ދެ މީހަކު ބައިވެރިވެގެން މާލޭގެ ގެއަކަށް ގެން ގޮސް މީހަކު ހިފަހައްޓާ އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފިއެވެ.

މި މައްސަލައާ ގުޅިގެން 26 އަހަރުގެ މާލެއަށް ނިސްބަތްވާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފައެވެ.

އޭނާގެ މައްޗަށް ފޭރުމާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމާއި، މާރާމާރީ ހިންގުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު ކޮށްފައި ވެއެވެ.

އެގޮތުން އޭނާ އެހެން މީހަކާއި ބައިވެރިވެގެން މީހަކު ގެއަކަށް ގެންގޮސް ހުއްދަ ނޫން ގޮތެއްގައި އޭނާ ހިފަހައްޓާ، މާރާމާރީ ހިންގައި، އެކައުންޓްގައި ހުރި ފައިސާ ފޭރިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި ސީސީޓީވީ ކެމެރާގެ ސްނެޕްޝޮޓާއި، މައްސަަލަ ހުށަހެޅި ފަރާތުގެ ބޭންކް ޑީޓެއިލްސް ހުށަހަޅާފައި ވެއެވެ.

މި މީހާއަކީ މި ޒާތުގެ މައްސަލަތަކުގެ ހައުްޔަރާއި ބަންދު ލޮގް އޮންނަ ފަރާތެއް ކަމަށްވެސް ބުނެފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މި މީހާއަކީ މި ޒާތުގެ މައްސަލަތަކުގެ ހައުްޔަރާއި ބަންދު ލޮގް އޮންނަ ފަރާތެއް ، ޕޮލިހުންވެސް ވާ ވަރު ކަންކަމާ އުޅެންވީނުން