ފުވައްމުލަކު އުތުރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއިދާއެކު ނުކުންނަ ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީނަށް ތާއިދު ކުރަން އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ އެ ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން، ދަނޑިމަގު. އަނޯނާގެ / ޏ. ފުވައްމުލަކު އަށް އެ ޕާޓީން ތާއީދުކުރުމަށް ނިންމާފައިވާ ކަަމަށެވެ.
އެހެންކަމުން އެ ދާއިރާއަށް ނިސްބަތްވާ އެ ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އޭނާއަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެދިފައި ވެއެވެ.
އޭނާއަކީ ޔާމީންގެ ތާއިދާއެކު އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެކެވެ.
މަޖިލީސް އިންތިހާބު އޮތީ އަންނަ އާދީއްތަ ދުވަހެެވެ.
ޔާމީނު މިހާރު ބާކީ ހުރި ހުރިހާ ބާޒެއް ކައިރިކޮއް ނިމިއްޖެ. އެހެންވީމާ އިނގޭ އެއްޗަކީ ޔާމީނަކީ އެމްޑީޕީ މީހެއް ކަން. އެމީހުނާ ޑީލް ހަދާނީ އެމީހުނައް ސަޕޯޓް ކުރާ މީހަކައް ވާތީ ކަން މިހާރު އިނގިގެންދަނީ
އަންނި ބުނިހެން އެމްޑީޕީގެ އަސްލު މިހާރުވަނީ ގެއްލި އޮޅިފަ. ލާހޫރެ މުންދަނީ. ކުރިން ދުވަހަކު ވެސް އެންމެ އިދިކޮޅު ކޮއް އުޅުނު މީހާއައް ސަޕޯޓް ކޮއް ނުހަދާ ނުހޮވުނަސް
ސަހަރޯ. މިއަންނަ ބަދަލާއެކު މުޅި ސިޔާސީ ޕެރަޑައިމަށް ބަދަލު އަންނާނެ. އޭރު 2 ފަޅި ހަމަހަމަ ކަމަށް ފެނުނަސް އެމްޑީޕީގެ މި ރޭވުމާއެކު އިސާހިތަކު ބޮޑުފަޅި ބަދަލުވާނެ. އެކަން ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ. އަންނަ ރިޔާސީ އިންތިޚާބުގަ ފެނުމަކީ އެކަށީގެންވާ ކަމެއް. މިބަސް އިއްވާފިން. ހިގާ ބަލަން ތިބެން.
މިތިބީބަލަން ވާގޮތް ، ގޮތްހުސްވީމަ މީހުން ކުރާކަންތައްތައް ތީ ، ގޮތް ހުސްވެ ގައިގައިވަޅިވެސް އަލާ. ތިޔަކަމުން ބޮޑުފަޅިއަށް އަސަރެއްވެސް ނުކުރާނެ. ތީ ހަމަ ބޭކާރު ވޯޓްތަކެއް. ނުބައި މީހުންގެ ނުބައި ރޭވުންތައް ވާނީ ފެއިލް.!!