ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލައި، ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް ދަތުރު ފަތުރާއި މަދަނީ ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ މަގުޗާޓާއި އެއްގޮތައް ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ވައުދުފުޅާއި އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެ ވުޒާރާގެ ފަރާތުން އެކުލަވާލައި މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެެގޮތުން މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ސިމްސް ޕޯޓަލް އިން އެކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާއާލަ

    ޑުރައިވަރުން ޔުނީފޯމު ލުން ވަރަށް މުހިއްމުކަމެހް

    3
    11
    • ޙސހސ

      ޔުނީފޮމޭ. މޮޔަވާންވީ.

      1
      3
    • ސުކުންބެ

      އަވަސް ރައިޑު ދަތުރުކުރަން އުޅޭ ފުލުހުންނާ ސިފައިން އެ ބޭފުޅުންގެ ރަސްމީ ޔުނީފޯމު ގަ ތިބުން ރަނގަޅުކަމަށް ފެނޭ!

  2. ހަސަނު

    ޓެކްސީ ޑުރައިވަރުން ޔުނީފޯމްލައްވައި އެއީ ޓެކްސީޑުރައިވަރެއްކަން އެނގޭނޭގޮތައް ކަރުގައި ފާހެއްއަޅުވައި އެމީހުން ދުއްވާ އުޅަނދުތަކުގަ ހަރުކޮށްފަހުންނަ ޓެކްސީ ސެންޓަރުގެ އިސްޓިކާއަކީ ކާރުން ނުނެއްޓޭގޮތަށް ހަރުކުރެވޭއެއްޗަކަށްހަދާ ކަންޓަމަރު ބޭނުންވެއްޖެހިނދެއްގައި ބިލް ލިބޭނޭގޮތަށް ބިލުފޮތް ޓެކްސީގަ އޮތުމަށް ލާޒިމްކުރަންޖެހޭ!