ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށާއި އެހެނިހެން ކުށް ކުރުމަށް ގެންގުޅުނު "ޖަޒީރާ" ޓެލެގްރާމް ގުރޫޕާއި ގުޅުން ހުރި ޓެކްސީ ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ "ޖަޒީރާ"ގެ ނަމުގައި ހިންގި ޓެލެގްރާމު ގުރޫޕުތަކާ ގުޅުން ހުރި ޓެކްސީ ޑްރައިވަރު މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަަށެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން ދެވަނަ ފަހަރަށް ވެސް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް" ހަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ހަށިވިއްކުން މަގު ފަހި ކުރުމަށް ވަކި ހާއްސަ ޓެކްސީއެއް ގެންގުޅުނު ކަމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހަށިވިއްކުމަށް މަގުފަހިކުރުމަށް ގާތްގަނޑަކަށް އެއް އަހަރު ވަންދެން ވަކި ޚާއްސަ ޓެކްސީއެއް ގެންގުޅުނު ކަމަށެވެ. އަދި ހަށިވިއްކުމަށްޓަކައި ރާއްޖެއިން ބޭރުން ވެސް މީހުން ގެނެސްފައިވާ ކަމަށާއި އަދި މީގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޖަޒީރާ ޓެލެގްރާމް ގްރޫޕު ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ދެ މީހެކެވެ. އެއީ 28 އަހަރު ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މައްސަލައާ ގުޅުންހުރި ހަތަރު ތަނެއް ބަލައި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.

ޓެލެގްރާމް ގްރޫޕް: ހަށި ވިއްކާ މީހުން އުފުލަން ވަކި ޓެކްސީއެއް، ފައިސާ ދެ މިލިއަނަށް!

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާހޫރޭ

    އެހެން ވީމާ ކަލޭމެންނަށް އެނގިގެންތާ މިވީހާ ދުވަހު އެކަން ކުރަމުން ދިޔައީ. ދެން ސިޔާސީ ގޮތުން އެއްޗެއް ލިބިދާނެ ކަމަށް ބަލާފަ ޓެކްސީ ޑްރައިވަރެއް ތި ހައްޔަރުކުރީ. ބާކީ މީހުން ތައް ކޮބާތަ؟

    15
    3
  2. ހނހ

    ޖަޒީރާ ކިޔުން މީއީ އަސްލު ޖަރީމާ ހިންގާ މީހުން

    9
    1
  3. ފާތުން

    60 އަހަރުވީމާ ވެސް ތެޅޭފާޑެއްދެން �