ކޮންމެ ޕާޓީއަކަށް މެޖޯރިޓީ ލިބުނަސް ޔާމީން މިނިވަން ކުރެވޭނީ ކޯޓަށް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ، ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރައީސް ޔާމީން މިނިވަން ނުވާނެ ކަމަށް އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމާ ގުޅިގެންނެވެ.

މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ޕާޓީއަކަށް މެޖޯރިޓީ ލިބުނަސް ކުރީގެ ރައީސް ޔާމީން މިނިވަން ކުރެވޭނީ ކޯޓަށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކަން ނުކުރެއްވޭނެ ކަމަށެވެ.

މުއިއްޒު "ވަގުތު"އަށް ވިދާޅުވީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް، ނިހާއީ ހުކުމަކަށް ނުވަނީސް ރައީސުލްޖުމްހޫރިއްޔާއަށް އަދަބަށް މާފު ވެސް ނުދެއްވޭނެ ކަމަށެވެ. އެހެންކަމުން، ޔާމީން މިނިވަން ކުރުމަކީ ރައީސަށް ކުރެއްވޭނެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު އަދަބެއް ދީފައިވާ ވ. އާރަށު ހިޔާނާތުގެ މައްސަލައިގެ ހުކުމް އެމަނިކުފާނު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކުރައްވައިފައެވެ. އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ. އެ ހުކުމް ނިހާއީ ހުކުމަކަށް ވާނީ ހައި ކޯޓުން ހުކުމް އިއްވުމުން ޔާމީން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާ ނަމައެވެ. ނުވަތަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ގޮތެއް ނިންމުންނެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބައެއް ބާވަތްތަކުގެ ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް މައާފު ދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމުގެ އިހުތިޔާރު ރައީސަށް އޮވެއެވެ.

އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނާއި އެމަނިކުފާނާއެކު ދައުވާ ކުރި ޔޫސުފް ނައީމް ގޭ ބަންދަށް ބަދަލުކުރުމަކީ ޤާނޫނީ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް މުއިއްޒު މިއަދު "ވަގުތު"އަށް ވިދާޅުވެފައެވެ.

ޑިސެމްބަރު 25، 2022 ވަނަ ދުވަހު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމް ތަންފީޒު ކުރަން މާލެ ބަންދުގައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން އެމަނިކުފާނަށް އަދިވެސް މަނައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަން މަނާކޮށްފައި ވިޔަސް، ޔާމީނަށް ބޮޑެތި ލުއިތަކެއް މިހާރު ވެސް ލިބިވަޑައިގަންނަވައެވެ. އެގޮތުން ކަސްރަތު ކުރައްވަން ބޭރަށް ނުކުންނެވުމާއި ބޭސްފަރުވާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވެއެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.

ޔާމީން ގެއަށް ބަދަލު ކުރީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.

ކުރީގެ ސަރުކާރުން ދިން ލުއިތަކުގެ އިތުރުން ޔާމީންގެ ފަރާތްޕުޅުން ވަނީ އިތުރު ލުއިތަކެއް ދިނުމަށް ކަރެކްޝަންސްގައި މި ފަހުން އެދިފައެވެ. އެއީ އެމަނިކުފާނުގެ ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިއަކު އައިސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުމެއް ދިނުމުގެ ހުއްދައަށާއި އެމަނިކުފާނާއި ބައްދަލުކުރަން އެދޭ މީހުންނާއި އަމިއްލަ ގެއިން ބައްދަލު ކުރުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ނުވާތީ ބައްދަލުކުރަން އެދޭ މީހުންނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އޮފީހުގައި ބައްދަލު ކުރުމަށް ހުއްދައަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ލުއިތަކަކަށް އެދުނު ނަމަވެސް ގާނޫނީ ފުށުއެރުންތަކެއް ހުރުމުން އިތުރު ލުއިތަކެއް ދެވެން ނެތްކަން ކަރެކްޝަނުން ވަނީ އަންގައިފައެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޚަލީލް

    ޖަމީލަށް ވެސް އެކަން އެނގޭނެ. ނަމަވެސް، އޭނާއާއި އޭނާގެ ކޮއްކޮ މަލީޙާ ދެމީހުންގެ ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލުމާއި ފިތުނަފަސާދަ އުފެއްދުން.

    56
    8
    • ހަސަނުގެ ދަރި ލަތީފް

      ޢެއީޔޭ މަމެން ޤާނޫނު ނުދަންނަ މީހުންވެސް ބުނާ ވާހަކައަކީ ކޯޓުން ހުކުމް ކަނޑައަޅާ ކޯޓުގެ މަރުހަލާ ނިމުމުން ނޫނީ ރައީސްމީހާ އަކަށް އެއްވެސް ކަމެއް ނުކުރެވޭ ނެޔޭ. ޔާމީނުގެ މައްޗަށް ހުކުމް ކަނޑައަޅަން އެމްޑީޕީސަރުކާރުން ފަނޑިޔާރުންގެ މައްޗަށް ބާރު ހިންގާ އެކަން ކުރުމުން ޕްތޮމޯޝަން ފިނަކަސް މަ ހިތުން މުއިއްޒު ކޯޓުތަކަކަށް އަތެއް ނުބާނާނެ.

      32
      1
  2. ޙައްގުބަސް

    މިހެންވެ މިދަންނަވަނީ ކޯޓްތަކުގެ ވާހަކަތައް ފުޅާ ދާއިރާއެއްގައި ދައްކަންޖެހެޔޭ! ކޯޓްގެ ހުރުމަތޭ ކިޔައިގެން އަމިއްލަޔަށް އެއްޗެއް ހަދައިގެން ބިރު ދައްކަނީ! މިރާއްޖޭގެ އޮތް ތިން ބާރުގެތެރެއިން އަދުލު އިންސާފުގެ ބާރުން ކުރާ ކަންކަން ފިޔަވާ އަނެއް ދެ ބާރުން ކުރާ ކަންކަމުގެ (ރަގަނޅު އަދި ގޯސްކޮށް ކުރެވޭ ކަންކަން) ވާހަކަ ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްތަކުން ގެނަސްދޭ! ހަމަ އެބީދައިން އަދުލު އިންސާފުން ކުރާ ރަގަނޅު އަދި ނޭދެވޭ ކަންކަމުގެ ވާހަތައްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްތަކުން ރައްޔިތުންނާ ހަމަޔަށް ގެނަސްދޭން އެބަޖެހޭ! މިކަން ނޫސްތަކުން ނުކުރަނީ ކޯޓްތަކުގެ ހުރުމަތޭ ކިޔައިގެން "ބިރު" ދައްކާތީ ކަމަށް ބެލެވޭ! ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އަދުލު އިންސާފުގެ ދާއިރާއިން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަ ދައްކަންޖެހޭ! އޭރުން ރަގަނޅުކުރަން މަސައްކަތްކުރާނެ! ބޮޑެތި ކިތައް މައްސަލަތޯ ފުލޮޕް ކޮށްލާފައިވަނީ؟ ކިތައް މީހުންގެ ޙައްގުތައްތޯ ކޯޓްތަކުގައި ލަސްކޮށްފައި ތާށި ކޮށްފައި އޮތީ؟ ޝަރީޢަތް ނިމެންދެނޭ ކިޔާ މީހުން ޖަލުގައި ބައިތިއްބަން ކޯޓުން ޙުކުމްކޮށްފައި، ތިން ހަތަރު އަހަރު ވަންދެން މައްސަލައަށް ގޮތެއް ނުނިންމާ އޮތީ ކިތައް މައްސަލަތޯ؟ ސިޔާސީ އެކިއެކި ފަރާތްތަކާއި ގުޅޭގޮތުން ޝަރީޢަތް ހިންގާ މައްސަލަތަކުގައި ތަފާތު އެތައްގޮތަކަށް ޢަމަލުކޮށްފައި އޮތީ ކިތައް މައްސަލަތޯ؟ ދެން ޔާމީންގެ މައްސަލައެއް ބެލި ކަމުގައި ވިޔަސް ހުރިހާ އަޑު އެހުމެއް ނިންމާ އަހަރެއް ވާން ކައިރި ވެގެންދާއިރު ޙުކުމް ނުކޮށް އޮތީ ކީއްވެގެންތޯ؟ މިހިރީ ނޫސްވެރިން ދިރާސާކުރަންޖެހޭ ކަންކަން! ރައްޔިތުންނާ ހަމަޔަށް މަޢުލޫމާތު ތިލަކޮށްދޭންޖެހޭ!! މިވާހަކަތައް ދެއްކީމަ ފުލުހުންނަށް ބިރު ދައްކާ ނޫސް ތަކަށް ބިރު ދައްކާ ހެދޭނެކަމަކަށް ނުދެކެން! ފުލުހުން ތަޙްގީގުކޮށް ފޮނުވާ މައްސަލަތަކާއި ގުޅޭގޮތުން ފުލުހުންވެސް ވާހަކަތައް ކުރިއަށް އޮތްތަނުގައިވެސް ފުޅާކޮށް ރައްޔިތުންނަށް ސާފުކޮށް ދޭންޖެހޭ!!

    32
    1
    • ކިޔު

      ރަނގަޅާއި ގޯސް ނިންމަނީ ކޮން ފަރާތަކުންބާ!؟ އެހެންވިއްޔާ ފުލުހުން ނުވަތަ ޕީޖީ އޮފީހުން ހެކި ހުށަނާޅައި ގޯސް ހެދިފައި ހުންނަ މައްސަލަތަކުގެ ވާހަކަ ޝަރީއަތް ނިންމާފަ ނޫސްވެރިނ އެްކޮށްގެން އެވާހަކަ ދެއްކުން ރަނގަޅުވާނެބާ!!؟؟

  3. ސަލީމްބެ

    ޔާމީންއަށް ޖަމީލުގެ ފެންވަރު އެގޭނެ ކަމަށް އުއްމިދު ކުރަން މިކަހަލަ ބޮލުރޮއްޖެއް ވަކީލަކަށް ލައިގެން ޔާމީން އުޅެގެން ޖަލަކުން ދުވަހަކުވެސް މިނިވަނެއް ނުވާނެ އަދިވެސް ދެފަރާތަށް ދެ ބޮނޑިބަތް ގަނޑުލައިގެން ފިތުނަ އުފައްދަން ހުންނަވާ

    36
    4
  4. Anonymous

    ވަގެއް މިނިވަންވަން ކުރެވެނީ ހަމަ ކޯޓަށް .

    10
    16
    • Anonymous

      ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލު އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ގަބީލާ ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !

  5. ހަންޑިކުޑަ

    ރައީސަށް އެކަން ނުކުރެވޭނެކަން އެނގިހުރެ ރައްޔިތުންނަށް އެވަރުގެ ބޮޑު ރޯ ބުޙުތާނު ދޮގު ހެދީ ކީއްވެބާ! ހަމަ ވެރިކަމުގެ ދަހިވެތި ކަމުގަ ދޮތަ! އެހެން ކަމަށް ވާނަމަ މަކަރު ވެރި ދޮގު ހަދާ ރައްޔިތުންނަށް ދޯކާ ދީފައިވާ ވެރިއަކަށް މަޖުލިހުގެ ގޮނޑިތައް ދޭން ހެޔޮވެސް ނުވާނެދޮތަ!

    26
    34
    • ބީނޫ

      މައްސަލަ ކޯޓުގަ އޮތީމަ އެކަން ނުވާނެ ވާހަކަ އެބުނީ. ކޯޓުން ނިމުނީމަ މިނިވަން ކުރެވޭނެ . މިސާލު: އަދީބު މިނިވަންވުން

      25
  6. އަބްދޫ

    ޔާމީނުގެ މައްޗަށް ސަރީއތަށް ސާބިތު ވެފައިވާ މައްސަލައަކީ ވެސް ދަވްލަތުގެ ފައިސާއަށް ހިޔާނާތް ވުމާއި ގުޅުންހުރި މައްސަލައަކަށް ވާތީ ރައީސުލްޖުމަހޫރިއްޔާ މައާފްދީގެން ޔާމީނު ދޫކޮށްފިނަމަ ރިޔާސީ އިންތިހާބުގަ ވާދަކުރުމުގެ ފުރުސަތު މުޅި އުމުރަށް ގެއްލިގެންދާނެ. ސާބިނު ނުވާ މައްސަލައެއްގެގޮތުގާ ކޯޓުން ނިމިގެންމެނުވީ ޔާމީނަށް އިތުރު ފުރުސަތެއް ލިބެން ނެތް

    25
  7. ހެ

    ޔާމީން ވީމަ ރައީސްއަކަށް ކަމެއް ނޮކޮށްދެވެ، އެކަމަކު އަދީބުއާ ޒިޔަތު ވަނީ ރައީސް ސޯލިހު މާފުދީ މިނިވަން ކޮށްދީފަ.

    15
    6
    • ޛުލީނާ

      އަދީބާއި ޒިިޔަތު އިސްތިއުނާފަށް މައްސަލަ ހުށައެއްނާޅާ. ޔާމީނަށް މާފު ނުދެވިގެން އުޅޭ ސަބަބަކީ، ޔާމީނު އިސްތިއުނާފަށް މައްސަލަ ހުށަހަޅާފައި އޮތީމައި، މައްސަލަ އަދި ނުނިނޭތީ. މައްސަލަ އިސްތިއުނާފުގައި އޮއްވައި، މާފު ދިނުމުގެ ބާރެއް ރައީސަށް ޤާނޫނުން ލިބިއެއް ނުދޭ. މީހުން ދައްކާފައި ހުންނަ ވާހަކަ ރަނގަޅަށް ކިޔައި ނުވަތަ އެ ވާހަކަތައް ރަނގަޅަށް އަޑުއަހައި ހަދައިގެން
      ކޮމެންޓްކޮށްބަލަ. ޔާމީނު ބޭނުންވަނީ އޭނާއަކީ ކުށެއް ނެތް މީހެއްކަން ކޯޓުން ކަނޑަަަޅަން. ކޯޓުން އެގޮތަށް ކަނޑަަނާޅައި ރައީސް މާފު ދީފިނަމަ، ޔާމީނުގެ ކުށުގެ ރެކޯޑު އޮންނާނެ. އޭރުން ވާނެ ގޮތަކީ، މިއިން ޒަމާނަކުވެސް އެއްވެސް އިންތިޚާބަކު (ދައުލަތުގެ އިންތިޚާބީ އެއްވެސް މަގާމަކަށް) ޔާމީނަކަށް ކުރިމައްޗެއް ނުލެވޭނެ.
      ތިޔަކަހަލަ ތަނެއްދޮރެއް ނޭނގޭ މީހުންގެ ބަސް ގަބޫލުކޮށްގެން ޔާމީނު އުޅޭތީ މައްސަލަަައަކީ. އެކަމަކު މާ ތަންދޮރު އެނގޭ މީހަކަށް ހެދިގެން ޔާމީނު އުޅެނީ. އެކަމަކު ޤާނޫނެއް ގަވާއިދެއް އޮންނަ ގޮތެއް ވެސް ނޭނގޭ.

  8. ހަސަނުގެ ދަރި ލަތީފް

    ޢެއީޔޭ މަމެން ޤާނޫނު ނުދަންނަ މީހުންވެސް ބުނާ ވާހަކައަކީ ކޯޓުން ހުކުމް ކަނޑައަޅާ ކޯޓުގެ މަރުހަލާ ނިމުމުން ނޫނީ ރައީސްމީހާ އަކަށް އެއްވެސް ކަމެއް ނުކުރެވޭ ނެޔޭ. ޔާމީނުގެ މައްޗަށް ހުކުމް ކަނޑައަޅަން އެމްޑީޕީސަރުކާރުން ފަނޑިޔާރުންގެ މައްޗަށް ބާރު ހިންގާ އެކަން ކުރުމުން ޕްތޮމޯޝަން ފިނަކަސް މަ ހިތުން މުއިއްޒު ކޯޓުތަކަކަށް އަތެއް ނުބާނާނެ.

    19
    3
  9. ބަތްކައްކާ

    ތިހެނެއް ނޫން ބާ ކުރިން ވެސް އެކަން އޮންނާނީކީ.. އެކަމަކު ކުރީ ސަރުކާރުގެ ދުވަސްވަރު މިހާރުގެ ރައީސް ގޮވަމުން ދިޔައީ އޭރުގެ ރައީސްްް ކޯޓުތަކަށްްް އަތްބާނާގެނޭ ޔާމީނު ޖަލަށްލީ.. ތިމަންނަ ވެރިކަމަށް އައިއްސިއްޔާ ފުރަތަަ ވެސް ޔާމީނު މިނިވަންކުރާނިއްޔޭ (ޤާނޫނުގެ ތެރެއިން). ހަތަރުމަސްވީހުކުމާހަމައަށްްް ގޮއްސައޮތް މައްސަލައެއްގައި އެންމެ އަޑުއެހުމެއްވެސް ނުބާއްވާތާ.. އެކަމާ މެދު ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަން ހޯދި އެކަކުވެސްްް ކަންބޮޑުނުވަނީ ޔާމީނ ދޫވާން ބޭނުން ނުވާތީ. މަޖިލިސް ލިބިއްޖެއާ ފަނޑިޔާރުންތައް ބޭނުން ގޮތަކަށް ކަނޑާ ވަކިކޮށް ކޯޓު ބަދަލުކޮށް ބޭނުންވާ މީހުން ފަނޑިޔާރުންނަށް އައްޔަންކޮށް ހެދޭނެ ޖޭއެސްސީ އަތުޖެހުނީމަ.. މަޖިލިސް ލިބުނީމާ ޖޭއެސްސީ ލިބުނީ.

  10. ޚަލީމް

    ޢެންވިމާ އޭނާގެ ކެމްޕޭނުނުގައި ރައްޔިތުންނަށް ދޮގު ހެދީ ދޯ

  11. ދަތްނެތްކުއްޖާ

    ކުދިންނޭވެ! ބަލަން ތިބޭ. މަޖުލިހުގެ އިންތިޙާބު ނިމުނީމަ ޔާމީނު ޝަރިއްޔަތް ކޯޓުގައި ވަރަށް ބާރަށް ހިނގައި ގަންނާނެ. ކޮންމެ ގޮތަކަށް ނިމުނަސް ކުރިއަށް މި އޮތް މަސްދުވަހުގެ ތެރޭގައި ޔާމީނުގެ ޝަރިއްޔަތް ކޮލެއްގަ ޖެހޭތަން ރައްޔިތުން ބަލަން ތިބޭ! މި އަށްވެސް ނުކިޔާނެ ނުފޫޒު ފޯރުވުމެކޭ ދޮތަ!

  12. ކަޅު ހުއްތު

    ރައްޔިތުންގެ ތެރޭން %70 މީހުން ތިކަން ގަބޫލްކުރޭ. ޖަމީލުމެންގެ ހިޔަޅުކަމަކީ އެމީހުން ބޭނުންވަނީ ޑރ.މުޢީޒު ރ.ޔާމިން ދޫކޮއްލަން. ޢޭރުން ކުށެއް ނުކުރާ މީހަކައް ނުވެ، ވާނީ ރައީސް މައާފު ދެއްވިމީހަކައް. އޭރުން އެލައްގަނޑު ނުފިލާތާއަބަދައް އޮންނާނެ، އަނެއްކޮޅުން މޑޕގެ ބޭނުމަކީ އެމީހުން ކަންކުރި ގޮތައް ޑރ.މުއީޒުވެސް ޖުޑިސަރީއައް އަތްބާނާ ފަޑިޔާރުންނައް ހަދިޔާ ދީގެން ރ.ޔާމިން މިނިވަންކުރަން، ޢޭރުން ޑރ.މުއީޒު ޖުޑިސަރީ އައް އަތްބޭނިކަން ތާއަބަދައް ތައްގަނޑުޖަހަން. އަހަރުމެންގެ ބޭނުމަކީ ޑރ.މުއީޒުއައް ކިތަންމެ ޕްރެސަރެއްކުރިޔަސް އެފަދަ ކަމެއްނުކުރުން އަދި މިނިވަން ޖުޑިސަރީއަކުން ރ.ޔާމިންގެ މައްސަލަ މިނިވަންކަމާއެކީ ފައިސަލާކޮއް ކުށެއްނުކުރާ ބޭފުޅެއްނަމަ އަވަހައް މިނިވަންވުން

  13. ހަނީ

    ކިވެގެންތޯ ކޮއްކޮ މުއީޒު އަށް ކުރީގާލަފާނުދިނީ ލަފާ ދިއްނަމަ ދޮގުހަދާގެން ވެރިކަމަ ނާދެވުނީހޭ

  14. ބޮންބެ ޢަލީ

    ތިކަން އެނގޭ. އެކަމު ކޯޓަށް މައްސަލަ ބެލިޔަ ނުދީ ހިފެހެއްޓޭ ކަލޯ މުއީޒޫ، އެވާހަކައޭ ޖަމީލު އެ ދައްކަނީ

  15. ޔަ

    މި ސަރުކާރުން ޔާމީން މިނިވަންކުރާނެކަމަށް ގަބޫލެއް ނުކުރަން.

  16. ނިޔާމް

    މިރާއްޖޭގެ އެންމެ ބޮޑު މަސްއަލައަކީ ޤާނޫނެއް ފާސްކޮށްފައި އޮތަސް ޤާނޫނު ތަންފީޛު ކުރަނީ އެކި މީހުންނަށް އެކި ގޮތަށް ކަމަށްވުން. ނިކަމެތި މީހާއަށް ވީމާ ޤާނޫނުގައި އޮންނަ ގޮތަށްވުރެވެސް ނުބައިކޮށް ނުވަތަ ޤާނޫނުގައި އޮންނަ ގޮތަށް ޢަމަލު ކޮށްފައި ފައިސާވެރިއެއް ނުވަތަ ބޮޑުންގެ ތެޜޭގައި ހިމެނޭ މީހެއް ކަމުގައިވާނަމަ ހަމަ އެޤާނޫނުގައި އޮންނަ ގޮތާއި ޚިލާފަށް ލުއި ދީފައި ހުރުން.
    މިކަމުގެ ދިރިހުރި މިސާލަކީ ޖަލު ޙުކުމް ކޮށްފައި ތިބި ނިކަމެތި ރައްޔިތުން ޖަލުގައި ބަންދުގައި ތިބި އިރު ޖަލު ޙުކުމެއްގައި ހުރި ރައީސް ޔާމީން ހުންނަނީ މާލެތެރެއަށް ދޫކޮށްފައި ކަމަށްވުން.

  17. ޙެހެހ

    އެހެންވިއްޔާ ވެރިކަމަށް އަންނަން ޑރ.މުއިއްޒު ހެއްދއވީ އިތުރުފުޅެއްނު ، އެ ނުވޭތޯ އިންތިޚާބުގައި އޮޅުވާލާ މަކަރުހެދުމަކަށް !!

  18. ާދަލޭކް

    ބަލަ ރައީސް އަށް ބާރު ނުލިބެނީ ޔާމީނަށް ވީމަ ތޯ؟ ރައީސް އަށް ލިބިގެން ވާ ބާރުގެ ދަށުން ނާގާބިލު މީހުނަށް ހައްގު ނުވާ ބޮޑު ވަޒީފާ އާއި ބޮޑު ސިންގާ މުސާރަ ދޭން ބާރު އޮވޭ .މިހުރި ހާ ވެރިން ނައްވެސް ޔާމީނު ވަނީ ބޮޑު ބިރަކަށް .

  19. ސަމްސިއްޔާ

    ރައްޔިތުންގެ ފައިސާއަށް ޚިޔާނާތް ތެރިވި މީހަކަށް ހައްގު އަދަބު ލިބެންޖެހޭނެ. އަދީބު އާއި ޒިއަތުވެސް ހައްޔަރުކޮށް ޖަލަށް ލާންޖެހޭ.ފިލައިގެން ލަންޑަނުގައި އުޅޭމީހުންވެސް ގެނެސް ހައްޔަރު ކުރަންޖެހޭ.