ލ. މާވަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ މާވަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

https://twitter.com/MTCCPlc/status/1780158080837448148/photo/3

މި މަޝްރޫއުގެ ދަށުން، 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، ސޭން ސާޗް ސަރްވޭ ހެދުން ހިމެނެއެވެ. މި މަޝްރޫއަކީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މާވަށުގައި ހިއްކާނީ 15 ހެކްޓަރެއް ނޫން، 30 ހެކްޓަރުގެ ބިން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ހަފްތާގައި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަށް އެންމެ މުހިންމީ ބޯހިޔާވަހިކަން ކަމަށާއި ބޯހިޔާވަހިކަމަށް ބަލާއިރުގައި މާވަށް ހިމެނޭ ގޮތަށް ގިނަ ރަށްރަށުގައި ބިން ނެތް ކަމަށެވެ. ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ބިން ހިއްކައި ގޯތި ދިނުމާއި ސޯޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މީގެކުރިން މާވަށުގައި ހިއްކުމަށް ހަމަޖެހިފައި އޮތީ 15 ހެކްޓަރުގެ ސަރަހައްދެކެވެ. އެކަމަކު، މި ސަރުކާރުން މާވަށަށް 30 ހެކްޓަރުގެ ބިން އިތުރުކޮށް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރަފަކައްދަ

    ހުސް ޗަރުކޭސް ޗަރުކޭސް ޗަރުކޭސް!