ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އޭނާ އެއްވެސް ކަމެއް ނުކުރައްވާ ކަމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު ފަހު 13:15 ގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

ހަސަން ކުރުސީގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް ހިންގަމުންދާ "އެކްސް" އެކައުންޓުން ބުނެފައިވަނީ ހުކުމް ކުރުމުގެ ޝަރީއަތް ބޭއްވިޔަ ނުދީ ކެންސަލް ކުރުމަށް މުބީން ހައިކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މުބީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަބުރު ކަތިލަން ދައްކާ އެއްވެސް ވާހަކައަކުން އޭނާގެ އަޒުމަށް ކުޑަ ވެސް ބަދަލެއް ނާންނާނެ ކަމުގައި މުބީން ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ރައީސް ޔާމީނަށް އިންސާފު ލިބި، ވީ އެންމެ އަވަހަކަށް މިނިވަންވުން،" މުބީން ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. ހައި ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.

ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭބަންދުގައެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވި ބޮޑު ބައްޔާ އެކުގައި، އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ޔާމީނަށް ދެއްވި ލުޔެކެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެކަމަކު 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިލި

    ތި މުބީނަކީ އަބަދުވެސް ހިހޫތަނުން ކާމީހެއް ކުރިން ފާތުން މެޑަން ކައިރީ ޗޮކުލެޓާ ޕެނަޑޯލް ބަނދުކުރުމުގާ އުޅުނީ މިޔަދު މުއިޒު ފަހަތުގާ މާދަމާ ޖެހޭވަޔަކައްވިއްލާލާނެ

    25
    6
    • ހނހ

      މުބީނަކީ އެއްވެސް އިރެއްގަ މީހަކާ ޒާތީ ވެގެން އުޅޭ މީހެއް ނޫން. އަދި އޭނާ ނުވެސް އުޅޭ ޔާމީނު އެއްވެސް ކަމެއްގަ. އަސްލު ހުރިހާ ޖަރީމާއެއް ހިންގީ އެމްޑީޕީން. އެމީހުން ހިންގި ޖަރީމާތައް މިހާރު އެބަލަނީ އެހެން ބައެއްގެ ބޮލުގަ އެޅުވޭތޯ

      17
      10
  2. ހައި ސިންތު

    ކަލޭ ކުރީމަ ކުރިޔޭ އެކިޔަނީ ކަލޭއަކީ ކަމެއް ކުރެވޭ ފެންވަރުގެ މީހެއްނޫން ކަލޭލައްވާ ތިޔަ ޖަރީމާ ހިންގުވާނީ ކޮންމެވެސް ބަޔަކުދޯ

    17
    16
    • ހަމްދު

      މުބީނު ވިއްޔަ އަދީބުލައްވާ ދޮގު ބަޔާންދީ ޔާމީނު ޖަލައްލާ ރިޔާސީ އިންތިހާބުން މަހުރޫމްކޮއް ވެރިކަން ނިމެން 2 ދުވަހައްވީމަ އަދީބު ރާއްޖޭން ބޭރައް ފޮނުވާލީ އަދި ޖޭއެސްސީގަ ހިސާންއާއި ހުސްނުއް ސުއޫދު މެން ލައިގެން އެތަން ހިންގަނީ

      15
      2
  3. ދޯދިޔާ

    އަސްލު މިހާރު ޔާމީނު މިނިވަން ކުރަން ގިނައިން ގޮވާ މީހުންވަނީ އަދީބުލައްވާ ދޮގު ބަޔާނެއް ދީގެން ޖަލައްލާ ރިޔާސީ އިންތިހާބުން މަހުރޫމް ކޮއްލާފަ. މުއީޒު ބުނީ އިންސާފު ހޯދާދޭނީ ކޯޓްތަކުންނޭ. ޖޭއެސްސީ އެމްޑީޕީ ބާރުއޮތް އިރު އެއީ ވާނޭކަމެއް ނޫން ހިސާންއާ ހުސްނުއް ސުއޫދު މެންތިއްބާ އެމީހުން ބަލާނެ މުއީޒައް އެކަން ނުކުރެވޭ ގޮތެއް އޮއްތޯ ނުވަތަ ކުރަން އުޅެއްޖެޔާ ބުނާނެ ނުފޫޒު ފޯރުވަނިެްޔޭ. މިހާރު ވެސް މަޖިލީހުން ފެންނަމުންދަނީ އެކަހަލަ މަންޒަރު.

    16
    5
  4. ލޮލޮ

    ކުރި ހެކި އެބަހުރި ފޮނުވި އޯދިއޯ މެސެޖް ވެސް

    6
    2