އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު މުއުތަސިމް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އުއްތަމަ ފަނޑިޔާރު ގދ.އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ކޯޓުތަކުގެ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާ މަޝްވަރާ ކުރެވުނު ކަމަށް ޖޭއެސްސީން ބުންޏެވެ.

މި ދަތުރުފުޅުގައި އުއްތަ މަފަނޑިޔާރުގެ އިތުރުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިން އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮޔާ

    ޢައުރަ ނިވާނުކޮށް އިން އަންހެނާ

  2. ދެބޯގެރި

    ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ އިސްލާމީ ޝަރުޢީ ނިޒާމުގެ އެންމެ އިސް ފަރާތުގެ އަރިއަހުގައި އައުރަ ނިވާނުކޮށް އިން އަންހެނަކު ބައިދައިގެން ފޮޓޯނެގުމަކީ އިސްލާމްދީނާ ބީރައްޓެހި ޢަމަލެއްގަުގައި ދެކެން:

  3. Anonymous

    އުއްތަމަ މަނިކުފާނު މިދިޔަ 5 އަހަރު ކޮންތާކުތޯ ހުންނެވީ މިހާރު ތިޔަ އުޅުއްވަނީ އެމްޑީޕީ މެމްބަރުންނަށް ކެމްޕޭން ކޮށްދޭން ގޮސްފަތޯ !

  4. ބޮޑޫވަރު

    ކައުންސިލަރުންނާވެސް ވަރަށް ސިއްރުން ބައްދަލުކރައްވާކަމަށް މައުލޫމާތުލިބޭ. މިއީ ސިޔާސީ ދަތުރެއްބާ؟؟؟

  5. އޭނާ

    އުއްތަމަފަނޑިޔާރުވެސް އެންމެފަހުން ކެމްޕެއިނައްނުކުމެވަޑައިގަތީދޯ.. ކީއްކުރާނީ މަގާމުދެއްވީ އެޑީޕީންވިއްޔަ ދިފާއުކުރައްވަންވާނެ ކޮންމެހެންވެސް. އެމްޑީޕީއައް މެޖޯރިޓީނުލިބިއްޖެއްޔާ މަގާމް ގެއްލުން އެކަށީގެންވޭ.