ކުޅުދުއްފުށި ސިޓީގެ ކަރަންޓް މައްްސަލަ ހައްލު ކުރެވެންދެން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވަމުންދާނެ ކަަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެ ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިިޓީން އިއްޔެ ހެނދުނު ކަރަންޓު ކެނޑުނެވެ. އެ ސިޓީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދިއެވެ. އެ މައްސަލަ ހައްލުކުރެވުނީ އިއްޔެ ރޭގެ ވަގުތެއްގައެވެ.

ފަހުމީ ވިދާޅުވީ އެ ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު މާލެ އައިސްފައިވާ ކަަމަށެވެ. އަދި އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ އަށް މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"މާތްﷲގެ އިރާދަފުޅާއެކު، ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ. މިކަން ހާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން،". އޭނާ ވިދާޅުވިއެވެ.

10،000 ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުއްޓަކީ އުތުރުގައި ސިޓީއެއްގެ ދަރަޖަ ދީފައިވާ ހަމައެކަނި ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަކުޑި

    ކަރަންޓް ހައްލެއް ނުވާނެ. ގިނަ ރަށްރަށުގެ ފެނަކަ ބްރާންޗް ތަކުގެ ވަޒީފާގައި ތިބީ ވަކި ސަރުތަކަށް ނުބަލާ ހަމަޖައްސާފަތިބި މުވައްޒަފުން.
    ފެނައަކީ ފަންނީ މުވައްޒަފުން ތިބެންޖެހޭ ތަނެއް.

  2. ލަކުޑި

    ކަރަންޓް ހައްލެއް ނުވާނެ. ރަށްރަށުގެ ފެނަކަ ބްރާންޗް ތަކުގައި ވަޒީފާއަށް ނަގާފަ ތިބީ ވަކީ ސަރުތަކެއް ނުބަލާ ނަގާފަ ތިބި މުވައްޒަފުން.
    ފެނައަކީ ފަންނީ ތަނަކަށްވާއިރު މުވައްޒަފުންގެ ގޮތުގައި ނަގަންވާނީ ފަންނީ މުވައްޒަފުން

  3. ތަރަފަނަ

    ތިކަން ހައްލުވާނީ.ރަނގަޅު ފަންނީ މުވައްޒަފުން ތިބެގެން.
    ރަށްރަށުގެ ބްރާންޗް ތަކުގައި އެބަތިބި އަސާސީ ތައުލީމް ފެންވަރުގެ މެނޭޖަރުންނާއި ސުޕަވައިޒަރުން ލާފަ.
    ތަން ބަނގުރޫޓް ވެގެން ދާއިރުވެސް ތަނަށް ނުކަތާވަރަށް ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގަނީ
    500 އާބާދީއަކަށއވެސް ........