ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖަނަރޭޓަރުތައް ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގެނެވުނު ޖެންސެޓުތައް ކަސްޓަމުން ކްލިޔާކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ޖެނެރޭޓަރުތައް ފޮނުވާ ރަށްތަކަކީ:

‏ބ. ކިހާދޫ 250 ކިލޯވޮޓް
‏ނ. މާފަރު 400 ކިލޯވޮޓް
‏ބ. މާޅޮސް 400 ކިލޯވޮޓް
‏ރ. މާކުރަތު 400 ކިލޯވޮޓް
‏ނ. ހެނބަދޫ 250 ކިލޯވޮޓް
‏ރ. އަލިފުށި 600 ކިލޯވޮޓް
‏ށ. މަރޮށި 250 ކިލޯވޮޓް

ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަތަކަށް ރަނގަޅު ދާއިމީ ހައްލެ ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރައިސް ވިދާޅުވެފައިވަނީ މި ސަރުކާރުން އެކި ރަށްރަށުގައި ބަދަލުކުރަން ޖެހިފައި ހުރި އެކިއެކި ޖެނެރޭޓަރުތަކާއި އާ ޖެނެސެޓް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ފެނަކަ މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމާއިއެކުގައި އެ މަސައްކަތަކާއި އެކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ފެނައިކައިގެ ހާލަތު ރަނގަޅު ކުރެވިގެންދާތަން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު