އަންނަ އާދީއްތަދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އެއްގަލަކަށް އަރައިފިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ޕާޓީ ޕީއެންއެފް ގުޅިގެން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ދާއިރާގެ ސަރުކާރުގެ ކެނޑިޑެޓް ބަލިކޮށް ގޮނޑި ކާމިޔާބުކުރުމަށެވެ. އެގޮތުން ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) އަށް ޕީއެންއެފުން ވަނީ ތާއީދުކޮށްފިއެވެ.

ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ކުރީގެ ވަޒީރު މުޙައްމަދު މަލީހް ޖަމާލް ކުރެއްވި ޓްވީޓެއްގައި އެކަން ވަނީ ހާމަކޮށްފައެވެ.

މަލީހް ވިދާޅުވީ، މިވަގުތަކީ ކުލަތައް ދޫކޮށް ގައުމުގެ ސަލާމަތަށް ނުކުންނަންވީ ވަގުތު ކަމަށާއި އަދުރޭގެ ނާޤާބިލްކަމުން ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.

މީގެ އިތުރުން ފުވައްމަުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންއެފްގެ ކެނޑިޑޭޓު މުޙައްމަދު ޝަރަފުއްދީނަށް ތާއީދުކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.

އެ ޕާޓީގެ އެ ދާއިރާގެ ހުރިހާ މެމްބަރުން ވެސް ޝަރަފުއްދީނަށް ތާއީދުކޮށް ވޯޓުދިނުމަށް އެމްޑީޕީން އެދިފައިވެއެވެ.

ޕީއެންއެފުން ބުނީ އެމްޑީޕީ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް ނިންމީ އެ ދާއިރާގައި ވާދަކުރައްވާ ޕީއެންއެފްގެ ކެނޑިޑޭޓްގެ ފަރާތުން އެ ޕާޓީއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަންތައްތަކެއް ފެނިގެން ކަމަށެވެ.

ނުޒޫއަކީ ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ އަނބިކަނބަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޅަދު

    ޅަދުން ބޯ ހަލާކު. މަލީހު ލަދެއް ނުގަނޭތަ ގައުމު ފަނާކުރި ޕާޓީއަށް އެހީތެތިވާން. ޓިވެސް ފަނާ ޕާޓީ

    32
    2
  2. ޢަޒްރާ

    މަލީހުމެން ކައްކާ ބޮނޑިބަތް ކާނެ ބަޔަކު މިހާރު ނެތް ތިގޭމު ކުޅެގެން ގޯލެއްނުޖެހޭނެ

    34
  3. ހަމްދު

    ޔާމީނު ކީހާޅުން ފަރައްސަވެ ނިމުނީ. މިހާރު ޔާމީނު ހަދާންނެތް އޭނާ އައް އަދީބު ލައްވާ ދޮގު ބަޔާންދީ ޖަލައްލާ އަދި އިންތިހާބުން މަހުރޫމްކުރި މީހުން ވެސް. ޔާމީނު ބުނީ ތެދައް އޭނާޔައް ދުވަހަކު ވެސް ނޭނގޭނެ ބާޒުތައް ވަކިކުރާކައް

    35
  4. މުއިއްޒުއާއި އެކު މަޖިލިސް

    1. ޕީއެންއެފްއަށް 3000 މެމްބަރުން ހަމަވީ ކިރިޔާ. އެކަހަލަ ކުދި ޕާޓީ ތަކުގެ މީހުން ހުދު އެޕާޓީއަށް ވޯޓު ނުލާކަން ކާނަލް ނާޒިމްގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިންވެސް އެނގޭނެ.
    2. ފުއަންމުލަށް ކުރިން ތަރައްގީކޮށްލީ ނަޝީދު. އޭނާއަށް އިބޫމެން ހަދާލިގޮތް ފެނިއްޖެ. މީހާރު ދެން މުއިއްޒު ތަރައްގީ ގެނެސްދޭން އުޅުނީމަވެސް އެއުޅެނީ ހުރަސް އަޅަން

    33
    1
  5. Anonymous

    ސިޔާސީ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން، މަލީހު ކަލޭ ވަޒީރުކަން ނުލިބިގެން ތިޔަ އުޅޭވަރެއް ދޯ !

    34
    1
  6. ޢެޑްމުންޑޯ

    ބޭކާރުކަމެއް ، ރަށުތަރައްގީއަށް ކަމެއްކޮށްދެވޭނިވީވެސް އަދި ވަޒީފާ އެއްވެސް ހޯދާދެވޭނީ ސަރުކާރު ކެންޑިޑޭޓަށް ، އިދިކޮޅު މީހާ ހުންނަންޖެހޭނީ ފެލިފެލި ، ވާނެ ކަމެއްނޯންނާނެ ، ދެން ވޯޓްތަކަށް ރިޝްވަތު ނެގުން އޮންނާނި ، ބުއްދިވެރިން މިކަންތަކަށް ވިސްނާނެ ،

    38
    1
  7. ކަޅު ހުއްތު

    ޅިބެން އޮޓް ވޯޓުކޮޅުވެސް ތިގެއްލުނީ މަލީހުމެން ދެން ލަލާ!!!!

  8. ސައުސަން

    އައްޗީޑި ! މި ސިޔާސީވެރިންގެ ނުހުރެދޯ އެއްވެސް ހަރުދަނާ ގޮތެއް ؟

  9. Anonymous

    ޔާމީން ވެސް ޤައުމަށް ހެޔޮއެދޭ .މީހަކަށްނުވި
    ޤައުމުދެކެ ލޯބިނުވާ ، ޤައުމާއި ދޭތެރޭ ނުވިސްނާ ބައެއްގެ ފަތަށް ޗައެރީ. ޔާމީނަށް ކުރި އަނބުރާ މިގެންދިޔައީ ވަށްވެދުން. ހަތުރުންނާއި މިތުރުން ވަކިނުވި.

  10. ވަހީދު

    މަލީހްމެން ލަދެއްވެސް ނުގަނޭތަ އެމް.ޑީ.ޕީ އަތްދަށު ވެގެން އުޅޭކަށެއް. ކުލަތައް ދޫކޮށް ތިޔަ އުޅެނީ އެންމެ ފައިދާވާނެ ޕާޓީ އާއި އެކުތަ. އަދުރޭގެނާގާބިލްކަމޭ ކިޔާއިރު އަދުރޭއަކީ ވެރިކަން ކުރާ ޕާޓީ އަށް ތިޔަ އެމް.ޑީ.ޕީއިންއެތައްދުއްތުރާ އެއްކޮޮށް ހެދިއިރުވެސް ޕާޓީއާއިއެކުއެންމެންގޮވައިގެންސާބިތުކަމާއި އެކުހުރިމީހާ. އަމިއްލައަށް ތިމާވަރުގެގާބިލު މީހަކުނެތޭ ހިތަށް އަރާއިގެން އުޅޭ މީހުން ނަށް ވާކަމެއްއެބައޮތްތަ. ތިޔަމަލީހްގެ އަބުރު ކަތިލަމުން އެމް.ޑީ.ޕީ މީހުން ދުވިހަދާން އަހަރުމެންއެބަހުރި. އަދި ރައީސްޔާމީން އާޢި އެމަނިކުފާނުގެ އަނބިކަނބަލުންނާ އާއިލާ އަށްކުރި ފުރައްސާރަ ދިވެހިގިނަރައްޔިތުންނަށްއެގޭ. މިސިޔާސީ މީހުންނާއި ހެދި ބޯހަލާކުވާވަރުވޭ ދުވަސްކޮޅަކުވެސް އެއްގޮތަކަށްނުހުރެވޭ.

  11. އިސްޢާފް ސަލީމް

    ތިހަރެގެން ހަތަރެސްކަން ހަމަވަނީ!!!! ލަދުން ބޯ ހަލާކު!!!!! އެކަމަކު އިންޝާއަﷲ ތިޔަ ބައިގަނޑު ބަލިކޮށް ޕީއެންސީ ކާމިޔާބކުރާނެ!

  12. Anonymous

    އާމީން ތިޔަ ބައިގަޑު ބަލިކުރައްވާށި ދެ މަހާޗޯރުންގެ ބައިގަޑު އެއްވެ އުޅުނީމާ ކެނޑޭނީ އަލިފާން.