ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި 119 ކިލޯގެ ޑްރަގް މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފުލުހުންގެ އިސްވެރިންތަކެއް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައާ ގުޅިގެން ހޯމްމިނިސްޓްރީ އާއި ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން އެ ކޯޓުން ނިންމައިފިއެވެ.

ހޯމް މިނިސްޓަރު އިހުސާނާއި، ދިވެހި ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރ އަޙްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރ މަމްދޫޙް ޙަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑި މައްސަލައާ މެދު ގޮތެއް ނިންމުމަށް، މިއަދު ކްރިމިނަލް ކޯޓުގެ ގާޒީންގެ ކުއްލި މަޖިލީހުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އާންމުންނާއި ނޫސްތަކަށް މަޢުލޫމާތު ދޭއިރު، ފަނޑިޔާރުންގެ މަސައްކަތާއި ގުޅުންހުރި ކަންކަމާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމުގައި، އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަން ފާހަގަކުރުމަށްޓަކައި، ހޯމް މިނިސްޓަރާއި ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދި ހަމައެއާއެކު ކޯޓުތަކުގެ އިދާރީ ކަންކަމާއި ފަނޑިޔާރުންގެ ރައްކާތެރިކަމާއި ގުޅޭ ކަންކަން އިންތިޒާމުކޮށްދޭ އިސް ފަރާތެއްގެ ހައިސިއްޔަތުން ޑީޖޭއޭ މި ބައްދަލުވުމުގައި ބައިވެރިކުރުވަންވެސް ވަނީ ނިންމާފައެވެ. މި ބައްދަލުވުމަށް ޖޭއެސްސީ އަށްވެސް ދައުވަތު ދެވޭނެއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައި ވަނީ 119 ކިލޯގެ ޑްރަގް މައްސަލައިގައި އެކަކު ފިޔަވައި އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުނުވުމާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ދިނުމަށް މިނިސްޓަރު އެންގެވުމާ ގުޅިގެންނެވެ. އަދި އެ އެންގެވުމާ އެއްގޮތަށް ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ މައްސަލައިގެ ތަހުގީގުގެ މުހިންމު ހުރިހާ މައުލޫމާތެއް ހެއްކާއެކު އާންމުންނަށް ކިޔައިދީފައެވެ.

އެ ބައްދަލުވުމުގައި ފުލުހުން ވަނީ މަސްތުވާތަކެތި އަތުލައިގަތުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނާ ގުޅޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ހިއްސާކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ދައުވާކުރި މީހުން ޑްރަގް އެތެރެ ކުރުމަށާއި މާލެއާއި ހުޅުމާލޭގައި މިތަކެތި ރައްކާކޮށް ވިޔަފާރި ކުރުމަށް ކުރި މަސައްކަތް ފުލުހުން ވަނީ މަންޒަރާއެކު ހިއްސާކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަތް ޑްރަގްއާ ގުޅިގެން ދުއުލަތުން ދައުވާ ކުރީ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހުމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި ތިން މީހުންގެ ތެރެއިން ކުށް ސާބިތުވަނީ ހަމައެކަނި އަލީ ޒުބައިރުގެ މައްޗަށް އެކަނި ކަމަށެވެ. މުޖާހިދާއި ސުނައިނުގެ މައްޗަށް ކުށް ސާބިތުނުވުމުން އެ މީހުން ވަނީ މިނިވަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާލިކު

    ބަލަ ޕޮލިހުން ހާމަކުރީޕޮލިހުން ކުރިމަސައްކަތޭ ކޯޓަކާކޮންގުޅުމެއް އެކަމުގަ އޮތީ އާނއާނ ތަހުގީގަތް ބެލުމެއްނެތި މޭޒުދަށުން މައްސަލަ ނިއްމިކަން ރައްޔިތުންނައް އެންގުނީމަ ކަޑަވީދޯ ދެންތިއުޅެނީ ޕޮލިހުންނައް ބިރުދައްކަން ނުވާނެތިކަމެއް އައި ސެލިއުޓު އިހުސާންސާރ 100ގެ ކަމެއްތިކުރެއްވީ އޭގެސަބަބުން ރައްޔިތުންގެ ހިތުތެރޭގަ ޕޮލިހުންނާ ދޭތެރޭގައޮތް ނުތަނަވަސްކަން ފިލާގޮއްސި ކޯޓާދޭތެރޭގަ އޮތް ށައްކުޔަގީން ވެއްޖެ އިހުސާން ވަކިކުރިޔަސް ތިއީބަތަލެއް ބުނަން ކޯޓުތަކުން ގޯސްނުހަދާތި ރައްޔިތުން ތިބީބަލަން

  2. ސަމާ

    ބަލަ ޕޮލިހުން ހާމަކުރީޕޮލިހުން ކުރިމަސައްކަތޭ ކޯޓަކާކޮންގުޅުމެއް އެކަމުގަ އޮތީ އާނއާނ ތަހުގީގަތް ބެލުމެއްނެތި މޭޒުދަށުން މައްސަލަ ނިއްމިކަން ރައްޔިތުންނައް އެންގުނީމަ ކަޑަވީދޯ ދެންތިއުޅެނީ ޕޮލިހުންނައް ބިރުދައްކަން ނުވާނެތިކަމެއް އައި ސެލިއުޓު އިހުސާންސާރ 100ގެ ކަމެއްތިކުރެއްވީ އޭގެސަބަބުން ރައްޔިތުންގެ ހިތުތެރޭގަ ޕޮލިހުންނާ ދޭތެރޭގައޮތް ނުތަނަވަސްކަން ފިލާގޮއްސި ކޯޓާދޭތެރޭގަ އޮތް ށައްކުޔަގީން ވެއްޖެ އިހުސާން ވަކިކުރިޔަސް ތިއީބަތަލެއް ބުނަން ކޯޓުތަކުން ގޯސްނުހަދާތި ރައްޔިތުން ތިބީބަލަން

  3. Anonymous

    ފަޑިޔާރުން ރިޝްވަތު ހިފާވާހަކަ ހަސްމުން ބުނަނީ ކީއްވެތޯ ؟

    14
    1
  4. ކޮމާކޯޅި

    ކޯޓުތަކުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ބަހެއް ބުނުންވެސް ގޯސް. ކޯޓުތަކުގަ ހިންގާ ޖަރީމާތަށް ފަޅާއަރާފާނެތީ، ސުޕްރީމް ކޯޓުގަ ކެމެރާ ހަރުކުރި އެސްޖީ ޑރ. ހުސެން ފާއިޒް އެމީހުނަށް ފާރަލަނިއްޔޭ ކިޔާ މަގާމުން ވަކިކުރިތާ އަދި މާ ގިނަދުވަހެއް ނުވޭ

    12
  5. އަސްޤަރު ސިއްދީގު

    އަދިވެސް ކޯޓުންބަލަނީ ފުލުހުންނަށް ބިރުދައްކާ ނުފޫޒުފޯރުވުމަށްދޯ! ފަނޑިޔާރުން ރިސްވަތުނެގުމަށްފަހު ކުއްވެރިން ދޫކުރުމަކީ ފަނޑިޔާރުންގެ އެއްވެސް އަބުރުވެރިކަމެއްނެތކަމުގެ ކުޑަކުޑަ މިސާލެއް!

    15
  6. ކިޔު

    ސަރުކާރުން މާ ކަންބޮޑު ނުކޮށް ހިކުމަތްތެރިވުން ވ މުހިންމު. ނޫނީ އެނބުރި ނުނިކުމެވިދނެ ހަނި މަގަކަށް ވަދެވިދާނެ.

  7. ޒުވާނާ

    ހުރުމަތެއް ނެއް ބައެއްގެ ކޮނހުރުމަތެއްބާ ކެނޑޭނީ ތިޔަޢީމިހާރު ރައްޔަތުން ކުރިމަތިގަ ފަލީހަތްވެފަ ތިބިބައެއް އަހަރެމެން ބޭނުންވަނީ ދެފުއްފެނނަ ސިޔާސަތެއް ޕޮލިހުން އެކުރީއެކަން ޕޮލިހުންނަ އައްސަރިބަހާ ސާބަސްހައްގު ތިބައްދަލުވުމުގަ ވެސް ގާޒީންތައް ރަނގަޅައް އޮރިޔާން ކޮއްލަންވާނެ އޭރައްތިކަހަލަ ކަންކަން ހުއްޓޭނީވެސް