ދާއިރާގެ ރައްޔިތުންނަކީ ކިޔަވައިގެން ތިބި ތޫނުފިލި ބައެއް ކަމަށާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ފަހަރު ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދޭނެ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.

"ވަގުތު" ޓީވީގެ "ނިންމާނީ ދިވެހީން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބްރާހިމް މުހައްމަދު ވިދާޅުވީ ދައިރާގައި މުހިންމު ހަތަރު ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައާއި ޒުވާނުންނަށް އޮތް ފުރުސަތު ކުޑަވުމާއި އަންހެނުން ބާރުވެރި ކުރުވައި އާމްދަނީ ހޯދާނެ މަގު ހޯދުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މި ދާއިރާގައި ހުރި މުހިންމު އެންމެ އަސާސީ ކަންތައްތަކުގެތެރޭގައި މޭޖާ 4 ކަމެއް ފާހަގަކުރެވުނު، އެންމެ މުހިންމު ކަމަކީ ގެދޮރުގެ ދަތިކަން ބޯހިޔާވަހިކަމުގެ މައްސަލަ، އެއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް މައްސަލައެއް." އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

މައްޗަށްގޯޅި އުތުރު ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު

އިބްރާހިމް މުހައްމަދު ވިދާޅުވީ ދާއިރާގެ ޒުވާނުންނަށް ސަރުކާރާއި ގުޅިގެން ގިނަ ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށާއި ޒުވާނުން ވިޔަފާރިއަށް އަހުލުވެރިކުރުވައި ގިނަ ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އަންހެން ކަނބަލުންނަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދާއިރާގެ މެންބަރެއްގެ ހައިސިއްޔަތުން އެބަޖެހޭ ޒުވާނުން ހޯދާ އެމީހުންގެ ޓެލެންޓު ބަލައި އެމީހުންނަށް ސަރުކާރުގެ ތެރެއިން ފުރުސަތުތައް ހުރީ ކޮންކަހަލަ ފުުރުސަތުތަކެއްތޯ ޕްރައިވެޓް ސެކްޓާތަކަށް ހުރީ ކޮންކަހަލަ ފުރުސަތުތަކެއްތޯ، އެއެއްޗެހިތައް ހޯދައިދީ ޒުވާނުން ވިޔަފާރިއަށް އަހުލުވެރިކުރުވަން ނުވަތަ ބައިވެރި ކުރުވަން." އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

އެގޮތަށް ކަންތައް ކުރުމުން ސަރުކާރަށް ލިބޭ ޓެކްސް އިތުރުވާނެ ކަމަށާއި ދާއިރާ ތެރެއިން ވަޒީފާތަކެއްވެސް އުފެދިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންނަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ތިބި ބަޔެއްކަން ފާހަގަކުރަމުން އިބްރާހިމް މުހައްމަދު ވިދާޅުވީ، ހާއްސަކޮށް މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންނަކީ ތޫނުފިލި ބައެއް ކަމަށެވެ. ދާއިރާގެ މެޖޯރިޓީއަކީ ކިޔަވައިގެން ތިބި ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ހަޔާތުން 5 އަހަރު ގެއްލިގެން ދިޔުމަކީ އިއާދަ ނުކުރެވޭނެ ކަމެއްކަން ރައްޔިތުންނަށް ވިސްނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެ ދިޔަތަން ދޫކޮށްލާފައި މިހާރު މިއޮތް އުއްމީދުތަކާއެއްކޮށް މިހާރު މިހުރި ތަރައްޤީއާ އެއްކޮށް މިހާރު އެބޭފުޅުންނަށް ލިބެންހުރި މަންފާތައް ހޯދައިގަތުމަށްޓަކައި އެބޭފުޅުން ބޭނުންވަނީ ހަޤީގަތުގައި ސަރުކާރަށް މަޖިލިސް ދޭން.'' އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރަށް މާގިނަ ދުވަސް ނުވަނީސް އެމްޑީޕީން މަޖިލިސް ތެރޭގައި ކުރަމުންދާ ކަންތައްތައް ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށާއި ސަރުކާރަށް އިދިކޮޅުން ކުރަމުންދާ ޖެއްސުން ފެންނަ ކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ. އެކަން ހުއްޓުވައި ސަރުކާރަށް ރައްޔިތުންނަށް ހިދުމަތްކުރުމަށް ފަހިކުރުމަށް ވެސް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް އޭނާ ގަބޫލުފުޅުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެމްޑީޕީ އައުޓް

    މިދިޔަ އިންތިހާބުގަ އިއްބެއާއި ދެކޮޅަށް ނިކުތް އަންނި ހޮވުމުން ގައުމަށް ވީ ފައިދާއެއް ކޮބާ؟ ގައުމު ބަނގުރޫޓުވާ ހިސާބަށް ދުއްވާލާ، އަމިއްލަ ޕާޓީގެވެސް ދުވަސް ދުއްވާލާފަ، ދައުރު ނުނިމެނީސް ގައުމު ދޫކޮށް ބަޗާ ރައްކާވީ. މިފަހަރު ހަމައެކަނި ޗޮއިސްއަކީ އިއްބެ.

    28
    6
  2. ޢަލީ

    މަޖިލީހުގެ ގޮނޑި އަކީ ކޮންމެހެން ސަރުކާރަށް ދޭންޖެހޭ އެއްޗެއް. އެ ގޮނޑި ސަރުކާރަށް ދޭންޖެހޭ ކިޔާފައި އޮތް މާއްދާއެއް ނޯންނާނެ، އެ ދެއްކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާ ޚިލާފް ވާހަކައެއް. މަޖިލީހުގެ މެމްބަރުންގެ ޒިންމާތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވޭ. ޤާނޫނޫ އަސާސީ އެއީ ކީއްކުރާ އެއްޗެއް މިހާރު. ނަމުން ރިޔާސީ، ކަމުން ބަރުލަމާނީ...

    3
    2
  3. ހަސަނު

    އެކަމަކު ވެރިމީހާގެ ޅިޔަނަކު މަޖިލީހަށް ހޮވަން ހެޔޮނުވާނޭ އިބްރާހީމް ޖަނާބު ބުނިއަޑުއެހިން ، މި ކޮމެންޓް ޕަބްލިޝް ކޮއްލަދެއްޗޭ

    6
    2
    • އެއްބުރުން

      ވެރިމީހާގެ ޅިޔަނުވެސް އަމިއްލަ ގާބިލުކަން ވިއްކައިގެން، ރައްޔިތުން އިންތިހާބު ކުރިއްޔާ އެއީ ﷲ އިރާދަފުޅައްފަހު އޭނާގެ ހައްގު މަގާމެއް. މައްސަލައަކަށް ވަނީ އިބޫގެ ޅިޔަނު، ލާދީނީ ސީޕީ ހަމީދު އިބޫގެ ނުފޫޒުން މަތީ މަގާމުތަކަށް ލީމަ

  4. އަދުރޭ

    އަޅުގަނޑުމެންގެ ބޮޑުޝޭޚު ޖަނާބުގެ ދަރި އިބްރާހީމް ވިދާޅުވެފައި އެބައޮތް ރައީސްގެ ޅިޔަނަކު މަޖިލީހަށް ގެންނަން ހެޔޮނުވާނެކަމަށް! ވީމާ މަނިކުފާނު ގެންނަން ހެޔޮވެދާނެތޯ؟

    4
    1
  5. ބާރަށް ކުރިއަށް

    އިއްބެ ޖަނާބު ކިޔަން ވަރަށްއުނދަގޫ. އަދި ނަން ދިވެހިގޮތަކަށްވެސް ނުފެތޭ. މިކަހަލަނަން ދިވެހި މުސްކުޅިންވެސް ކިޔާ އުޅޭގޮތަކީ ކުރިއަށް ބައްޕަގެ ނަން ނޫނީ ފަންވަތުނަން ލައިގެން. އެގޮތުން ރަނގަޅުގޮތަކީ "ޖަނާބު އިއްބެ"

  6. ޢަލީ

    ރައްޔިތުން ދޭން ތިބިއްޔާ ދެން ކޮން ގިނަވާހަކައެއް! އަވަހަށް ހުވާ ކުރަން ތައްޔާރުވޭ!

  7. އަހަންމަދު

    ހިތާމައަކީ މަޖިލިހަށް ކުރިމަތިލާ އެންމެންވެސް ށައުގު މިހުންނަނީ
    ރަގަޅު ގާނޫނު ހެދުމަށް ނޫންކަންޒ