އއ. އުކުޅަހުގެ ބައެއްގެ ގޮތުގައި ގަލަގިލި ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ނިންމެވީ ރައީސް ޑރ. މުއިއްޒު ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރެއްގައއެވެ.

އެ ގަރާރުގައިވާ ގޮތުން ރާއޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ގަލަގިލި އަކީ އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމާފައެވެ.

އއ. "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ވެސް ރައީސް ވަނީ މީގެ ކުރިން ހަމަޖައްސަވައިފައެވެ.

ގަލަގިލި ފަޅު އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާއިރު އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި އެއަތޮޅު މާފަރުފަޅު އިއްޔެ ރައީސްގެ ގަރާރަކުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ނ. މާފަރުގެ ބައެއްގެ ގޮތުގައި އެ އަތޮޅު "ފަރުމުލި" އާއި "ކަންޑިންމަހުރާ" ހަމަޖައްސަވައި، އެކަމާ ގުޅޭ ގަރާރު ވެސް ނެރުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަނީ

    މިވަރުން ދަނީޔާ މާލެވެސް ވަށަފަރުގެބައެތްގޮތުގާހަމަޖަސަފާނެ

  2. Anonymous

    މުޅި ކ އަތޮޅަކީ މާލެ މިހާރު.

  3. އަބޫ

    ތާވަތާއަކީ ރ.މީދޫގެ ބައެއްގެ ގޮތުގައި ހަމަޖައަސައިދެއްވުންއެދެން

  4. Anonymous

    ނަންވެސް ބަދަލުކޮށް ގިލިގިލި ފަޅު ހަމަޖެެއްސިނަަމަ ރަގަޅު