ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމް ނުވުން ކަަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ އަގު ދަށްވީ މަޝްރޫއުތައް ހުއްޓިފައި އޮތުމުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ސައީދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު އަދި ވެސް ދާނީ ދަށަށް ކަމަށެވެ. އަދި އެކަންއެހެން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ހުއްޓިފައިވާ އެތައް މަޝްރޫއުތަކެއް އެއްވެސްވެރިކަމެއްގައި މިހާކުރީކޮޅު ކުރިއަށް ނުދާ ބާރުމިނުގައި ކުރިއަށް ކަމަށެވެ.

"ޤައުމުގެ މާލީހާލަތު އޮތީ މީގެކުރީން ވެރިކަމެއް ބަދަލުވެ އައު ސަރުކާރަކާއި ޤައުމު ހަވާލުވިއިރު އޮތް އެއްމެ ނުރައްކާތެރި ހާލަތުގައި. މިއީހަގީގަތް!!ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމް ނުވުން،". އޭނާ ވިދާޅުވިއެވެ.

ވަޒީރު ސައީދު މީގެ ކުރިން ވިދާޅުވިގޮތުގައި، ރައީސް ޑރ. މުއިއްޒު މަސައްކަތްފުޅާއި ޕްލޭންތަކުގެ ސަބަބުން ރާއްޖެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އޮތް ދަތިހާލުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ.

"ރޯދަ މަހުގެ އުމްރާ ދަތުރުތައް ގިނަވެ އިމްޕޯޓް ގިނަވި ނަމަވެސް ޑޮލަރު ރޭޓް މިހާރު ދަށަށް ދާން ފަށައިފި." ސައީދު ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވީ އިތުރު ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު އިތުރަށް ދަށްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑޮލަރުގެ އަގު ދަށް ކުރުމަށް މި ސަރުކާރުން ވަނީ ދިވެހި ފައިސާ ޗާފްކުރުން ހުއްޓާލާފައެވެ. އެއާއިއެކު ދިވެހި ރުފިޔާގެ އަގު މަތިވެ ޑޮލަރުގެ އަގުވަނީ ދަށްވާން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯލްޖަރ

    މިސަރުކާރު މިޔޮށްގެން ގެނބެނީ މިހާރު މިފެންނަނީ ބަކަތަޅާތަން!