަލާފައިފިޔަވަޅުއަޅަން ގޮވާލަން ކޮމެސްގޮތަކައްކަންކުރީމާ ޖަލައްލީ ދެންކޮންފަދަކަމެއްތަމީ؟؟

  12. އަނގަފުޅު

    ތިހިރީ އަނގައެއް ހުޅުވާދީފައި. ހުއްޓާނުލައި އެވާހަކަ ދައްކަންވީނު.

  13. ފާޒް

    ރާއްޖޭގަ ދެންތިބޭނީ ކުލަހެދުމުގަ ތިބޭ އިންޑިޔާ ސިފައިން. މުއިއްޒު ދެން ޑީލް ހެދީކަމަށް ނިންމަންވީ. މިއީ ވާވަރަކީ. ވަތަނީކަމަށް ބުނެ ދިވެހި ދިދައާއި ވާހަކަ ދައްކައި އިޝާރާތްކޮއް އޭގެ ކަނުގައި އެލުނުމީހާއަށް ވާވަރު...

  14. އަބްދޫ

    ޔާމީނަކީ ތަނދޮރުދަންނަމިހެކޭ ހީވި މިހިސާބުންއެގުނޭ އެއްވެސް ހަމައެއްލަމްއެއް ގޮތެއްނެތް ތަނދޮރު ނުފިލާ މީހެއްކަން .ކެނެރީގެ ނަސީދަށް ވުރެވެސް ގޯސް . އެއީ ނަސިދު ވެރިކަންހޯދަން ވީމަ ކުރި މުޒާހަރާތައް ވެރކަންލިބުނީމަ ފުލުހުންނާއި ސިފައިންނާއި ކޯޓްތަކާއި ސިވިލްސާވިސްއާއި ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް މުޒާހަރާކުރި.އެމްޑީޕީ ސަރުކާރު އޮތްއިރު އެމްޑީޕީން އަރުވާފަތިބި އިންޑިޔާ ސިފައިން ބޭލުމަށް އިދިކޮޅުން އިންޑިޔާ އައުޓްގޮވީ . ސަރުކާރުބަދަލުވެ ދެފަރާތުން ވާހަކަ ދައްކާ ސިފައިން ބާލަން އެއްބަސްވީމަ ދެންނިކުމެ އިންޑިޔާ އައުޓް ނުގޮވާނެ.ޑިޕްލޮމެޓިކް ގޮތުން އެކަން ހަމަޖެހުނީމަ ހަމަނުޖެހުން ހިންގާވާހަކަ ދެއްކީމަ އަޅުގަނޑު ދެކެނީޔާމީނު އަކީ ތަންދޮރު ނުދަންނަ މީހަކަށް.