މި ސަރުކާރުން ކުރަމުންދާ ކަންތައްތައް ރައްޔިތުންނަށް ދެފުށް ފެންނަހެން އޮންނައިރުވެސް އިދިކޮޅު ފަރާތްތަކުން އެވާހަކަތައް އޮޅުވާލައިގެން ދެއްކުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފުށި ދިއްގަރުފަޅު ހިއްކަން ނިންމީ ހުޅުމާލެއާ ގުޅީފަޅާއި ގިރާވަރުފަޅު ދޫކޮށްލާފައި ނޫން ކަމަށާއި ސާފުކޮށް ފެންނަން އޮންނަ ކަންތައްތަކުގައި އިދިކޮޅުން އޮޅުވާލައިގެން ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

ގިރާވަރު ފަޅާއި ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކިނަމަވެސް މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެތީ ފުށިދިއްގަރުފަޅު ހިއްކުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުން އެ ވާހަކަ ދައްކަވާހެނެއް ނޫން އެކަންތައް އޮތީކީއެއް. ކީއްވެހޭ އަޅުގަނޑު ހިތަށް އަރައޭ މީހާ ސާފުކޮށް ފެންނަން ހުރި ކަންތައް އޮޅުވާލަން މި މަސައްކަތް ކުރަނީ. ދެން އަމިއްލަފުޅަށް އިތުރުފުޅު ހައްދަވާފައި އެހެން މީހުން ބޮލުގައި އެކަން އެޅުވުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް،". ރައީސް ވިދާޅުވިއެވެ.

ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި ރައީސް - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. އެގޮތުން ހުޅުމާލެއިން ގޯތު ލިބުނު މީހުން ގެދޮރު އިމާރާތް ކުރުމުގެ ހުއްދަވެސް ބައެއް މީހުން ނަގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ގެދޮރުވެރިކަމުގެ ދާއިރާއިން ބަލާނަމަ ހުޅުމާލޭގައި ގޯތިތައް އެދަނީ ހަވާލު ކުރަމުން، އަމަލީ ގޮތުން ހަވާލުކުރަމުން އެދަނީ. ބައެއް މީހުން އިން ވަކިކޮށް ފާރު ރާނަން ހަވާލުވެއްޖެ ފަށައިފި. ބައެއް މީހުން އިމާރާތްކުރުމުގެ ހުއްދަ ނަގައިފި، ހުޅުމާލެއިން ދޫކޮށްފައި ހުރި ގޯތިތަކުން އަދި ފަޅުތެރެއިން ހިއްކަމުންދާތަން އެދަނީ ހިއްކަމުން އެއްކޮށްގޮސް ޕްލޭންކުރެވިފައި އޮތް ގޮތަށް ހިއްކާ ނިމޭނެ. ގުޅީފަޅުގައި ހަވާލުކުރެވުނު ބައި އެ ނިމުނީ އެހެންނަމަވެސް އަޅުގަނޑު ވައުދުވީ ގޮތަށް ފަޅުގެ ބާކީ އޮތް އެންމެ ފުން ބައިވެސް ހިއްކާނަން. ވަރަށް އަވަހަށް އަޅުގަނޑުމެން އެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައި މިއޮތީ،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް ގުޅީފަޅު މިހާރު އެއޮތީ ހިއްކައި ނިމިފައި ކަމަށާއި ގުޅީފަޅުގެ ފުން ބައި ހިއްކާ ނިމުމުން އިތުރުވެގެން އެދަނީ ގާތްގަނޑަކަށް 80 ވަރަކަށް ހެކްޓަރުގެ ބިން ކަމަށެވެ. އަދި ގިރާވަރު ފަޅުންވެސް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އިތުރު 50 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ވައުދުވީ މި ދައުރު ނިމެންވާއިރު މި ރާއްޖޭގައި ނުބަހައްޓާނަމޭ އެއް ގެ މަދުވެގެން ނުލިބޭ އެކަކުވެސް. އެވައުދުފުއްދުމަށްޓަކައި އެކަން ކުރާ ކަމަށްވަންޏާ އަޅުގަނޑުމެން އެބަޖެހޭ ދައުރުގެ ކުރީކޮޅު ފުރަތަމަ ދުވަހުވެސް މިކަން ފަށަން،". ރައީސް ވިދާޅުވިއެވެ.

ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި ރައީސް - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އެހެންނަމަވެސް އެހެން ސަރުކާރުތަކުން ހަދާހެން ރިޔާސީ އިންތިހާބާއި ދިމާކޮށް ތެޅިގަނެގެން މި މަސައްކަތްތައް ކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތިލެއްވުމުން ހެންވޭރު ހުރިހާ ދާއިރާއަކުން އެމަނިކުފާނަށް ވަރަށް ބޮޑު ތާއީދެއް ލިބިގެން ދިޔަ ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް މުޅި ހެންވޭރުން ވަރަށް ބޮޑު މެޖޯރިޓީއެއް ލިބުނު ކަމަށެވެ. ރައީސް ވަނީ އެކަމަށްޓަކައި ހެންވޭރުގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަގުންގެ ރާއްޖެ

    ބޮޑު ސޯބު އެބުރޭ ގޮތަށް ދޯ ކުދި ސޯބުތައް ވެސް އެންބުރޭނީ
    ރައްޔިތުންނަށް މިކަން ވަރަށް ސާފް

    2
    1
  2. ވަގުންގެ ރާއްޖެ.

    ބޮޑު ސޯބު އެބުރޭ ގޮތަށް ދޯ ކުދި ސޯބުތައް ވެސް އެންބުރޭނީ
    ރައްޔިތުންނަށް މިކަން ވަރަށް ސާފް

    1
    1
  3. ހުމޭ

    ރަނގަޅު ވާހަކައެއް ބ ކެންދޫގެ މިސްކިތްވެސް ކުޑަޗޯރާއި ބޮޑުޗޯރު ވެގެން 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަންތެޅިގަތީ ބޮޑު ޗޯރުގެ އިހުލާސްތެރިކަން ދަށްކަން އެކަމަކު އެކަން އެންމެފަހުން ކުޑަޗޯރު ބުނީ ރަށްޔަތުން އެދެނީ ބޮޑު މިސްކިތެކޯ މިހުރީ މިމީހުން އެމްޑީޕީގެ ހިޔަޅުކަން މިހާރު މިޖެހުނީ 500 މީހުންގެ ޖާގައިގެ މިސްކިތް 2000 މީހުންގެ ޖާގައަށް ހަދަން އޭރުން ކުޑަޗޯރު ކައުންސިލުން ބުނާނެ އެއީ ބޮޑު ޗޯރުއެޅި މިސްކިތެކޭ.

  4. ކެރޭ ޢަބްދުﷲ

    ސުކުރިޔާ ރައީސް ޑރ.މުޢިއްޒު. އަޅުނގަޑުމެން ކޮދިން މަސަކަތުގެ އަގުވަޒަން ކޮފި. އަޅުގަނޑު މަނިކުފާނައް ސުކުރު ދައްނަވަން. ޕީ ޕީ އެމް ގެ ހެންވޭރު އުތުރު ދާއިރާ ގެ އިސްޓޭރިން ކޮމެޓީ މެންބަރަކަ ހުރެ މަނިކުފާނު މޭއަރު ކަމަށާ އަދި ރައީސް ކަމަށް ގެނެސްދިނުމުގަ ބުރަ މަސަކަތެއް ކުރި ފަރާތެއްގެ ހަސިއަތުން މި ދައްނަ ވަނީ އަދި ވެސް މަނިކުފާނައް ސުކުރިޔާ.

  5. އެންމެންނަށް އެއްމައުލޫމާތުދީ...

    ރައްޔިތުންގެ ލައިވްލިހުޑްސް ބިލްޑްކޮއްދީ، ލާރިވެރިންނަށް ހުރިހާ ތާކުވެސް އިތުރު މަންފާލިބޭގޮތް ހަދާތަން ފެންނަނީ.ރޮޒޭމެންގެ ބިންތައް އަތުލާ.އަމިއްލަ ލާރިން ގަނެވޭނެހާ މުއްސަދިންނަށް ހިލޭގޯތި ދީގެން ނުވާނެ. މިނިސްޓްރީގެ އެތެރޭގެ މައުލޫމާތު އެނގޭމީހުންނަށް ވ ފަސޭހަ ވާނެ ޑިޒިޝަން ނަގަން. ގިރާވަރުފަޅުން ގޯތި ލިބުނު ބައެއްމީހުންނަށް ގުޅީފަޅަށް ބަދަލުވާން އެދެން ހުޅުވާލުމުގެ ސިއްރު އެންމެންނަށް ހާމަ ކުރަންވާނެ. ގިރާވަރު ފަޅުގަ ބޮޑެތި މުއްސަނދިންނަށް ގެވަޅުދީ ބޮޑެރޮ ސްޕޭސަ ބާއްވަންތަ ބޭނުމީ. ނޫނީ ލާރިވެރިންނަށް 6އެއްކަ ބިން މިލްކް ކުރެވޭގޮތަށް ވިއްކަންތަ. ގުޅީފަޅު ކޮންޖެސްޓެޑް ކޮއްލަނީބާ ގިރާވަރުފަޅު ރިލެކްސްޑް ސްޕޭޝަސް ތަނެއް ގޮތުގަ ބާއްވަނީބާ.ރިގްރެޓް ވާން ޖެހެން ބޭނުން ނުވާތީ އިންފޯރމެޑް ޑިޒިޝަން ނަގަން ފުރުސަތުދީ އެންމެންނަށް. ގުޅީފަޅުގަ ސްޕޭސް އެއްކޮށް ޔޫސްއަޕް ނުކޮށް ބާއްވަންވާނެ އެތާ ދިރިއުޅެންފެށި އެތާމީހުންނަށް ފަހުންދޭން ޖެހިދާނެ ޚިދުމަތަކަށް ބިން ނެގޭގޮތަށް. ދެން ޕްރައިވެޓް ބޮޑެތި ތަންތަނަށް ދޭންވެސް ސަރުކާރަށް ޕޭކުރާ ގޮތަށް. %18 މާމަދު ގްރީން ސްޕޭސް އަށް. ސިޓީ ސްކޮއާރ ނޫނީ ތީމްޕާރކް ކަހަލަ ތަނަކަށްވެސް ބިން ބާއްވަމާ.ބޮޑެތި ހޮސްޕިޓަލާ ޔުނިވަރސިޓީތަކާ، ލޯކަލް ގެސްޓް ހޮޓެލް ތަކަށްވެސް އެތާ ރާ ނުވިއްކާ ގޮތަށް