ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕެއިން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގައި ދަމާފައިހުރި ބެނާތަކާއި ޕޯސްޓަރުތަކުގައި އެންޓި ކެމްޕޭނަށް މަގުފަހިވާ އެތައް އެތައް ކަމެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

"އަޅުގަނޑުމެންގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަަށް ދަނީ. ވަަރަށް ބާރު ސްޕީޑްގައި ފޯރިއާއެކު އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ޓީމްތައް ހަރަކާތްތެރިވަމުން އެބަދޭ."، ހީނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ހީނާ ވަނީ ވޭދުވެދިޔަ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި އޭރުގެ ސަރުކާރުން ކަންކަންތައް ކޮށްފައިވާ ގޮތުގައި ހަނދާންތައް ރައްޔިތުންނަށް އާ ކޮށްދީފައެވެ.

ހީނާ ވިދާޅުވީ އެ ފަސް އަހަރުގެ ދައުރުގެ ތެރޭގަ ގާނޫނު އަސާސީ ބަދަލުކުރުމުގެ މެޖޯރިޓީ އެ ބޭފުޅުންނަށް އޮތް ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ކަންތައްތައް ކުރި ގޮތް ރައްޔިތުންނަށް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

"ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފެނިގެން ދިޔައީ 37 ޖަލްސާއެއްގައި އެމްޑީޕީ މެންބަރުން މާރާމާރީ ހިންގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީ ތަޅުމުގައި އަނިޔާވެރި އަމަލުތައް ހިންގި މަންޒަރު. މިކަހަލަ އެތައް ކަންތައްތަކެއް ފެނިގެންދިޔަ. އެތައް މިލިއަން ރުފިޔާގެ ގެއްލުންތަކެއް ލިބިގެން ދިޔަ މި ކަންކަމުގެ ސަބަބުން."، ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގައި މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ޓަކައި މާބޮޑު ކަންތައްތަކެއް ކުރެވިގެން ގޮސްފައި ނުވާކަން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އިސްލާމް ދީނަށާއި އިސްލާމީ ކަންކަމަށް އެމްޑީޕީން އިހުމާލުވެ ފުރައްސާކުރި މަންޒަރު ވެސް ފެނިގެން ދިޔަ ކަަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އަމިއްލަ ޕާޓީގެ މައްސަލަތައް ހުށަހަޅާފަތަ ތިކަން ތިކުރީ.

    2
    1
  2. އެމްޑީޕީ އައުޓް

    ހުރިހާ ބެނާއެއްގަ އެންޓިކެމްޕޭނު ކުރާއިރު އެތިބީ ބަލަހައްޓައިގެން. މި ޖަރީމާ ހުއްޓުވަން ޖެހޭ

  3. ާވާނުވާ

    އެހެންމީހުންގެ ވާހަކަ ނުދަށްކާ ފުރަތަމަ ތިމާމެން އިސްލާހުވެބަ
    ކީއްވެގެންތޯ އެހެން ޕާޓީތަކުގެ ކެނޑިޑޭޓންނަށް ލާރި އަޅާގެން ތިގަނެލަނީ ބަލަ ވާނުވާ ތިމާމެންނަށް ނޭގުނަސް މިހާރު ރައްޔިތުމީހާ މާހުށިޔާރު ވާނެ

    5
    2
  4. ހިކި ކިރު

    ކަމަނާމެން ކުރާ އެންޓި ކެމްޕޭނު ކޮބާތޯ! އަބަދުވެސް ނިމިދިޔަ 5 އަހަރު އެވެނި ކަމެއް މިވެނި ކަމެއް ނުކޮއްދިނޭ ، ބަޖެޓު ހަފުސް އަރުވާލީއޭ . ޗޯރޭ އޭ މިހެން ނުކިޔާކަށް އެޗެއް ނެތޭ! ފުރަތަމަ އިންވެސް ގޮއްޔަ މެނާއި މެދު އިލެކްޝަނުން ފިޔަވަލު އަލަން ފެނޭ!

    5
    2
  5. ބުރާންތީ

    މިދިޔަ ރިޔާސީ އިންތިހާބުގަ އެންޓި ކެމްޕޭން ކޮށްގެން ވެރި ކަމަށް އައިސް ހުރި މީހާގެ މަޢްސަލަވެސް ހުށައަޅާބަލަ ހީނާ

    5
    2
  6. ށުވޭސް

    މީނާ މިކުރަނީ ކޮންކަމެއްބާ އެންޓީ ކެންޕެއިންނޫން ކޮންކަމެއްބާ މީނާ އަށް ފިޔަވަޅު އަޅާ

    3
    1
  7. ޝުކުރު

    މިހާރުގެ ސަރުކާރުން އިންތިހާބާ ދިމާކޮށް މީހުނަށް ވަޒީފާ ދިނުމާއި، ލާރި ބެހުން މިއީ ކުރާ ސަދަޤާތެއްތޯ؟