އައްޑޫ ސިޓީގެ ހަންކެނޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮގެޖެކްޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަންއިން ބުނީ ހަންކެނޑި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލިޖީގެ މިނިސްޓަރު އަލީ އިހްސާނެވެ.

އެ މަޝްރޫއުއަކީ އެ ކޯޕަރޭޝަނުން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާއި ދެމެދު ވެފައިވާ އިންޖިނިއަރިން، ޕްރޮކިއުމަންޓް އަދި ކޮންސްޓަރްކްޝަން (އީޕީސީ) އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ، 142.9 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ހަންކެޑެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އިތުރުން، އައްޑޫ ސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަނުން ބުނެއެވެ.

ހަންކެނޑެގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން

މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގަި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް މިއީ މުހިއްމު މަޝްރޫއެއްކަން ފާހަގަކުރައްވައިފައެވެ. އަދި ހަންކެޑެ ޕްރޮޖެކްޓުގެ ހުވަފެން ހަގީގަތަކަށް ވެގެން ދިއުމަކީ އައްޑޫގެ ކުދި ބޮޑު އެންމެހާ ރައްޔިތުން ނުހަނު އުފަލާއިއެކު ރައީސް ޑރ. މުއިއްޒަށް ޝުކުރުވެރިވާ ކަމެއް ކަަމަށް ވިދާޅުވިއެވެ.

އެ މަޝްރޫއު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްގީ ކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ތެރެއިން ތައާރަފް ކުރާ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި ދެ ގްރޭންޑް، ދެ ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ހިމެނޭނެ ކަމަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުންޏެވެ.

ހަންކެނޑެގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން

އޭގެ އިތުރުން، 64 ސާވިސްޑް އެޕާޓްމަންޓުގެ އިތުރުން، ހަތް ބީޗް ވިލާވެސް މިމަޝްރޫއު ތެރޭގައި ހިމެނިގެން ދާނެ ކަމަށް ބުނެފައިވެއެވެ. އަދި މި މަޝްރޫއު ނިމިގެންދާއިރު ނޮލެޖް ސެންޓަރުތަކާއި، މިކްސް ސްޕޯޓް ބިލްޑިންއަކާއި، އައުޓްޑޯ ބީޗް ސްޕޯޓްސް އަދި ތިއޭޓާ ފަދަ ގިނަގުނަ މުނިފޫހިފިލުވުމުގެ ހިދުމަތް ތައާރަފްކުރެވިގެންދާނެ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަނުން ބުނެއެވެ.

ފުޑް ކޯޓާއި، ރެސްޓޯރެންޓްތައް ފަދަ ކުދި ވިޔަފާރިތަކުގައި އާންމު ފަރުދުންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެ ކަންތައްތަކަށް ހާއްސަ އިމާރާތްތައް ވެސް ބިނާކުރެވިގެންދާނެއެވެ. ޒަމާނީ ފެންވަރަށް ކުރިއަށް ގެންދެވޭ މި މަޝްރޫއު މެދުވެރިކޮށް އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންނަށާއި އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ލިބިގެންދާނެ ކަަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހީލަތް

    ސުކުރިއްޔާ ރައީސް އިބޫ

    1
    3
    • ހނހ

      5 އަހަރު މަޖިލީހާ ހުރިހާ ބާރެއް ލިބި އެއްކަމެއް ވެސް ނުވި އެމްޑީޕީއައް ދެން ސުކުރުވެރި ވިޔަސް ވާނީ ކިހިނެކުންތޯ

  2. ހިކި ކިރު

    ކިތައްފަހަރު ކިތައް ވެރިކަމުގަ ތިޔަ މަސްރޫޢު ފަށާފައި ނިމިއްޖެތޯ! މި ދުވަސް ކޮލު ލައްކަ ގިނަ ހުވަފެން ރައްޔިތުންނަށް ފެންނާނެ!

    2
    1
    • ހަމްދު

      މިފަހަރު ތަފާތުވާނެ ކުރިން މުޅިން ވެސް ކުރީ ރިޔާސީ އިންތިހާބު ކައިރިވީމަ މިހާރު ދައުރުގެ ކުރީކޮޅު. މިފަހަރު އިރާދަކުރެއްވިއްޔާ ނިންމާލާފަ ހުއްޓާލާނީ. އިންތިހާބައް ކަޑަޖަހާ ސަރުކާރުވަނީ މީގެ 4 މަސްކުރިން ނިމިފަ

  3. ޅާމް

    އައްޑޫއިން ދެން ޓޫރިސްޓުންގެ ހަން ކަނޑާނީ..

    2
    1
    • އާސިމާ

      ��������������

  4. އާޒް

    އެހެންވީމާ އައްޑޫގެ ޓޫރިޒަމް މިދިޔައީ އިލެކްޓުރިކު ކުންފުންޏެއްގެ އަތްދަށައްތާ. ނަސީބެއްނުން ކަޕް ނޫޑުލިސް ހަދާ ބަޔަކަށް ނުދިންކަން.

    2
    2
    • ސިފާގެއަޑުން

      ކޮންމެ ބަޔަކައް ދިނަސް ފުރިހަމަޔައް ނިންމީމަ އެނިމުނީ