ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ގދ. ތިނަދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ތިނަދޫއަށެެވެ. ތިނަދޫއަށް 50.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ކ. ގާފަރަށެވެ. އޭގެ ފަހުން ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދީއަށެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތައް

  • ގދ. ތިނަދޫ - 50.9 މިލިމީޓަރު
  • ކ. ގާފަރު - 23.9 މިލިމީޓަރު
  • ގދ. ކާޑެއްދޫ - 22.7 މިލިމީޓަރު
  • އައްޑޫ ހިތަދޫ - 17.8 މިލިމީޓަރު
  • ބ. ދަރަވަންދޫ - 17.5 މިލިމީޓަރު
  • ކ. ދިއްފުށި - 17.1 މިލިމީޓަރު
  • މ. މުލި 16.3 މިލިމީޓަރު

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލޮމް މިއާ

    ތިނަދޫ ސިޓީ
    އެމީހުންނަށްވެސް އެހާ ހާލުން ލިބުނު ހައިސިއްޔަތު އޮޅުވާނުލާބަ