މާދަމާ ރޭ ޕީޕީއެމް އިން މާލޭގައި ބާއްވާ ޖަލްސާގައި ބައިވެރިވެއްޖެނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ގަމު ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކައުންސިލްގެ އިސް މުވައްޒަފަކު ތަކުރާރުކޮށް ދެމުން އެބަގެންދެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ގަމު ކައުންސިލްގެ މުވައްޒަފުން ބުނީ ޕީޕީއެމް ޖަލްސާގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުންގެ ނަން ނޯޓް ކުރަން ކައުންސިލް އިދާރާގެ ޑިރެކްޓަރ ހުސައިން އިބްރާހިމް މަޖުބޫރު ކުރަމުން ގެންދާ ކަމަށެވެ. އަދި ނަން ނޯޓް ކުރާ މުވައްޒަފުން "އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާ އިން ވަކިކުރާނަން" ކަމަށް ތަކުރާރުކޮށް އަންގަމުންދާ ކަމަށް މުވައްޒަފުން ބުނެއެވެ.

ގަމު ކައުންސިލްގެ ޑިރެކްޓަރ ހުސައިން އިބްރާހިމް އަކީ އެމްޑީޕީގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

ކައުންސިލް އިދާރާގެ މުވައްޒަފަކު ބުނީ އިއްޔެ އޮފީހަށް ނިކުތުމުން ވެސް ޕީޕީއެމް ޖަލްސާއަށް ދާނަމަ ނަން ނޯޓް ކުރަން ހުސައިން އިބްރާހިމް އެންގި ކަމަށެވެ. ނަން ނޯޓް ކޮށްފިނަމަ ދެން ވާނީ ކިހިނެއްތޯ ސުވާލު ކުރުމުން އެމްޑީޕީގެ ވެރިކަމުގައި ވަޒީފާ އިން ވަކިކުރާނީ ކަމަށް ހުސައިން އިބްރާހިމް ވިދާޅުވި ކަމަށް މުވައްޒަފު ބުންޏެވެ.

"މީގެ ކުރިން ވެސް ހުސައިން އިބްރާހިމް މުވައްޒަފުންނަށް ތަކުރާރުކޮށް އަންގާފައި އެބަހުރި ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅޭނަމަ އެމްޑީޕީ އަށް ވެރިކަން ލިބޭ އިރަށް ވަޒީފާ އިން ވަކިކުރާނަމޭ. ދެން އަންނާނީ އެމްޑީޕީގެ ވެރިކަމެކޭ." މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.

ގަމު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެންބަރު މުހައްމަދު ސުނިލް "ވަގުތު" އަށް ވިދާޅުވީ ކައުންސިލްގެ ސީނިއާ މުވައްޒަފަކު ބައެއް މުވައްޒަފުންނަށް އިންޒާރުދޭ ކަމުގެ މައުލޫމާތު އޭނާ އަށް ވެސް ބައެއް މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ.

މުވައްޒަފުން ކުރާ ތުހުމަތުތަކާއި ގުޅިގެން ހުސައިން އިބްރާހިމްގެ ބަހެއް ހޯދަން އޭނާ އަށް ގުޅުމުން ވިދާޅުވީ "އަޅުގަނޑަކީ އެއްވެސް ނޫހަކަށް މައުލޫމާތު ދެވޭ ފެންވަރުގެ މީހެއް ނޫން. އަޅުގަނޑުގެ ހައިސިއްޔަތުން އެއްވެސް ނޫހަކަށް މައުލޫމާތެއް ނުދެވޭނެ." ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ހުސައިން އިބްރާހިމް ވަނީ ކޯފާއިސްކުރައްވާ ފޯނު ކަނޑުއްވާލައްވާފައެވެ.

ގަމު ކައުންސިލްގެ މުވައްޒަފަކު "ވަގުތު" އަށް ބުނީ ހުސައިން އިބްރާހިމް މުވައްޒަފުންނަށް އިންޒާރު ދެމުން ގެންދާ މައްސަލަަ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.

"ރައީސް މައުމޫންގެ ވެރިކަމުގައި ވެސް މިރަށުގެ ކުޑަކަތީބު ކަމުގައި ހުންނަވާ އެތައް ވައްކަމެއް ކުރެއްވި ކަމަށް އެބޭފުޅާ މައްޗަށް ތުހުމަތު ކުރެވޭ. އެމްޑީޕީ ވެރިކަމުގައި އެކަން ބަލަން އުޅުމުން އެމްޑީޕީ އަށް މުޅި އާއިލާ ސޮއި ކުރީ. އެމައްސަލަތައް އަލުން ބަލާ ފިޔަވަޅު އެޅުމަށް އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން." މުވައްޒަފު ބުންޏެވެ.

ގަމު ކައުންސިލަކީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. އެޑަމް

    އިންޒާރު ދިނީމަ ނޫހަކަށްނޫން އަންގާނީ އެކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާނީ،،، ޕީޕީއެމް ޖަލްސާއަށް ނުދާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަުގެ އިންޒާރު ދޭ މައްސަލަވެސް ޙަޤީޤަތެއްތޯ ބަލާ ފިޔަވަޅު އަޅަންވާނެ...

  2. މިގޭ

    މިކަމަކީވެސް މިމީހުން މިހާރުވެސް ކުރަމުން ގެންދާ ކަމެއް ރަށްރަށުގެ ފެނެކައާއި އެހެނިހެން ތަންތަނަށް ވަދެ މިކަހަލަ އިންޒާރުތައް މިހާރު ދެމުންގެންދަނީ މަދެއްކޮށެއްނޫން.

  3. އަޙްމަދީ

    ފެނޭތަ؟ އެކަމަކު ސަރުކާރުންނޯ މީހުނަށް އިންޒާރުދެނީ! ހަނދާންނައްތަލަން ޖެހޭނީ! އިންޝާއަﷲ ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިޚާބުކޮށްލާނަށް މިފަހަރުވެސް!

    • ބޯބުރި

      އަދިވެސް ނިދިކުރައްވާފަ ތޯ؟

  4. ހުސޭނުބޭ

    އޯގާތެރި ސަރުކާރޭ ކިޔައިގެން އަނިޔާވެރި ރައްޔިތުން ބިރުގަންނަވާ ސަރުކާރެއް ގެންނަން އުޅޭ ބައެއް ތި އެމްޑީޕީއަކީ!

  5. ސަޒާ

    ސިވިލް ސަރވިސް އަށް ހުށަހަޅާއިރަށް އެ ހުށަހެޅި މީހަކު އެގޭތޮތައް އެފޮނުވި ސިޓީއަކާއެކު ގަމު ކައުންސިލަށްފޮނުވައި ހުސައިން އިބުރާހީމް މެދުވެރިކޮށް އެމައްސަލަ ބެލުމަށް އަންގާނީ. ދެން ކިހެނެއްވާނީ ސިވިލް ސަރވިސް އިން ކަންތައްތައް ކުރަނީ މިހެން. އަޅުގަޑުމެން ސިވިލްސަރވިސް މުވަައްޒަފުންނަށް ސީ.އެސް.ސީ އިން އެންވެސް ރަށްކާތެރިކަމެއް ނުދޭ އަޅުގަޑުމެން ރާއްޖެތެރޭ މީހުންކަމަށްވާތީ

  6. Anonymous

    މުވައްޒަފުން ޕީޕީއެމްގެ ޖަލްސާއަށްދާން ނުޖެހޭ، ކައުންސެލަރ އެމްޑީޕީއަށް ކެމްޕެއިންކުރުން މައްސަލައެއްނޫން، އިގޭއެއްޗަކީ ރިޝްވަތުން އަންބޮނޑި ފުރާލާފައިވާ ކައުންސިލަރެއްކަން

  7. އިބުރަބެ

    ތިޔަ ހުސޭނަކާއި ޒިނަމާދާރު ވެރިޔާ ވައްޚާބް އަކީ ގަމުގައިތިބި އެމް.ޑީ.ޕީ. ގެ 2 މުގޫ.

  8. މުޙައްމަދު

    ތިފަދަ މީހުން މުއައްސަސާތަކުގައި ގިނަވެގެން މިހުރިހާ މައްސަލައަކީ، ފިޔަވަޅު އަޅައި ތިފަދަ ކަންތައް ތަކުރާރު ނުވާނޭހެން މައްސަލަ ނިންމަވައި ދެއްވުމަށް ކަމާއިބޭހޭ ފަރާތްތަކަށް ގޮވާލަން

  9. ރޮންދާ

    މިކަހަލަ ކިތައްމީހުން ސަރުކާރު މުވައްޒަފުންގެ ގޮތުގައި އެބަތިބި، ޔާމީންގެ ސަރުކާރާ ދެކޮޅުވާމީހުންނަށް ބިރުދައްކާ ވަޒީފާއިން ވަކިކުރައޭ ބުނާއިރު، އެގޮތަށް މީހުން ވަޒީފާއިން ވަކިކުރިނަމަ މިކަލޭގެ މިތަނުގައި މިއަދު މީހުންނަށް ބިރުދައްކަން ހުންނާނެތަ؟ ރައްޔިތުން ވިސްނާ

  10. ގަމު

    ރީތި ވެއްޖެއެންނު،، އިބޫ ކޮބާ ކޭ!!!!!

  11. ސަޒާ

    ސިވިލް ސަރވިސް އަށް ހުށަހެޅިޔަސް ވާނެކަމެއް ނޯންނަނެ. ތިމައްސަލަހުށަހަޅައިފިނަމަ އެކަން ބަލަން އަންގާނީވެސް ހުސައިން އިބުރާހީމް އަށް. އަދި އެކަން ހުށަހެޅުމަށް ސިޓީއެއް ފޮނުވައިފިނަމަ އެސިޓީވެސް ހުސައިން އިބުރާހީމް އަށް ފޮނުވާނެ.

  12. ފާތުމަ

    މީ އެމީހުން އެކިޔާ އިންސާފަކީ.ދެންވެސް

    ހޭއަރާބަލަ މީހުންނޭ.

  13. ނަޒީމް

    މީހުންވެސް ގެންނާނެ! ދާންވެސް ދާނެ! ހޮވާންވެސް ހަވާނެ ! އިން ޝާ އަﷲ!

  14. މުހައްމަދު

    އެކަމަކު އިންސާފުގެ މަގުން ހިނގަމުންދާ ބަޔަކު ތިކަހަލަ ކަމެއް ކޮށްފާނެތަ؟....

    ހެހެހެ...... މީހުންތައް ހޭބަލިވެގެން މިއުޅެނީ ދައްކާ ވާހަކައާއި އަމަލު ދިމާނުވާ ބައެއްގެ ފަހަތުން...

    މަ ގާތަށް އަންނަނީ ހިނި..

  15. ހަސަން / ޏ.ހޮސްޕިޓަލް

    ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ އެއިރަކު އޮންނަ ސަރުކާރެއްގެ މެނިފެސްޓޯ ތަންފީޒުކުރަން ތިބޭ ބައެއް. އެއީ ޕީޕީއެމް ވިއަަސް އެމްޑީޕީވިއަސް. އަޅުގަނޑު ހިތައްއަރަނީ ސިވިލްސަރވިސް އޮތީ ނިދާފަ ތޯއެވެ. ނޫސްތައް ނުބައްލަވާ މެމްބަރުން ތިބީކަމަށް ވެދާނެ، އެހެންނޫނީ މިކަން ބަލަންވެއްޖެތާ،

  16. ރައްޔިތުން

    ސިވިލްސަރވިސް އެއްވެސް މުވައްޒަފަކު ސިޔާސީ ހަރަކާތްތަކުގައި ރަސްމީގަޑީގައި އަދި ނުރަސްމީގަޑީގައި ބައިވެރިމުކީ ގަވާއިދުގެ 53 ނަންބަރ މާއްދާއިން މަނާކުރާ ކަމެއް، ވީމާ އެއްވެސް ޕާރޓީ އަކުން ބާއްވާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ. އެއްޕާޓީގެ ހަރަކާތުގައި ބައިވެރި ވުމުން ފިޔަވަޅު އަޅާނަމަ އަނެއް ޕާޓީ ހަރަކާތުގައި ބައިވެރިވުމުންވެސް ފިޔަވަޅު އަޅަންވާނެ. ސިޔާސީ ކަންކަމުގައި ބައިވެރި ނުވެގެން ވަޒީފާ އިން ވަކި ނުކުރެވޭނެ ކަން ސިވިލްސަރވިސް ކޮމިޝަނުގެ ސަރކިއުލާއަކުންވެސް ވާނީ އަންގާފައި.

  17. ބޭބެ

    މި ހުސައިން އިބްރާހީމަކީ ހާދަ ނާތަހުޒީބު މީހެކޭ ދޯ!! އެމްޑީޕީ ވެއްޖިއްޔާ ވާނީ މިހެން!! އެތާ އުޅޭ ގިނަ މީހުންނަކީ ރީނދޫ ޖޫސް ބޮޔެގެން ވާނުވާގައި އުޅޭ ބުރާންތިން ތަކެއް!! ޙުސައިން އިބްރާހިމްއަށް ބުނެލަން އޮތީ 1 ނަމްބަރާއި ދިމާލަށް ހެޔޮ ފާހަގަ ޖަހާލަން!! އޭރުންނޭ ތަރައްގީވެ ގައުމަށް ހަމަޖެހުން ގެނުވޭނެޔޭ!!

  18. އަސްލު އަލީ

    އެމްޑީޕީ ވެއްޖިއްޔާ ވާނީ މިހެން!!

  19. ބަލި ފޫޅު

    މިމީހުން ހިތުން މިމީހުން މިހާރު ވެރިކަން ކުރަން ފެށީ، ތިޔަށް ކިޔަނީ ޑޭ ޑްރީމިންގް

  20. ޒައިން

    ތިޔަ ބެގަނޑުގެ ޒަމާން ތިޔަ ދިޔައީ..ބިރުދެއްކުމާ ޓެރަރިޒަމްގެ ދައުވާ އުފުލަންޖެހޭ މީހެއް.. ތިހެން ބިރެއް ނުދެއްކެނެ މިއީ އެޒަމާނެއް ނޫން

  21. ޑިމޮކްރަޓިސްޓް

    އެއްވެސް ނޫހަކަށް މައުލޫމާތު ނުދެވޭ، ސްޓާފުންނަށް އިންޒާރު ދެވޭފެންވަރުގެ ބާފުޅެއްދޯ؟

  22. ބެލް

    ކޮންމެ މީހަކަށް ވެސް ތިޔަކަހަލަ ބިރުވެރިކަމާއި ނުފޫޒު އައިމަ އިހްސާސް ކުރެވޭނީ ތީކިހާވަރެއްގެ ކަމެއްކަން ....މީ މިސަރުކާރުގެ އަނިޔާ ލިބިފަ ހުރި އެކަން ތަހަންމަލް ކުރަމުންދާ ފަރާތެއް މީ...ހުރިތަނުން އެހެންތާކަށް ވަޒީފާ ބަދަލު ކުރުންވެސް އެއީ ދެވޭ އަނިޔާއެއް... އަދި ލިބޭ އުޖޫރަ އުނިކޮށް އާއިލާއަށް ލިބޭ ހިތްދަތިކަން އިހްސާސް ކުރީމަ އެނގޭނީ މިކަމުގަ ހުރި ނިކަމެތިކަން...ހުރިހާ އެންމެނަށްވެސް ހެޔޮވިސްނުން ދެއްވާށި!!

  23. މުޙައްމަދު

    ބުނާނެ ދޮގެކޭ އެއީ ރ.އަތޮޅު މަޑުއްވަރީ ގައިވެސް ފެނަކަ މުވައްޒަފުންނަށް އިންޒާރު ދިން ޕީޕީއެމް ޖަލްސާ އަށް ގޮސް ފީއާމު އެންޑީޕީ ސަރުކާރުގަ ވަޒީފާއިން ވަކިކުރާނެކަމަށް މީތަންކޮޅެށް ބޮޑު ވަރުދެން?

  24. މަ މިއު މަ

    ކޮން ދޮގެއް. މިއީ ކައުންސިލައް އޮންނަ ވެސް ބާރެއް ނޫން. އިދާރީ މުވައްޒަފުން ނަގާފަ ކަނޑާނީ އެލް ޖީ އޭ އިން

  25. ސަރވިސް

    ބަލަ ހަމަ ތިގޮތަށް ޕީޕީއެމް ޖަލްސާތަކަށް ނުދާނަމަ، ވަޒީފާ ގެއްލޭނެކަމަުގެ ބިރުދައްކާވަހަކަ ފަލަ ސުރުޚީގަ ކީއްވެބާ ނުލިޔަނީ އެފަދަ މައްސަލަތައް މާގިނަވިއްޔާ،

  26. ރާޅު

    ތިޔަކޯލިޝަން ސަރުކާރެއްއައިސްނަމަ މިގައުމުގެ ކަންކޮޅުތަކުގައިހުރި މުއައްސަސާތައް ފަޅުވާނެ މިއީޝައްކެއްވެސްހުރިކަމެއްނޫ ތިޔަކޯލިޝަނަކީ ސިޔާސީ ހަތަރުފަސްހިޔަޅުން ރިޝްވަތާއި އަދި ގައުމީވެރިކަމެއް ފަނާކޮށްލަންކުރިމަސައްކަތުން ޖަލުގޮޅިތަކަށް ވަދެތިބި ހިޔަޅު އައިނެކެވެ މިބައިގަނޑުސަލާމަތް ކުރުމައްޓަކައި ކޯލިޝަނޭކިޔައިގެން މިގައުމު ފުނޑުފުނޑުކޮއްލަން ކޯލިޝަނުންނެރެގެންއުޅޭ ދެފާދިރިންނައް ހެޔޮ ނުވާނެ ވޯޓް ނުދޭތި ކަންފަތު ފޫލުގަހިފާފަމިބުނަނީ

  27. ދިވެހިކަބަލުން

    ވަރަށް ބޭއިންސާފު. އެމްޑީޕީ އިބޫ ވަޑައިގަންނަވަން ވީމަ ތަން ތައްޔާރު ކޮށް މަރުހަބާ ދަންނަވަން ސަރުކާރު ރަސްމީ ގަޑީގަ ދިޔައީމަ ވެސް އޯކޭ. މިކަލޭގެ ފުރަތަމަ ވަޒީފާ އިން ވަކި ކުރަންވީ. ގަމުން އާއިލާ އެންމެނަށް ގޯތި ބަހާ ހުސްކޮށްފަ އަދި ވެސް ހިތް ނުފުރެނީތަ.

  28. ޒާ

    އެކަމަކު އިބޫ ބުނީ ވެރިކަމުގެ ފުރަތަމަ ދުވަހު ވަޒީފާ ދޭނަމޯ؟ މިވަނީ ކިހިނެއް؟

  29. ނަސިރު

    އޯކެ ވަޒީފާ ގެއްލުނަސް އމޑޕ ވެރިކަަމަށް އައިސްފަ ތިވޒީފާތށް ދޭނަމޭ ފައިސްލް ބުންޏެއްނު ހަމަހަމަ ވަންޏާ އމޑޕ އަކީ ސިންގާ ހިަޔަޅުގެ ވެރިކަން ﷲ އިރާދަކުރެއްވިއްޔާ ދުވަހަކަވެސް މިގައުމުގެ ވެެރިކަން އމޑޕ އަށް ނުދެއްވާންދޭވެ

  30. ދަންނަ ނުދަންނަ

    ތިޔަބުނާ ހުސެއިން އާއި ވައްހާބަކީ ފެށުނީސްސުރެ ގަދަބާރު ދައްކައިގެން ތިމާމެން ނޫން ބަޔަކު އެރަށުގަ ނެއްކަމައް ހެދިގެން މީހުން މައްޗައް ހެޔޮބަޔަކު ކަމައް ވަރައް ހެދިގެން އުޅޭ ދެމީހުން.ނުހައްގުން ރަށުގެ ބިމުން ވެސް ވައްކަންކޮއްގެން އުޅެނީ.އެ ދެމީހުންގެ އާއިލާ ކޮޅުގެކޮޅައް ރަށުގެ ބޭނުން ހިސާބަކުން ގޯތިވެސް ދީފަ އެބަހުރި.އެހެން މީހުނައް ދުވަހަކުވެސް ސަރުތު ފުރިހަމަ ނުވާނެ.ރައީސް ޔާމިން ދޭން އެބުނި ހުރިހާ ގޯއްޗެއް ވެސް ސަރުތު ފުރިހަމަ ވެގެން ލިބޭނީ އެ ދެބޭފުޅުންގެ އާއިލާ އަށާ ގާތްތިމާގެ މީހުނާ ރިސްވަތު ދޭމީހުނައް?

  31. ވާރޭ

    ޙުސޭނާ ވައްހާބު ކަނޑާލާ

  32. Anonymous

    ކިހާދެރަކަމެއް

  33. ލިމްލީ

    ސަރުކާރު މުވައްޒަފުން އެކަނެއްނޫން.ފިރިން އަނބިންނަށްވެސް ބިރުދައްކަނީ.އެމްޑީޕީ އަށް ވޯޓު ނުދީފިއްޔާ ވަރިކުރަން. އައިޑީ ކާޑު ފޮރުވަން.. ހުދްް. އަޅުގަނޑުވެސްމިހުރީ މަޖުބޫރު ހާލަތުގައި. އިބޫއަށް ވޯޓު ނުދީފިއްޔާ ދެދަރިންނާއެކު އަޅުގަނޑު ދޫކޮށްލާނެ ކަމުގެ އިންޒާރު އޮތީދީފައި. އެކަމަކުމުޅި އާއިލާ ބޭސްފަރުވާއަށް އެހީ ހޯދަނީ މެޑަމްއަށް ގުޅައިގެން. ވަރަށްލަދުގަނޭ މިވާހަކަ ދައްކަންވެސް.?

  34. ޑީޑީ

    މިހާރުން މިހާރައް ހުސޭނު ވަޒީފާއިން ވަކިކުރަން ފެނޭ