ރައްޔިތުންގެ މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމް އިން ގެނެސްދެމުން އަންނަ ބަހުސަށް ވަޑައިގަންނަވަނިކޮށް، ކެންޑިޑޭޓެއްގެ ގަޔަށް ކަޅު ތެޔޮ މިއަދު ޖަހައިފިއެވެ.

ކަޅު ތެޔޮ ޖެހީ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގަޔަށެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ އަމީނީ މަގު، މާލެ ސިޓީ ކައުންސިލް ކައިރީގައި އެ ކެންޑިޑޭޓު ހުއްޓިވަޑައިގެން ހުންނަވާ ތަނެވެ. ހުދު ގަމީހެއްގައި ރީނދޫ ކުލައިގެ ޓައި އަޅައިގެން ހުންނެވި އޭނާގެ ގަޔަށް ވަރަށް ގިނަ އަދަދަކަށް ކަޅު ތެޔޮ ޖަހާފައިވެއެވެ.

ކަޅު ތެޔޮ ޖެހުމާ ގުޅިގެން ހެދުން ބަދަލު ކުރެއްވުމަށް ފަހު، ބަހުސްގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބަހުސް އޮތީ މިއަދު ހަވީރު 5:00 ގައެވެ.

އެ އަމަލު ކުށްވެރިކޮށް، އިިދިކޮޅު އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކެންޑިޑޭޓެއް ބަހުސް އަށް ވަޑައިގެންނެވި މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމްޑީޕީގެ

    އަމިއްލަގަޔަށާއި އެހެން މީހުން ގަޔަށް ކަޅުތެޔޮ ޖެހުމަކީ އެމްޑީޕީން ފެށުނީސް ސުރެން މާ މޮޅު ކަމަކަށް ހަދައިގެން މަޝްހޫރުވާން ޖަހާ ސަކަރާތެއް. އެމްޑީޕީން ހީ ކުރަނީ އަދިވެސް މިއުޅެވެނީ 2000 ވަނަ އަހަރުގައި ހެން.

  2. Anonymous

    އެހެންމީހުން ބޮލުގައި އަޅުވަން އެމްޑީޕީ މީހުން އަމިއްލަޔަށް ކުރާކަންކަން މީހުންގެ ސިންޕަތީ ހޯދަން !

  3. އަހު

    ކަޅު ތެޔޮތަ އެއީ ކަޅުތެލެއްނޫން ކުކިންތެޔޮ އެހެރީ ފެންނަން ކަޅުތެޔޮ އެހާ ކުލަ މަޑުތަ؟

  4. ކުލަ

    ޕަބްލިސިޓީ ސްޓަންޓަކަށް ވެދާނެ. އެމްޑީޕީ އަށް ކަމެއް ދިމާވެއްޖެއްޔާ އެއީ ވަރަށް ބޮޑު ކަމަކަށް ހަދާ. އެމީހުން ގޯހެއް ހަދައިފިއްޔާ މައްސަލައަކަށް ނުވޭ. ރަސްފަންނު ހެދީމަ ހަސަދަވެރިވެގެން އެތާތެރެއަށް ކަޅުތެޔޮ ޖެހި ހަނދާން އެބަހުރި