ޕީޕީއެމް/ޕީއެންސީ ދޫކޮށްފައިވާ ބޭފުޅުންނަށް އެ ޕާޓީގެ ކަންކަން އެނގިވަޑައެއްނުގަންނަވާނެ ކަމަށް މަޖިލީސް އިންތިހާބުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހިނާ މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެެވެ. އެ ނޫސްވެރިޔާ ކުރި ސުވާލަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުންގެ ކެނޑިޑޭޓެއް ނުނެރުނީ ކީއްވެތޯއެވެ.

ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެނޑިޑޭޓެއް ނުނެރޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީގެ ކުރީގެ ރައީސް ޔާމީން އަބްދުލައްގައްޔޫމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޕީއެމް ކުލަ ވެސް މިހާރު ނުފެންނަ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕުން ވަނީ ޕީޕީއެމް ނަގާ އެއްލާލާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ޕީއެންސީއަކީ މި ވަގުތު ވެރިކަން ކުރާ ޕާޓީ ކަމަށެވެ. ރައްޔިތުންގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ހުރިހާ ކެނޑިޑޭޓުން ވާދަކުރަން ނިންމު ނިންމުމަކީ އެއީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ނިންމުމެއް ކަމަށާއި އެއީ ލީޑާޝިޕްގެ ޖުމްލަ ނިންމުމެއް ކަމަށް ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް ޕީޕިއެމް ނަގާ އެއްލާލަނީއެއް ނޫން. ޕީޕީއެމްގެ ވެސް މި ވަގުތުގެ ލީޑަރީ ރައީސް މުއިއްްޒު. ޕީއެމްއެމްގައި ވެސް ތިއްބެވީ ޕާޓީގެ މެންބަރުން ޕީއެންސީގައި ވެސް ތިއްބެވީ ޕާޓީގެ މެންބަރުން. އެހެންވީމަ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދެ ޕާޓީގެ ލީޑާޝިޕާ އެކުގައި މަޝްވަރާ ކުރެއްވައިގެން ކަންކަން ކުރިއަށް ދަނީ،". ހީނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކަންކަން ކުރިއަށްދާގޮތް ނުވަތަ ޕީއެންސީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެނގިވަޑައިގަންނަވާނީ އެ ކޯލިޝަންގެ މެންބަރުންނަށް ކަމަށާއި ދުރުގައި ތިއްބަވާ ބޭފުޅުންނަށް މަސައްކަތްތައް ކުރިއަށްދާ ގޮތެއް ހަގީގަތުގައި އެނގިވަޑައެއް ނުގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ޕާޓީ ދޫކުރައްވާ ވަޑައިގެންފައިވާ ބޭފުޅުންނަކަށް ވެސް މި ވަގުތު ޕާޓީގެ ކަންކަން ކުރިއަށްދާ ގޮތެއް އެނގިވަޑައިއެއް ނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިރާޖު

    އެނގެންވާ ކަންތަކާ ނޭނގެންވާ ކަންތައް ބޮޑައް އެނގޭނީ ހަސަން ވަލީދައް

  2. ޑޖދިެނ

    ކީކޭ ؟

    ".. ޕީއެމްއެމްގައި ވެސް ތިއްބެވީ ޕާޓީގެ މެންބަރުން ޕީއެންސީގައި ވެސް ތިއްބެވީ ޕާޓީގެ މެންބަރުން...."