ރައްޔިތުންގެ މަޖިލީހަށް އައްޔަންކުރާ މެންބަރުން، ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ނަގާ ރީކޯލް ވޯޓުގެ ބައި ބިލުން އުނިކުރުމަށްފަހު އެންޓިޑިފެކްޝަން ބިލް މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިހާބުކުރާ އިރު ތިއްބަވާ ޕާޓީން ވަކިވެވަޑައިގަންނަވައިފި ނަމަ އޮޓަމެޓިކުން މެމްބަރުކަން ގެއްލޭ ގޮތަށް "އެންޓި ޑިފެކްޝަން" ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކުރީ 28 މާރޗް 2024 ވަނަ ދުވަހުގައެވެ.

މި ބިލު ވަގުތީ ކޮމިޓީއަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ. މި ބިލު އެ ކޮމިޓީން ފާސްކޮށްފައިވަނީ ގިނަ ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން ރީކޯލް ވޯޓު ނެގޭނެ ހާލަތު ވަނީ އުނިކޮށްފައެވެ.

މި ބިލުގައި ވަނީ، ގާނޫނު އަސާސީގެ 27ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރު ކޮށްދިނުމަށް އެދިފައެވެ. މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ މެމްބަރުކަން ގެއްލޭ ހާލަތްތަކެއް މި އަކުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މެމްބަރުކަމުން ވަކިވާ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމެވެ.

ކޮމިޓީ ނިންމުމާ އެއްގޮތަށް މަޖިލީހުގައި ހާޒިރުވެ ތިއްބެވި ބޭފުޅުންގެ ތެރެއިން 33 ބޭފުޅުންގެ ވޯޓުން މި ބިލް ވަނީ ފާސްކޮށްފައެވެ. ބިލާ ދެކޮޅަށް 6 މެންބަރުން ވަނީ ވޯޓު ދީފައެވެ.

މިއަދު ފާސްކުރެވުނު ބިލުގައިވާ ގޮތުން ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވާން ޖެހެއެވެ. އަދި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުންނާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ. އަދި އެ މަޤާމުން އިސްތިއުފާވެސް ދޭން ޖެހޭނެއެވެ.

މީގެއިތުރުން އިންތިހާބުވި ޕާޓީން، އެ މެންބަރުގެ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާއިރު އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ، އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެއެވެ.

އަދި އެ މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދޫ

    މެމްބަރުކަމުން ވަކި ވެއްޖެ ކަމަށް އެންގީމަ ދޭންޖެހޭ އިސްތިއުފާ އަކީ ކޯންޗެއް ވަކިވެފަ ހުރިމީހަކު ދޭންޖެހޭ އިސްތިއުފާ އެއް އޮވޭތަ؟ގާނޫނުއަސާސީގެ 75 ވަނަ މާއްދާގަ ބުނާގޮތުން މަޖިލީހުގެ މެމްބަރުންނަކީ ގާއުމީމަސްލަހަތާއި ރައޔިތުންގެ ލާބަޔާ މަންފައަށް ގައުމަށް އިހްލާސްތެރިަކަނމްތީއމަލުކުރަންޖެހޭ ބައެއް. އެ މެމްބަރަކު ހުންނަ ޕާޓީ އަކުން އެ މެމްބަރުގެ ގައުމީވޖިބު ނުފުދޭނަމަ ނުވަތަ ގައުމަށް އިހްލާސްތެރިވާން ހުރަްސްއަޅާނަމަ ގައުމިއްޔަތުގެ ނަމުގަ ގައުމަށް ވަފާތެރިވުމްށް އެޕާޓީ ދޫކުރެވެންޖެހޭނެ.އަދި ގާނޫނުއަސާސީގެ 90 ގެ ހާގަ ބުނާގޮތުން މެމްބަރަކު އަމަލުކުރިގޮތަކާއިގުޅިގެން އެމެމްބަރަކަށް އެއްވެސް ފިޔަވަޅެއްނޭޅޭނެ.ވީމާ މިގާނޫނުގާނޫނުއަސަސީއާއި ހިލާފުވޭ. ގާނޫނުއަސާސީގެ ވަކި މާއްދާއެއްގަ އަކުރެއް އިތުރުކުރުމަކަށް ގާނޫނަކު ނުލިޔެވޭނެ. މިހެން ލިޔެފިނަމަ ގާނޫނު މިވަނީ ގާނޫނުއަސަސީއަށް ވުރެ މަތީގަ. ވީމާ މިގާނޫނަށް ކިޔޭނީ "ގާނޫނުއަސާސީގެ މައްޗަށް އަމުރުކުރާ ގާނޫނު "ވީމާ މިގާނޫނުގަ ވަރަށް ދެކޮޅުނުޖެހޭ ވާހަކަ ލިޔެވިފާވޭ.

  2. ރައްޔަތުމީހާ

    މި ބިލު ފާސްވުމުން މެންމަރުންގެ އިހުލާސް ތެރިކަން ގެއްލި ހަމަ އެކަނި ތަބާވާން ޖެހޭނެ އެއްޗަކީ ޕާޓީއަށް މިވަނީ، ކޮބާ ދާއިރާގެ ރައްޔިތުންގެ ހައްޤު؟ ކޮބާ އެދާއިރާގެ ރައްޔިތުންގެ އަޑު؟ މި ފެށިގެން ދަނީ ވަރަށް ނުރައްކާ ރޭވުންތެރިކަމެއް! އެއްވެސް މެމްބަރަކު ޕާޓީން ކޮންޓްރޯލްކުރާ ޕަޕެޓަކަށް ވެވިގެން ނުވާނެ! ހޮވުމަށް ފަހު ވާންޖެހޭނީ ރައްޔިތުންގެ ޙާދިމަކަށް މެމްބަރު މީހާވެސް. ނޫންނަމަ ދާއިރާއަށް ނިސްބަތްވާ މީހުން އެތައް އިރަކު ކިޔުއަށް އަރުވައިގެން ވޯޓްލައިގެން ހޮވުމުގެ ބޭނުމެއް ނެއްތާ؟

  3. އަލިމަނިކު

    މެންބަރުން ހޮވަން ރައްޔިތުން ވޯޓްލުމުގެ ބޭނުމެއްނެތް. ތީ ޕާޓީ ބޭނުންވީމަ ވަކި ކުރެވޭގޮތައް. އެކަމަކު އިންތިހާބޮ ކުރަނީ ރައްިތުން ރައޔިތުންނަށް މެންބަރު ވަކި ކުރެވޭގޮތެއްނެތް. އަމިއްލަ އެދުމައް ހަދާފަ ވާ ގާނޫނެއް. ރައީސް މިއައްއަމަލުކުރަން ނުޖެހޭގޮތައް ހެދުން އެދެން. ނޫނީ ރައޔިތުން ބޭނުނވީމަ ވަކި ކުރެވޭގޮތް ހަދައި ދިނުނުން އެދެން

  4. ޝެއިޚް އަޖުމަލް.

    މިއީ ޑިމޮކްރެސީ އާއި ދެކޮޅުކަމެެއް، މިއީ ބަރުލަމާނީގެ ވައްތަރު..ރައީސް ބިލް ތަސްގީދު ނުކުރައްވައިފި ، ނަމަ ދާނީ ޗޮކްހުން. ރާއްޖޭގެ ނިޒާމް ބަދަލް ކުރަންޖެހޭ، މިނިޒާމުގައި ވެރިކަން ހިންގުމަކީ ވަރަށް ގެއްލުން ބޮޑްކަމެއް، މަޖްލިސް ވެފައި މިއޮންނަނީ، ސަރުކާރަށް ޖެއްސުން ކުރާތަނަކަށް.

  5. ވަޠަނަބޭ

    އުނބަށޭ ތިޖެހީ.

  6. ސުސޫ

    ކުޅޭކުޅެ