ހއ. ތުރާކުނު ކައިރީގައި އޮންނަ ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ވަނގާރުއަކީ 2016 ވަނަ އަހަރު ރިސޯޓު ތަރައްގީ ކުރުމަށް ދިން ރަށެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޓޫރިޒަމަށް ނުނަގައި ތުރާކުނު ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމެނުމަށް ނިންމަވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި، މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.

ވަނގާރުގެ ބޮޑުމިނަކީ 11 ހެކްޓަރެވެ.

ވަނގާރުގެ އިތުރުން އދ. މަހިބަދޫގެ ދެކުނުގައި އޮންނަ މާފަރުފަޅާއި އއ. އުކުޅަހުގެ ކައިރީގައި އޮންނަ ގަލަގިލިފަޅަކީ އުކުޅަހުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ. އއ. ވެލިދޫދިއްގާ ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ވެސް ރައީސް ވަނީ މީގެ ކުރިން ހަމަޖައްސަވައިފައެވެ.

ރައީސް މުއިއްޒު ވަނީ ނ. މާފަރުގެ ބައެއްގެ ގޮތުގައި އެ އަތޮޅު "ފަރުމުލި" އާއި "ކަންޑިންމަހުރާ" ހަމަޖައްސަވައި، އެކަމާ ގުޅޭ ގަރާރު ވެސް ނެރުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުމަރު

    ތިޔަހެން ތިކަމެއް ނުކުރެވޭނެ ސަރުކާރުން ހަމަ ބޭނުންވާހާގޮތަކަށް ކަންކަން ނިނމޭތަ ހަމަޔެއް އުސޫލެއް ނެތި

    7
    14
  2. ޖާވާލް

    އާނ! ކަލެއަށް ތިވަރު ނޭނގުނީތީ ވަރަށް ދެރަ! ސަރުކާރުން ބޭނުންވާގޮތަށް މިފަދަކަންތައްތައް ކުރިޔަށް ގެންގޮސް ނިންމާނީ އިނގޭ! ކަލޭ ބޭނުންވާގޮތަކަށް ނޫން! ސާފުވާނެ މިވަރުން.

    6
    1