ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ މާޗް މަހުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު އުސްއަލިތައް ހިއްސާ ކުރައްވަމުން މިނިސްޓަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައި ކަމަށެވެ. އެ ބަދަލުތައް އައީ ރައީސް މުއިއްޒުގެ މިންނެތް މަސައްކަތް ފުޅާ ފުރިހަމަ ތަސައްވަރުގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ބޮޑެތި ފްލައިޓް އޮޕަރޭޝަންތައް ހިންގުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނިމިދިޔަ މާޗް މަހުގައި ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއާ އެންބިލެންސްގެ ހިދުމަތް ފަށާފައެވެ. އެ ހިދުމަަތަށް އެންމެ ފުރަތަމަ ބޭނުންކުރީ ޑީއެޗްސީ8-200 ގެ މޯލްޑިވިއަންގެ އެއާކްރާފްޓެކެވެ. ސަރުކާރުން ފަހުން ވަނީ މޯލްޑިވިއަންގެ ސީޕްލޭނެއް ވެސް އެއާ ސީ އެމްބިއުލެންސަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން އެއާ އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް މަތިންދާ ބޯޓަކާއި ސީޕްލޭނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

ފާއިތުވެދިޔަ މަހުގައި މަންޓާ އެއާއިން ބޭރަށް ދަތުރުކުރަން ފަށައިފައެވެ. އެގޮތުން މިހާރު އެ އެއާލައިން މެދުވެރިކޮށް އިންޑިއާގެ ބެންގަލޫރަށް ދެވޭނެއެވެ.

އޭގެ އިތުރުން މިދިޔަ މަހު ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު 24 މޮނިޓާ ކުރުމަށް އެންއެންޑީއެފްގެ އެއާފޯސް އެކުލަވާފައި ޑްރޯންައް ބޭނުންކުރަން ފަށާފައެވެ. އޭގެ ސަބަބުން ދިވެހިންނަށް އިތުރު ބަޔެއްގެ އެހީއާ ނުލާ ރާއްޖޭގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާނުވޭސް

    ތިހެން ބުނާނީ ހިދުމްތް ލިބިގަންނަމީހުން އަމީން ބުނުން ކަޑަ

  2. އާދަނު

    މޯލްޑިވިޔަން ފްލައިޓްތަކުގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރީ ވަކި ބަޔަކަށް ފައިދާކޮށްދޭންކަން އެގޭ! ފާދިއްޕޮޅު މަޑިވަރަށް އަގު ހެވެއް ނުވޭ!

  3. ހެހެ

    އަމީންގެ އާއިލާގެ މީހުންނަށް ވަޒީފާ ދިނުމުގައިވެސް މި 4 މަސް ދުވަހު އިންގިލާބެއްް އައިއްސި ދޮއްތޮ.

  4. އަޙްމަދު

    4 ދުވަހުން ތިޔަބުނާ ބަދަލެއް އަތުވެއްޖެ. ޖީބުތަކަށް އެގުންވެއްޖެ.