ކ. މަފުށީގައި ލޯކަލް އެތޯރިޓީ ކުންފުންޏެއް ހުޅުވައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާފުށީގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހުޅުވާފައިވާ ކަމަށެވެ.

އެ ކުންފުންޏެއް ސަބަބުން ރަށުގެ އިގްތިސޯދީ ދުވެލި ހަލުވިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލްގެ ހިދުމަތްތައް ދިނުން އަވަސް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރޭ މާފުށީގައި ހުޅުވި އޮތޯރިޓީއަކީ ރާއްޖޭގައި ހުޅުވުނު ހަވަނަ ލޯކަލް އޮތޯރިޓީ ކުންފުނި ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" އޭޕްރީލް، 2021، ގައި ގެޒެޓުކޮށްފައެވެ.

އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރީ އއ. ތޮއްޑޫ ކައުންސިލުން ޑިސެމްބަރު 19، 2022 ގައިއެވެ.

އެ ގަވާއިދާއެކު ކުންފުނި ހަދައިގެން ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާރަށް އަތްޖަހާ

    ތޮއްޑޫ ލޯކަލް ކުންފުނީގެ ނަމުގަ މުދާ އެތެރެކޮށް އަމިއްލަ ގެސްޓް ހެދީ ކަރަމް. ކުންފުނި ބަގުރޫޓް ވެއްޖެ

  2. ލަކުޑި

    ތިކަމަކީ މާރަނގަޅަށް ހިނގާކަމެއް ނޫ