ކުރީގެ ރައީސް އަބްުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ މިނިވަން ވާނެ ކަަމަށް އުއްމީދު ކުރައްްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ސްތިިއުނާފީ މައްސަލައިގެ ހުކުމް މާދަމާ އިއްވާ ގޮތަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

އެ މައްސަލައަކީ އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅޭ މައްސަލައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. އެކަމަކު، މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލައި އެ މައްސަލަ އޮތީ ހުކުމަކާ ހިސާބުގައެވެ.

މާދަމާ މެންދުރު 13:00އަށް އެ މައްސަލަ ތާވަލުކޮށްފައިވާއިރު، އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބާއި ގުޅުވައިގެން ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރިކަމާއެކު އަވަހަށް ނިންމަ ދޭން މީގެ ކުރިން އެމަނިކުފާނު ޖުޑިޝަރީއަށް ގޮވާލާފައިވާނެ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުވެ އެންމެ ފުރަތަމަ ނޫސްވެރިންނާއި ބައްދަލު ކުރައްވާވެސް ކުރީގެ ރައީސައަށް ދެންނެވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވި ކަަމަށްވެސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ޖޭއެސްސީގެ ކޮންޓްރޯލް، ޖޭއެސްސީގެ ރައީސްއަކީ އެމްޑީޕީ ބޭފުޅެއް، މަަޖިލީސް ރައީސް އިހަށް ދުވަހު މި މައްސަލަ ޖޭއެސްސީއަށް ލާނަމޭ އިހަށް ދުވަހު ލާނަމޭ ބުނެފައި، ޝެޑިއުލްވީމަ އެބަ އެނގޭ އެބޭފުޅުންގެ ކޮންޓްރޯލް އަދިވެސް ޖުޑިޝަރީ ތެރޭގައި ހިންގާ ވަރު، ވަރަށް ހިތާމަވެރި ކަމެއް،". ރަައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ދުއާއަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މާދަމާގެ ޝަރީއަތުގެ މަޖިލީސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބެނީ، ބޭއްވޭއިރަކުން، އަޅުގަނޑު އުއްމީދު ކުރަނީ މާދަމާ އޮންނާނެ ކަމަށް. އަޅުގަނޑުގެ ދުއާއަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،". ރައީސް ވިދާޅުވިއެވެ.

އަަދި އެމްޑީޕީން ޖޭއެސްސީއަށް ނުފޫޒު ފޯރުވަމުންދާ މައްސަލަ ކުށްވެރި ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މާދަމާ އެމަނިކުފާނު މިނިވަން ވުމަކީ އަޅުގަނޑު ވަރަށް އުއްމީދު ކުރާ ކަމެއް. އެއަށް ފަހު ދެން ފެންނާނީ ރާއްޖޭގެ ހުރިހާ ރައީސުން މިނިވަން ކަމާއި އެކީގައި އުޅެމުންދާތަން،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާއަކީ ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި، މިނިވަން ކުރާނެ ކަމުގެ ވައުދު އެމަނިކުފާނު ވެވަޑައިގެންފައިވާނެ ކަމަަށެވެ. އަދި ސިޔާސީ މަގާމެއްގައި މީހަކު ހުރެގެން އެ މީހަކާއި ދޭތެރޭގައި ބަދަލު ނުުހިފާ، ރައްޔަރު ކޮށް، ޝަރީއަތްވެސް ނުހިންގާނެ ކަމަށްވެސް ވިދާޅުވިކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ވެގެންނެއް، ޝަރުއީ ދާއިރާގެ ބޭނުމެއް އަދި އެހެން ކަމެއްގައިވެސް ސަރުކާރުން ނުފޫޒު ފޯރުވައިގެން ނުކުރާނެ، އަޅުގަނޑު ދެންނެވިން މި ސަރުކާރު ފެށިގެން އައި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ މިނިވަން ވާނެއޭ.". ރައީސް ވިދާޅުވިއެވެ.

އަދި ހަގީގީ މާނައިގައިވެސް އެ ދުވަހުން ފެށިގެން މި ސަރުކާރުން ޝަރުއީ ދާއިރާއަށް ފޯރުވެފައިވާ ނުފޫޒެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލު އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ގަބީލާ ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !

    41
    3
  2. ކައްޒާބު

    ދޮގު ނުހަދާބަލަ ކަލޭ ބުނެގެނޭ މިނިވަން ނުވެގެން އެ އުޅެނީ

    25
    68
    • ހނހ

      މުއީޒު ތޯ ޔާމީނު ޖަލައްލީ އަދީބުލައްވާ ދޮގު ހެކި ދީގެން އަދި ރިޔާސީ އިންތިހާބުން ކުރިމަތި ލުމުން ޔާމީނު މަހުރޫމް ކުރީވެސް އަދި އަދީބައް މާފުދީ ފުރުވާލީ ވެސް. މުއީޒު ބުނިހާ އެއްޗަކީ ޖުޑީޝަރީއައް އަތް ނުބާނާ ޖުޑީޝަރީ މިނިވަން ކޮއްގެނޭ ޔާމީން މިނިވަން ކުރާނީ. އަދިވެސް ޖުޑީޝަރީގެ ކޮންޓްރޯލް އޮތީ އެމްޑީޕީ އަތުގަ އެއީ މަޖިލިސް މެޖޯރިޓީ އޮތީމަ

      10
      1
  3. ޔާމީން

    ހިތާއި ދެކޮޅަށް ބުނާއެއްޗެއްތީ

    26
    64
    • ހަމްދު

      ހިތާ ދެކޮޅައް ނޫންކަން ސާބިތުވާނެ ޖުޑިޝަރީ ކޮންޓްރޯލް ސަރުކާރުގަ އޮތްނަމަ.

      5
      1
  4. ހައްތި އީޕީއެސް

    ވަރައް ބޮޑުތެދެއް އެމްޑީޕީގެ ވިސްނުމާ ފިކުރަކީ ސީދާ ނަތަންޔާހޫގެ ވިސްނުމާ ފިކުރު

    72
    14
  5. ސުދީރު

    އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރައީސް ޔާމީން މިނިވަންވެގެން އައިސް ރައީސް މުއިއްޒުއާއި އެކު ޕީޕީއެމް ޕީއެންސީ ކުރިއަރުވަން މަސައްކަތް ކުރާތަން.
    ރައީސް ޔާމީނަކީ މިގައުމުދުއް ކުޅަދާނަ ކެރޭ ދުރުވިސްނޭ ބޭފުޅެއް. ރައީސް މުއިއްޒުގެ ވެރިކަމުގެ ފޮނިމީރު ގައުމަށާއި ރައްޔިތުންނަށް ލިބުމަށް ރައީސް ޔާމީން ރައީސް މުއިއްޒު އާއި އެކުފެނުމަކީ ޕީޕީއެމް ޕީއެންސީގެ އާންމު މެމްބަރުން ވަރަށް އެދޭކަމެއް.
    ހަމައެހެންމެ މިދެޕާޓީގެ ގިނަ އާންމު މެމްބަރުން ދެކޭ ގޮތުގައި ޑރ. ޖަމީލާއި މަލީހަކީ ރައީސްޔާމީނަށް އެންމެ ވަފާތެރި ދެބޭފުޅުންނެއްނޫން. އެކަން ރައީސް ޔާމީންގެ ވެރިކަމުގައި ދިމާވި ކަންކަމުން އެއޮތީ ފެންނަން.
    ކޮންމެ ކަމެއްކައިވެސް މިނެކިރުން އޮންނާނެ، އެގޮތުން ބަލާނަމަ، ޑރ މުއިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުންނަށް ވުރެންބޮޑަކަށް ޑރ ޖަމީލާއި މަލީހާއި ދެބޭފުޅުން ރައީސް ޔާމީނަށް ވަފާތެރިނުވާނެކަމީ ޔަގީންކަމެއް.

    76
    8
  6. Anonymous

    އަނހަ. މިހާރު ޔާމީންގެ ވާހަކަ ދެއްކޭ ދޯ އަނެއްކާވެސް

    13
    39
  7. ސަމުސާ

    މިހާރ އެކަމާ އެންމެ އުފާވާނީ ސޯލިހާ އެމްޑީޕީ ކުދިން އެކުދިން ޔާމީން ހުދުކާފޫރައް ހަދާފި މަހީހީ ހަލާކު

    52
    4
  8. ވަގުންގެ ރާއްޖެ

    ޔާމީނު މިނިވަން ވުމާ ނުވުން އެހެން ކަމެއް
    ވެރިކަން ލިބޭއިރަށް ހުސްގޮނޑި ގެއްލުން މައްސަލަ އަކީ
    ތަސްބީހައެއް ހެން ޔާމީނު ދޫނުކޮށްގެން ދެއްކި ވާހަކަ ހުއްޓުން މައްސަލަ އަކީ

    4
    1
  9. ވ

    ސަޅި ތޭންކްސް

    3
    1
  10. ކޮއްޔާ

    އިރާދަކުރެއްވިއްޔާ މާދަމާ ރައީސް ޔާމީން މިނިވަންވާނެ //
    އިންޝާﷲ.....

  11. ހަންޑިކުޑަ

    ތިޔަ ނުވީ ޔަޤީން!

    3
    1
  12. ނާބެ

    ދުޢާއަކީ ރައީސްޔާމީންއާއި ރައީސް ޑރ މުޢިއްޒު އާއި ދެބޭފުޅުން އެއްޕޯޑިއަމްއަކުން ފެނުން

    9
    2