އީރާނުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ރިޝީ ސުނަކް ދެއްކި ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

އީރާނުން އިސްރާއީލަށް 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިން ހަމަލާއަކީ މިމަހުގެ 1 ވަނަ ދުވަހު ސީރިއާގެ ވެރިރަށް، ދިމިޝްގައި ހުންނަ އީރާނުގެ ކޮންސުލޭޓަށް އިސްރާއީލުން ހަމަލާދީ، އެގައުމުގެ އިސް ބައެއް އޮފިޝަލުންތަކެއް ޝަހީދުކޮށްލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.

މި ހަމަލާއާއި ގުޅިގެން ރިޝީ ސުނަކް ބުނެފައިވަނީ އީރާނުން ދިން ހަމަލާއަކީ ނުރައްކާތެރި އަދި ބޭކާރު ހަމަލާއެއް ކަމަށެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ އެހަމަލާ ހުއްޓުވުމަށް ބައިވެރިވި ފަރާތްތަކުގެ ޕްރޮފެޝަނަލިޒަމް އަދި ހިތްވަރުގަދަ ކަމުގެ އަގު ވަޒަން ކުރަން ބޭނުންވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ރޮޒައިނާ ވަނީ ކުށެއް ނެތް އެތައް ހާސް ކުދިން މެރުމަކީ ނުރައްކާތެރި އަދި ބޭކާރު ކަމެއް ނޫންތޯ ސުވާލު ކޮށްފައެވެ. އަދި ކޮންމެ ފަހަރަކު ކޮންމެ ކަމެއް އިސްރާއީލާއި ޖެހޭއިރު، ގެންގުޅެނީ ޑަބަލް ސްޓޭންޑާޑްސް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަދި ކޮންމެ ފަހަރަކު ވެސް އިސްރާއީލަށް ކަމެއް ކުރާއިރު، އެކަމާއި ގުޅޭގޮތުން ވާހަކަ ނުދައްކާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އީރާނުން އިސްރާއީލަށް ޑްރޯން އާއި މިސައިލްގެ ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު، މީގެން ގިނަ ހަމަލާތައް އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި އުރުދުން ގުޅިގެން ވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަރަފަކައްދަ

    ސާބަހޭ މަންޖޭ! ރައްދު އަދި ތިޔަށް ވުރެ ބޮޑަށް ސާފު ވާނޭ ގޮތައް ބުނެލަ ދިންނަމަ ރަގަލުވީސް!

    31
    1
  2. ހެރީ

    ރޮޒޭ އަށް ނޭގޭތަ ގޮނޑި ދިފާއު ކުރަން އޭނާ ދައްކާ ވާހަކަ އެއީ. ރޮޒޭ އަށް ނޭގެނީ ގޮނޑި ދިފާއު ކުރަން ވާހަކަ ދައްކަން. އިނގިރޭސި އަދި އެމެރިކާގަ މަޤާމުގަ ހުރެވޭނީ އިޒްރާއީލް ދިފާއު ކޮށްގެން

    13
    4
  3. ހޫރުސީދާ

    އެގައުމުގެ ގޮނޑިއަކަށް ކުރިމަތިލައްވަނީތޯ؟

    2
    5
  4. ސިނޑި

    އަސްތާ ރިޝީ ފަކީރު މިހާރު ބިރުން ތުރުތުރު އަޅަނީ! ތި އިންޒާރު ދިނީމަ

    3
    17
    • ޓ

      ތީ ދިވެހިރާއްޖެ އަށް ޔަހޫދީން ކަނޑައެޅި އެޖެންޓު ތަ؟

      6
      1
    • ޔޯ

      ބިރުނ ތުރުތު ނޭޅިޔަސް އެ މީހަކު ބުނަން ބޭނުން އެއްޗެއް ބުނެވޭނެ

  5. ސަނާ

    ރޮޒޭނާގެ އެ ރައްދު އަޑުއަހާފަ އިގިރޭސިވިލާތް އެލާޓުވެއްޖެ! ޤަވްމުގެ ވަށައިގެން މެޝިންބަޑިތައް ތިއްބައި ރައްޔިތުން ނުކުމެ ޤަވްމުގެ ސެކިޔުރިޓީ ބަލަހައްޓަންފަށައިފި! ބޮޑުވަޒީރު ބިންގަރާހުގައި ފިލައިފި! ފާޚާނާވެސް ކުރަނީ މުންޑަށް! އެހާ ބރުވެރި ރައްދެއްމީ!

    • އަސްތާ

      ވަރަށް މޮޅު އެއްޗެއް ބުނެވުނު ކަމަށް ހިތާ ދޯ ތިހުރީ؟

  6. އޭނާ

    ތިޔަޓްވީޓަކުން ކަނބުޅޯގެ ވަޅުޖެހެމުން ކިލަނބުވަމުންދާތިޔަ ސިޔާސީހަޔާތް ނެގެހެއްޓޭނެކަމަކަށް ނުފެނެ. ތިޔަދޮންކުރާކަންތައް ދިވެހިންގެ ރާޑަރުތަކައް އަރާނެ އިންވިޒިބަލްއެއްނުވާނެ. ދިވެހިންގެ ރާޑަރުތައްމިހާރު މާބޮޑައްޒަމާނީވާނެ އަދި ރޭންޖްވެސް ކުރިއައްވުރެ ރަނގަޅުވާނެ. ގޮއްޔެމެންއިރުގެ ސާވއެއިލެންސް ނިޒާމްތަކެއްނޫން މިހަަރު ބޭނުންކުރަނީ. ދަވާލެވުނުއެއްޗަކައިގެން ސަލާމަތުންހުރޭ. ކޮންމެތަރިއެއްވެސް އަރާނެ ަދި އޮއްސޭނެ. އިނގިރޭސިބޮޑުވަޒީކީ ބިލިޔަނަރެއްގެ ދަނބިދަރިޔެއް އެކަންނޭނގިކަންނޭގެ ތިޓްވިޓްކުރެވުނީ. ދެންކިހިނެއް ޔޫކޭއަށްދާފަހަރަކުން ބައްދަލުކޮއްލަންވެސް ކެރޭނީ އަލިއްލަކަމެއްގަ

    2
    1
  7. ސަލާމަތީ

    މަޝްހޫރުވާންވެގެން ގޮތް ހުސްވެގެން އުޅޭމީހެއް